Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ ކޮލިފިކޭޝަން

ޔޫކްރެއިން ބަލިކޮށް، އިޓަލީ ދެ ވަނަ އަށް ޖެހިލައިފި

މޮޅާއެކު އިޓަލީ ދެ ވަނައިގައި އޮތީ، ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2023 | ބުދަ 03:08
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ޔޫކްރެއިންނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ގްރޫޕް ސީގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ޔޫކްރެއިންނާ ދެކޮޅަށް ނުކުތްއިރު، މި ގްރޫޕްގެ ތިން ވަނައިގައި އޮތީ އިޓަލީ އެވެ. ޔޫކްރެއިން އޮތީ ދެ ވަނައިގަ އެވެ. އޭގެ ކުރިން ނޯތު މަސަޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން އިޓަލީ އޮތީ ޕްރެޝަރުގަ އެވެ. ޔޫކްރެއިންނާ ދެކޮޅަށް އަންގާރަ ދުވަހުގެ ރޭ އިޓަލީން ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އިޓަލީން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑޭވިޑް ފަރަޓެސީ އެވެ. އޭނާ އެ ލަނޑު ޖެހީ މަޓިއާ ޒަކަގްނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އިޓަލީގެ ދެ ވަނަ ލަނޑު ފަރަޓެސީ ޖެހީ މެޗުގެ 29 ވަނަ މިނެޓުގަ އެވެ. މެޗުގައި ޔޫކްރެއިނުން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޑްރީ ޔާމޮލެންކޯ އެވެ.

މޮޅާއެކު އިޓަލީ ދެ ވަނައިގައި އޮތީ، ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. އިޓަލީ އަށްވުރެ އެއް މެޗު އިތުރަށް ކުޅެފައިވާ ޔޫކްރެއިން އަދި ނޯތު މަސަޑޯނިއާ އަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ނަމަވެސް އިޓަލީ ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ.

ޔޫރޯ ކޮލިފައިންގއިޓަލީގެ ގައުމީ ޓީމުޔޫކްރެއިން ފުޓުބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

18 ނޮވެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

25 ޖޫން 2024
އިޓަލީން ބޮސްނިއާ ބަލިކޮށްފި

އިޓަލީން ބޮސްނިއާ ބަލިކޮށްފި

10 ޖޫން 2024

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު