Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްރައިޓަން

އަމާޒަކީ ބްރައިޓަންގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުން؛ އަންސޫ ފާޓީ

ފާޓީ ބުނީ، މި ސީޒަން އަކީ ބްރައިޓަން އާއެކު ހޭދަކުރާނެ ކާމިޔާބު ސީޒަނަކަށް ހަދަން ބޭނުންވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2023 | ހޯމަ 02:46
ބްރައިޓަން އަށް ބަދަލުވި އަންސޫ ފާޓީ

ބްރައިޓަން އަށް ބަދަލުވި އަންސޫ ފާޓީ

އެންމެ ބޮޑު އަމާޒަކީ ބްރައިޓަންގައި ކާމިޔާބު ދުވަަސްތަކެއް ހޭދަ ކުރުން ކަމަށް އެ ކުލަބަށް ބަދަލުވި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ، އަންސޫ ފާޓީ ބުނެފި އެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ފޯވާޑް އަންސޫ ފާޓީ، ބްރައިޓަން އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހަށް އޭނާ ބްރައިޓަން ބަދަލުވީއިރު، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދާއިމީ ގޮތެއްގައި ފާޓީ ހޯދޭނެ މާއްދާ އެއްބަސްވުމުގައި ހިމަނައިފައެއް ނުވެ އެވެ. އެއީ ބާސެލޯނާ އިން ދާއިމީ ގޮތެއްގައި އޭނާ ދޫކޮށްލަން ބޭނުން ނުވާތީ އެވެ.

ބްރައިޓަން އަށް ބަދަލުވެ ވާހަކަ ދައްކަމުން ފާޓީ ބުނީ، މި ސީޒަން އަކީ ބްރައިޓަން އާއެކު ހޭދަކުރާނެ ކާމިޔާބު ސީޒަނަކަށް ހަދަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ބްރައިޓަނަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށާއި، ބޭނުންވަނީ މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަންގައި ވެސް އެ ޓީމު ޔޫރަޕުގެ މަތީ ފަންތީގައި އޮންނަން ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ބްރައިޓަން ގެންގޮސްދޭން ބޭނުންވާ ކަމަށް ވެސް ފާޓީ ވަނީ ބުނެފަ އެވެ.

ފާޓީ އޭނާގެ ސީނިއާ ކެރިއަރު ބާސެލޯނާ އިން ފެށީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި ފަސް ސީޒަންގެ ތެރޭގައި އޭނާ ވަނީ ބާސެލޯނާ އަށް 112 މެޗު ކުޅެދީ، 29 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވީ ފަހުން، ފާޓީ އަށް އެންމެ އެކަށީގެންވާ މިންވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ، އޭނާގެ ބައްޕަ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފާޓީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ. ނަމަވެސް ފާޓީ އޭރު ވެސް ބުނީ އޭނާ ހުންނަން ބޭނުންވަނީ ބާސެލޯނާގައި ކަމަށެވެ.

ފާޓީ އަންނަނީ 2020 ވަނަ އަހަރުން ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން ނުވަ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ސްޕެއިންނާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ސީނިއާ ޤައުމީ ޓީމަށް ކުޅުމުގެ ކުރިން ފާޓީ ވަނީ، ސްޕެއިންގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ބްރައިޓަންއަންސޫ ފަޓީ

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
01 ސެޕްޓެމްބަރު 2025

ބްރައިޓަން އަތުން ވެސް ސިޓީ ބަލިވެއްޖެ

01 ސެޕްޓެމްބަރު 2025
ބްރައިޓަން އަތުން ވެސް ސިޓީ ބަލިވެއްޖެ
03 ނޮވެމްބަރު 2024

ފަހަތުން އަރައި މޮޅުވެ، ލިވަޕޫލް އެއް ވަނަ އަށް

03 ނޮވެމްބަރު 2024
ފަހަތުން އަރައި މޮޅުވެ، ލިވަޕޫލް އެއް ވަނަ އަށް
31 އޮކްޓޯބަރު 2024

ބްރައިޓަން ބަލިކޮށް، ޗެމްޕިއަން ލިވަޕޫލް ވެސް ކުއާޓަރ ފައިނަަލަށް

31 އޮކްޓޯބަރު 2024
ބްރައިޓަން ބަލިކޮށް، ޗެމްޕިއަން ލިވަޕޫލް ވެސް ކުއާޓަރ ފައިނަަލަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު