Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ބްރައިޓަން އިން ލިވަޕޫލް ބަލިކޮށްފި

ލިވަޕޫލް އިން މި ސީޒަންގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރިއިރު، އޭގެ ފަހުން މި ވަނީ ތިން މެޗުން ކުޅެފަ އެވެ. އޭގެ ތެރެއިން އެއް މެޗު އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މެއި 2025 | އަންގާރަ 06:01
މެޗުގައި ލަނޑު ޖެހުމަށް ފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެ އެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-2 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގައި ލިވަޕޫލް އިން ވަނީ ދެ ފަހަރެއްގެ މަތިން ލަނޑު ޖަހައި ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް، ދެ ފަހަރު ވެސް ނަތީޖާ ހަމަހަމަކޮށް، އިތުރު ލަނޑެއް ވެސް ޖަހައިގެން އެވަޓަން ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ހާވޭ އެލިއޮޓް އެވެ. އެއީ ކޯނާ ބްރާޑްލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ބްރައިޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔާސީން އަޔާރީ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ދެ ވަނަ ފަހަރަށް ލިވަޕޫލް އަށް ލީޑު ނަގައިިދިނީ ޑޮމިނިކް ސޮބޮސްލާއީ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ދެ ވަނަ ފަހަރަށް ބްރައިޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކައޯރޫ މިޓޯމާ އެވެ. އަދި އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި މެޗުން މޮޅު ކޮށްދިނީ ޖެކް ހިންޝެލްވުޑް އެވެ.

ބްރައިޓަން އަތުން ލިވަޕޫލް ބަލިވީއިރު، މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި އެ ޓީމުގެ ހަތަރު ވަނަ ބައްޔެވެ. ލިވަޕޫލް އިން މި ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރިއިރު، އޭގެ ފަހުން މި ވަނީ ތިން މެޗުން ކުޅެފަ އެވެ. އޭގެ ތެރެއިން އެއް މެޗު އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި ލިވަޕޫލް އޮތީ އެ ޓީމު ކުޅެފައިވާ 37 މެޗުން 83 ޕޮއިންޓާ އެކު އެވެ. ލީގުގައި ދެން ލިވަޕޫލް އަށް އޮންނާނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު