Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

ބްރައިޓަން އަތުން ބަލިވެ، ޗެލްސީ ކަޓައިފި

ބްރައިޓަންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-1 އިންނެވެ. އެއީ މެޗުގައި ޗެލްސީ އަށް ލީޑު ލިބިފައި ވަނިކޮށް، ފަހަތުން އަރައި ބްރައިޓަން އިން ދެ ލަނޑު ޖަހައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ފެބުރުއަރީ 2025 | އާދީއްތަ 04:43
މެޗުގައި ލަނޑު ޖެހުމަށްފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި އެފްއޭ ކަޕްގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޗެލްސީ މުބާރާތުން ކަޓައިފި އެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ބްރައިޓަންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-1 އިންނެވެ. އެއީ މެޗުގައި ޗެލްސީ އަށް ލީޑު ލިބިފައި ވަނިކޮށް، ފަހަތުން އަރައި ބްރައިޓަން އިން ދެ ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޗެލްސީ އަށް ކުރި ލިބުނީ ބްރައިޓަންގެ ގޯލު ކީޕަރު ބާޓް ވާބްރަގަން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ ބްރައިޓަންގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ޗެލްސީގެ ކޯލް ޕާމާ ފޮނުވާލި ވަގުތު، އެ ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ބްރައިޓަން އިން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޗެލްސީގެ އޭރިޔާ ބޭރުން ބްރައިޓަންގެ ޖޮއެލް ވެޓްމަން ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން ޖިއޮޖީނިއޯ ރުޓާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ބްރައިޓަންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ކޯރޫ މިޓޮމާ އެވެ. އެއީ ރުޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ބްރައިޓަން އިން ލީޑު ނެގި ފަހުން ޗެލްސީން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ޗެލްސީގެ ޕާމާ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށް ދިޔައިރު، އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު