Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އެއް ދުވަހުން ޙާލަތު ބަދަލެއް ނުވާނެ: ފްލިކް

އޭނާ ބުނީ މިވަގުތު ފާޓީ އަންނަނީ ރަނގަޅު މިސްރާބުގައި ކުރިއަށް ދަމުން ކަމަށެވެ. ޚާއްސަކޮށް ފާޓީގެ އެންމެ މޮޅު ފެންވަރުގައި އޭނާ ހުންނަ އެތައް ވަަގުތެއް މިހާތަނަށް އައިއިރު އޭނާ އަށް ފެނިފައިވާ ކަމަށް ވެސް ފްލިކް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ފެބުރުއަރީ 2025 | އަންގާރަ 04:50
އަންސޫ ފާޓީ އަދި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

އަންސޫ ފާޓީ އަދި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީއާ ވާހަކަ ދައްކާފައިވާ ކަމަށާއި، ނަމަވެސް އެއް ދުވަހުން ޙާލަތު ބަދަލު ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފްލިކް އެކުލަވާލި ސްކޮޑުން ވެސް ފާޓީ އަށް ފުރުސަތު ނުލިބެ އެވެ. އޭގެ ކުރިން ކޮޕާ ޑެލް ރޭ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ވެސް ފާާޓީ ނުހިމަނަ އެވެ. އެއާއެކު ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ސްކޮޑުގައި ވެސް ފާޓީ ނުހިމަނަ އެވެ. އޭގެ ކުރިން ލީގުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ފާޓީ ހިމެނި ނަމަވެސް، މެޗުގައި ކުޅުމުގެ ފުރުސަތު އޭނާ އަށް ނުދެ އެވެ.

އެކަމާ ގުޅޭ ގޮތުން ސެވިއްޔާ މެޗުގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، ވަރަށް ފަހުން ވެސް އޭނާ ފާޓީއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އެކަމަށް އިޝާރާތްކޮށް އިތުރަށް ފްލިކް ބުނީ، ޓީމުގެ ކޯޗާ ވާހަކަ ދައްކާ ދުވަސް ނޫން، ޖެހިގެން އަންނަ ދުވަހު އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަށެވެ. އަދި އެކަން އޮންނަނީ އެގޮތަށް ނޫން ކަމަށް ވެސް ފްލިކް ބުނެފައިވެ އެވެ.

އިތުރަށް އޭނާ ބުނީ މިވަގުތު ފާޓީ އަންނަނީ ރަނގަޅު މިސްރާބުގައި ކުރިއަށް ދަމުން ކަމަށެވެ. ޚާއްސަކޮށް ފާޓީގެ އެންމެ މޮޅު ފެންވަރުގައި އޭނާ ހުންނަ އެތައް ވަަގުތެއް މިހާތަނަށް އައިއިރު އޭނާ އަށް ފެނިފައިވާ ކަމަށް ވެސް ފްލިކް ބުންޏެވެ. އެކަން ފާހަގަކޮށް ފްލިކް ބުނީ، މަސައްކަތް ކުރަމުން އަންނަނީ އަނެއްކާ ވެސް އެ ފެންވަރަށް ދިޔުމަށް ކަމަށާއި، އެ ފެންވަރަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މީގެ އިތުރުން ޓީމަށް ބަދަލުތަކެއް އައުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ، ޓީމަށް ބަދަލުތަކެއް ގެނެސް، ކަންކަން ރަނގަޅު ކުރަން ޖެހޭކަން މިއަހަރު ފެށުނީއްސުރެ އިނގޭ ކަމަށެވެ. ޚާއްސަކޮށް ވާދަވެރި މާހައުލެއްގައި ކުރިއަށްދާއިރު، ޓީމަށް ބަދަލުތަކެއް ގެނެސް، ކުރިއަށް ދެވޭނެ މަގުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން 2019 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ފާޓީ ވަނީ، މި ސީޒަންގެ މިހާތަނަށް އަށް މެޗުގައި ބާސެލޯނާ އަށް ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗަކީ ސްޕެނިޝް ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކެވެ. މި ސީޒަންގައި ފާޓީ އަށް އެންމެ އެކަށީގެންވާ މިންވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ، އޭނާ ކަންބޮޑުވާ ކަމަށް މީޑިއާ ތަކުގައި މީގެ ކުރިން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

ސްކޮޑަށް އިތުރު ބަދަލެއް ބޭނުމެއް ނުވޭ: ޒިދާން

21 އޯގަސްޓު 2017
ސްކޮޑަށް އިތުރު ބަދަލެއް ބޭނުމެއް ނުވޭ: ޒިދާން
26 ޖުލައި 2017

ލިވަޕޫލް އިން ހަރަދުކުރަން ޖެހިލުމެއް ނުވާނެ: ކްލޮޕް

26 ޖުލައި 2017
ލިވަޕޫލް އިން ހަރަދުކުރަން ޖެހިލުމެއް ނުވާނެ: ކްލޮޕް
16 ޖުލައި 2017

ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ނުވާނެ ކަމެއް: މޮރީނިއޯ

16 ޖުލައި 2017
ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ނުވާނެ ކަމެއް: މޮރީނިއޯ
14 ޖޫން 2017

ރެއާލް ދޫކޮށް ޑެނީލޯ އާސެނަލްއަށް ބަދަލު ނުވާނެ: ރިޕޯޓް

14 ޖޫން 2017
ރެއާލް ދޫކޮށް ޑެނީލޯ އާސެނަލްއަށް ބަދަލު ނުވާނެ: ރިޕޯޓް
20 މެއި 2017

މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

20 މެއި 2017
މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު