Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ނޯތު މަސެޑޯނިއާއާ އެއްވަރުވެ، އިޓަލީ އަށް ނުތަނަވަސްކަން

10 ސެޕްޓެމްބަރު 2023 | އާދީއްތަ 02:25

މެޗު އެއްވަރުވުމުން އިޓަލީ އޮތީ ގްރޫޕް ސީގެ ތިން ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 02:25
އިޓަލީ ކޮޅަށް ނޯތު މަސެޑޯނިއާ އިން ލަނޑު ޖަހަނީ

އިޓަލީ ކޮޅަށް ނޯތު މަސެޑޯނިއާ އިން ލަނޑު ޖަހަނީ

ޔޫރޯ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ނޯތު މަސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެންމެ ފަހުގް ޗެމްޕިއަން އިޓަލީ އަށް ނުތަނަވަސްކަމެއް ކުރިމަތިވެއްޖެ އެވެ.

ޓޮޑޯ ޕްރޮއެސްކީ އެރީނާގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ. ޔޫރޯ އަށް ކޮލިފައިވުމަށް އިޓަލީ އަށް މުހިންމު ތިން ޕޮއިންޓު ބޭނުންވި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އިޓަލީ އަށް ލީޑު ނަގައިދިނީ ސިރޯ އިމޮބައިލް އެވެ. އެއީ ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނޭ ޖެހި ލަނޑެކެވެ. އިޓަލީ އިން ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް، ނޯތު މަސެޑޯނިއާ އިން ނަތީޖާ ހަމަހަމަ ކުރީ ފަހު ދިހަ މިނެޓުގެ ތެރޭގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެނިސް ބާދީ އެވެ.

މެޗު އެއްވަރުވުމުން އިޓަލީ އޮތީ ގްރޫޕް ސީގެ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. އިޓަލީ އަށްވުރެ އެއް މެޗު އިތުރަށް ކުޅެފައިވާ ނޯތު މަސެޑޯނިއާ އަށް ވެސް ލިބެނޫ ހަތަރު ޕޮއިންޓެވެ. ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމަށް ޔޫރޯ އިން ޖާގަ ލިބޭއިރު، މި ގްރޫޕްގެ އެއް ވަނައިގައި އޮތީ އިންގްލެންޑެވެ. ދެ ވަނައިގައި އޮތީ ޔޫކްރެއިންނެވެ.

އިޓަލީ އިން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތަށް ކޮލިފައި ނުވެ ކެޓީ، ނޯތު މަސެޑޯނިއާ އަތުން ފަހު ވަގުތު ބަލިވެގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

28 ޖޫން 2017

މާލޭ ލީގު: ވިކްޓްރީ އާއި އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

28 ޖޫން 2017
މާލޭ ލީގު: ވިކްޓްރީ އާއި އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ
12 ޖޫން 2017

ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ

12 ޖޫން 2017
ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ
20 މެއި 2017

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި
06 އެޕްރީލު 2017

ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ

06 އެޕްރީލު 2017
ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
27 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ޅޮހި އެއްވަރުވިއިރު، ފިނޭ އަދި ނޮޅިވަރަންފަރުވެސް އެއްވަރުވެއްޖެ

27 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ޅޮހި އެއްވަރުވިއިރު، ފިނޭ އަދި ނޮޅިވަރަންފަރުވެސް އެއްވަރުވެއްޖެ
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް