Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ

ޖަރުމަނުގެ ގޯލު ނޯޔާއަށް ދޭކަށް ބޭނުމެއްނޫން: ޓާސްޓެގަން

ނޯޔާ ހުރެގެން އެންމެ ފަހުގެ ދެ ވޯލްޑްކަޕުން ވެސް ވަނީ ފެއިލްވެފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2023 | ހޮނިހިރު 07:15
ޓާސްޓެގަންއާއި ނޯޔާ - ގައުމީ ޓީމު އެއްވަނަ ކީޕަރުގެ ވާދަވެރިކަން ބޮޑު

ޓާސްޓެގަންއާއި ނޯޔާ - ގައުމީ ޓީމު އެއްވަނަ ކީޕަރުގެ ވާދަވެރިކަން ބޮޑު

ޖަރުމަނުގެ ގައުމީ ކީޕަރުކަން ކެޕްޓަން މެނުއަލް ނޯޔާއަށް ދޭން ބޭނުން ނުވާކަމަށް މިހާރުގެ, އެއްވަނަ ކީޕަރު މެނުއަލް މާކް އަންދްރޭ ޓާސްޓެގަން ބުނެފިއެވެ.

ބާސެލޯނާގެ ކީޕަރު ޓާސްޓެގަން ކުލަބުގައި މޮޅަށް ކުޅުނަސް އޭނާއަށް ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ލިބުނީ ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ. މިއީ މިގޮތަށް ޓާސްޓެގަންއަށް ގައުމީ ޖާޒީގައި ކުޅެން ލިބުނު ދެވަނަ ފަހަރެވެ.

ބައެއް ތަޖުރިބާކާރުން ދެކޭގޮތުގައި ނޯޔާއަށްވުރެ މޮޅަށް މިދިޔަ ހައެއްކަ އަހަރު ކުޅުނީ ޓާސްޓެގަންއެވެ. ނަމަވެސް ނޯޔާއަށް އެއްވަނަ ކީޕަރުކަން ލިބެނީ އޭނާގެ ކުލަބު ޖަރުމަނުގެ ބަޔާން މިއުނިކްގެ ނުފޫޒުންނެވެ. ގައުމީ ޓީމުގެ މިހާރުގެ ކޯޗު ހަންސީ ފްލިކަކީވެސް ބަޔާންގެ ކުރީގެ ކޯޗެވެ. އަދި ފެޑަރޭޝަނުގެ އިސްވެރިންގެ ތެރޭގައި ގިނައީވެސް ބަޔާންއަށް ނިސްބަތްވާ މީހުންނެވެ. ނޯޔާއަކީ ގައުމީ ޓީމާއި ބަޔާންގެވެސް ކީޕަރު އަދި ކެޕްޓަނެވެ.

އެއްވަނަ ކީޕަރުގެ މައްސަލާގައި ނޯޔާއާއި ޓާސްގެޓަންގެ ގުޅުންވެސް އެހާ ރަނގަޅެއްނޫނެވެ.

2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނަށް ހޯދައިދީ ވޯލްޑްކަޕުގެ މޮޅު ކީޕަރުކަން ހޯދިނަމަވެސް، ނޯޔާ ހުއްޓައި އެންމެ ފަހުގެ ދެ ވޯލްޑްކަޕުން ވެސް ޖަރުމަނު ވަނީ ކަޓާފައެވެ. މީގެ ތެރޭގައި އޭނާ ގިނަ ދުވަހު އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށްފަހު ފޯމަކަށް ނޭޅި ގައުމީ ކީޕަރުކަން ކުރުމުގެ ނަތީޖާ ގޯސްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޯޔާއަށް އަނެއްކާ ވެސް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް!

ނޯޔާއަށް އަނެއްކާ ވެސް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް!

20 ސެޕްޓެމްބަރު 2017
ނޯޔާއަށް އިންޖަރީވެ ކުޅުމާ ދުރަށް

ނޯޔާއަށް އިންޖަރީވެ ކުޅުމާ ދުރަށް

19 ސެޕްޓެމްބަރު 2017
ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ

ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ

24 އޯގަސްޓު 2017
ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ

ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ

22 އޯގަސްޓު 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު