Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ

ސިޓީން އެއްވަރުކުރި ގޯލް ޖަހާފައިވަނީ މެޗު ނިމެންދަނިކޮށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 06:35
ރޭގެ މެޗުގެ ތެރެއިން: ސްޓާލިން އެވަޓަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ

ރޭގެ މެޗުގެ ތެރެއިން: ސްޓާލިން އެވަޓަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަދުވަހުގެ ރޭ، އެވަޓަން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މެންޗެސްޓާ ސިޓީގެ އަމިއްލަ ދަނޑު ކަމަށްވާ އިތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ކުރީކޮޅު ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު އެ ޓީމުން ވަނީ އެވަޓަންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ޑޭވިޑް ސިލްވާ ފޮނުވާލި ހަމަލާއެއް އެވަޓަންގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު، އަގުއެރޯ ފޮނުވާލި ބާރު ހަމަލާއެއް އެވަޓަންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ސިޓީން މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 35 ވަނަ މިނެޓްގައި އެވަޓަންއިން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑުނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ވޭން ރޫނީއެވެ. މީ މިފަހަރުގެ ސީޒަންގައި ރޫނީ ކާމިޔާބުކުރި ދެވަނަ ގޯލެވެ. އޭނާ ވަނީ އެންމެ ފުރަތަމަ ސްޓޯކްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލެއް ޖަހައިދީފައެވެ.

މި ގޯލާއެކު ޕްރިމިއަރ ލީގުގައި ރޫނީ ކާމިޔާބުކުރި ޖުމްލަ ގޯލުގެ އަދަދު މިހާރު ވަނީ 200 އަށް އަރާފައެވެ.

މެޗުގެ ލީޑު އެވަޓަންއިން ނެގިއިރު ސިޓީއަށް އިތުރު މައްސަލަތަކެއް ދިމާވީ ފުރަތަމަ ހާފް ނިމެން ދަނިކޮށް އެޓީމުގެ ޑިފެންޑަރު ކައިލް ވޯކާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ފަހު ހާފުގެ 45 މިނެޓު ސިޓީން ފުރިހަމަކުރަން ޖެހުނުނަމަވެސް ދެވަނަ ހާފްގައި އެޓީމުން ދިޔައީ އެވަޓަންގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ސްޓާލިން މި ގޯލު ކާމިޔާބުކުރީ އެވަޓަންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް ސިޓީން ރަނގަޅަށް ކުޅެމުންދިޔަނަމަވެސް މާ ރަނގަޅު ފުރުސަތެއް އެޓީމަށް ލިބިފައެއް ނުވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް މެޗުގެ 88 ވަނަ މިނެޓްގައި އެވަޓަންގެ މޯގަން ޝްނައިޑެލިންއަށް ވެސް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ދެވަނަ ރީނދޫކާޑު ދެއްކީ އަގުއޭރޯއަށް ފައުލްކުރިކަމަށް ބަލާފައެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ބޯންމަތްއާއެވެ. އެވަޓަން ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު