Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެނުއެލް ނޯޔާ

ނޯޔާއަށް އިންޖަރީވެ ކުޅުމާ ދުރަށް

19 ސެޕްޓެމްބަރު 2017 | އަންގާރަ 03:00

ނޯޔާއަށް އަނިޔާވީ އޭނާގެ ވާތު ފަޔަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 ސެޕްޓެމްބަރު 2017 | އަންގާރަ 03:00
ނޯޔާ ޕެނަލްޓީއެއް ސޭވް ކުރަނީ

ނޯޔާ ޕެނަލްޓީއެއް ސޭވް ކުރަނީ

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ގޯލްކީޕަރު މެނިއެލް ނޯޔާއަށް އިންޖަރީވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަމްރީނުތަކުގައި އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ފައިގެ ޓެސްޓްތަކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ނޯޔާގެ ފައިގެ ކައްޓަށް ވަނީ ގެއްލުންވެފައެވެ. އޭނާވަނީ މިދިޔަ ސީޒަނުގައިވެސް ފައިގެ ކައްޓަކަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަރަށް ގިނަ މެޗުތަކެއް ކުޅުމާ ދުރުގައި ހޭދަކޮށްފައެވެ. މިފަހަރުވެސް އޭނާއަށް ލިބުނު އަނިޔާއަކީ ހަމަ ކުރިން ސީޒަނުގައިވެސް އަނިޔާވި ފަޔަށް ލިބުނު އަނިޔާއެއް ކަމަށް ޖަރުމަނުގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

މި އަނިޔާއާ ގުޅިގެން ބަޔާންއިން ބުނެފައިވަނީ ޝާލްކޭއާ ދެކޮޅަށް ބުންޑަސްލީގާގައި ކުޅޭ މެޗުގެ ސްކޮޑުގައި އޭނާ ހިމަނާފައި ނުވާކަމަށެވެ. ބުންޑެސްލީގާގެ ތަށި ދިފާއު ކުރުމަށް ބަޔާންއިން މަސައްކަތް ފަށާފައިވާއިރު ނޯޔާއަށް އިންޖަރީ ވުމަކީ އެ ކްލަބަށް ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ. ނޯޔާއަށް އެންމެ ފަހުން އިންޖަރީއާ ކުރިމަތިލާން ޖެހުނު ފަހަރުވެސް އޭނާ ވަނީ 133 ދުވަހު ކުޅުމާއި ދުރުގަ ހުރެފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ނޯޔާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކީޕަރެވެ. އޭނާ ވަނީ ބަޔާންއަށް 190 މެޗު ކުޅެދީ އެ ޓީމާއެކު 13 ތަށި ކާމިޔަބުކޮށްފައެވެ. 2014 ވަނަ އަހަރު ޖަރުމަނާއެކު ވޯލްޑްކަޕް ކާމިޔާބުކުރި ނޯޔާވަނީ ޔުއެފާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހަތަރު ފަހަރު ހޯދާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ޖޫން 2017

ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ

25 ޖޫން 2017
ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
21 މާރިޗު 2017

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017
ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް