Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

މެސީގެ ކެރިއަރު ބާސެލޯނާގައި ނިންމައި ނުލެވުނީ އެއްބަސްވުމަކަށް ނާދެވިގެން: ޓެބާސް

ޓެބާސް ވިދާޅުވީ އޭނާގެ އުންމީދަކީ މެސީގެ ކެރިއަރު ސްޕެނިޝް ލީގުގައި ނިންމާލުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ސެޕްޓެމްބަރު 2023 | ހޮނިހިރު 01:39
ސްޕެނިޝް ލީގުގެ ރައީސް ޓެބާސް އަދި ބާސެލޯނާގެ ރައީސް ލަޕޯޓާ

ސްޕެނިޝް ލީގުގެ ރައީސް ޓެބާސް އަދި ބާސެލޯނާގެ ރައީސް ލަޕޯޓާ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަށް އޭނާގެ ކެރިއަރު ބާސެލޯނާގައި ނިންމާނުލެވުނީ އެ ކުލަބަށް އެއްބަސްވުމަކަށް ނާދެވިގެން ކަމަށް، ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ބާސެލޯނާގެ އެއްބަސްވުން އައު ނުކުރެވި 2021 ވަނަ އަހަރު މެސީ އަށް ޖެހުނީ އެ ކުލަބު ދޫކޮށްލުމަށެވެ. އެއީ ކުލަބުގެ މާލީ ހާލަތާ ގުޅިގެންނެވެ. އެއަށްފަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށެވެ. އެ ކުލަބުގެ އެއްބަސްވުން މިއަހަރުގެ ޖޫން މަހަަށް ހަމަވުމާއެކު، މެސީ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެއާއެކު ބާސެލޯނާ އިން ވަނީ އަލުން މެސީ ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމުގައި ބާސެލޯނާ އަށް އަލި މަގެއް ނުފެނިގެން އުޅެނިކޮށް، މެސީ ނިންމީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވުމަށެވެ. މިފަހަރު ވެސް ބާސެލޯނާ އަށް މެސީ ނުގެނެވުނީ މާލީ މައްސަލައިގެ ސަބަބުންނެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޓެބާސް ވިދާޅުވީ، މެސީ އަށް ބާސެލޯނާގައި ކެރިއަރު ނިންމާނުލެވުނީ އެ ކުލަބަކަށް އެއްބަސްވުމަކަށް ނާދެވުމުން ކަމަށެވެ. ޓެބާސް ވިދާޅުވީ އޭނާގެ އުންމީދަކީ މެސީގެ ކެރިއަރު ސްޕެނިޝް ލީގުގައި ނިންމާލުން ކަމަށެވެ. އެއީ މެސީ އަށާއި، އޭނާ އަދި ޚުދު ބާސެލޯނާ އަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ޓެބާސް ދެކިލައްވަ އެވެ. އިތުރަށް ޓެބާސް ވިދާޅުވީ، މެސީ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އެފަދަ ކުޅުންތެރިޔަކު އެ ލީގުގައި ހުންނަން ވެސް އެދޭ ކަމަށެވެ. މީގެ ކުރިން ވެސް ޓެބާސް ވަނީ މެސީގެ މައްސަލައިގައި ވާހަކަ ދައްކަވައިފަ އެވެ.

އަލުން ބާސެލޯނާ އަށް ދާން މެސީ ބޭނުންނުވީ، އޭނާ ގެންދާ ނަމަ ބައެއް ކުޅުންތެރިން ދޫކޮށް، ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ބާސެލޯނާ އަށް ޖެހޭތީ އެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
13 އެޕްރީލު 2017

މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން

13 އެޕްރީލު 2017
މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު