Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ

އިނގިރޭސިން އައްޑޫގައި ތިބެގެން އައި ތަރައްޤީ އަށް ވުރެ މާބޮޑު ތަރައްްޤީ މި ސަރުކާރުން ގެނެސްދީފައިވޭ - އަސްލަމް

8 ސެޕްޓެމްބަރު 2023 | ހުކުރު 02:39

މާޒީގެ އަނިޔާވެރިކަމަށް އައްޑޫ ދޫކޮށްލައިގެން ނުވާނެ ކަމަށް އަސްލަމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 02:39
އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ޖަލްސާގައި އަސްލަމް ވާހަކަފުޅު ދައްކަވަނީ

އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ޖަލްސާގައި އަސްލަމް ވާހަކަފުޅު ދައްކަވަނީ

އިނގިރޭސިން އައްޑޫގައި ތިބެގެން އައި ތަރައްޤީ އަށް ވުރެ މާ ބޮޑު ތަރައްޤީ އާއި ފުރިހަމަ ސްޓްރަކްޗަރ މި ސަރުކާރުން ގެނެސްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންމޭޓް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެފަދައިން ވިދާޅުވީ އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަސްލަމް ވަނީ އައްޑޫގެ ތަރައްްޤީއަށްޓަކައި މި ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢުތަކާއި ވާދަކުރެވޭނެ އެހެން ސަރުކާރެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެ ތަރައްޤީ އާއި އިންފްރާސްޓްރަކްޗަރާއި ކިރިޔާ ވެސް ވާދަކުރެވޭނީ އިނގިރޭސިން އައްޑޫގައި ތިބެގެން ގެނައި އިންފްރާސްޓްރަކްޗަރުގެ ކަންކަން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ އިތުބާރަކީ ދޭ ފައިސާކޮޅަކުން ނުވަތަ ފަތުރާ ވާހަކައަކުން ލިބޭ އެއްޗެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ލިބެނީ ކަންކަން ކޮށްދީ އެ އިތުބާރު ހޯދަން އެނގިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އަކީ ފޮޓޯ އެއް ހޯދުމަށްޓަކައި ނުވަތަ އެފަދަ އެހެން މަގްސަދެެއް އޮވެގެން މަސައްކަތްކުރައްވާ ބޭފުޅެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުން އަސްލަމް ދެއްކެވީ ދާދިފަހުން އައްޑޫގައި ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަޑައިނުގެން ކުރިއަށް ގެންދެވުމެވެ. އެތަން ހުޅުވީ ރައީސް އައްޑޫ އަށް ވަޑައިގަންނަވަން އޮތް ދުވަހު ކަމަށްވީ ނަމަވެސް ފޮޓޯއެއް ނަންގަވަން ރައީސް ވަޑައިގަންނަވަން ދެން އެފަދަ މަސައްކަތްތައް ނުކޮށް ނުތިއްބަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ކަންދެއްކުމުގެ ބަަދަލުގައި އަބަދުވެސް ރައީސް ބައްލަވަނީ އާއްމުންނަށް ކަންކަން ކޮށްދެވޭތޯ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން މި ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މި ސަރުކާރުން 125 ރަށުގައި ބަނދަރު ޤާއިމްކޮށްދީފައިވާ ކަމަށާއި އިތުރު އެތައް ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށް ދާކަމަށް އަސްލަމް ވިދާޅުވިއެވެ. ހަމައެހެންމެ 1500 އަށް ވުރެ ގިނަ ކްލާސްރޫމާއި 78 ރަށުގައި ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު ތަރައްޤީ ކުރުން ކުރިއަށް ދާ ކަމަށާއި 30 އެނދުގެ 12 ހޮސްޕިޓަލް މި ދައުރުގައި ޤާއިމްކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މި ދަައުރަކީ އުފެއްދުންތެރި އަވަސް މަސައްކަތްތަކެއް ކުރި ދައުރެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ އައްޑޫ އަށް ރައީސް ޞާލިހު ނޫން ގޮތެއް ނެތްކަމަށާއި މާޒީގެ އަނިޔާވެރިކަމަށް އައްޑޫ ދޫކޮށްލައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް