Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޔަމަނުގައި ކިޔަވަމުންދާ ދަރިވަރުން

"އަހަރެމެންގެ ދަރިން ކިޔަވަމުން ދިޔައީ ބާ ގެގަނޑެއްގަ، އެއީވެސް ދޮށީ އުމުރުގެ މީހަކު ދެއްކި ތަންކޮޅެއް"

1200އެއްހާ ދަރިވަރުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 17:57
ސްކޫލަށް ކިޔަވަންދާ ދަރިވަރުންތަކެއް

ސްކޫލަށް ކިޔަވަންދާ ދަރިވަރުންތަކެއް

އެތައް އަހަރަކަށް ދިގުލައިގެން ދިޔަ ހަނގުރާމައާއި ކުރިމަތިލުންތަކުގެ ސަބަބުން ސުންނާފަތިވެ ހަފުސްވެފައި އޮތް ޔަމަނުން މިއަދު ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. އެންމެ ޒަމާނީ ފެންވަރުގައި ނޫންނަމަވެސް، ޔަމަނުގެ އެކި ހިސާބުތަކުން ފެންނަނީ އުޖާލާ ދިރިއުޅުމަކަށް ދެކެމުންދާ ފޮނި ހުވަފެންތަކެއްގައި ހަގީގީ ކުލަތައް ޖެހެމުންދާ މަންޒަރެވެ. ވެރިރަށް ސަންއާގެ ރަށްބޭރުގައި ދާދި ފަހުން އިމާރާތްކޮށް ހުޅުވި ސްކޫލަކީވެސް އެތައް އާއިލާއެއްގެ އުއްމީދުތަކާ ގުޅިފައި އޮތް ތަނެކެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތަޢުލީމު ހާސިލުކުރުމަކީ އަދިވެސް ޔަމަނުގައި ދަތިކަމެކެވެ. ތައުލީމު ހާސިލު ކުރުމަށްޓަކައި ސްކޫލަކުން ޖާގަ ހޯދުމަކީވެސް ދަތި ކަމަކަށް ވެފައި އޮތް މި ދުވަސްވަރު، ހިލޭ އެހީދޭ އަމިއްލަ ޖަމިއްޔާއަކުން އަޅައިދިން ސްކޫލު ވެގެން ގޮސްފައި ވަނީ، އެތައް ދަރިވަރުންނެއްގެ މޫނުމަތިން ގެއްލިފައިވި ހިނިތުންވުން އަނބުރައި ގެނެސްދިން ތަނަކަށެވެ.

އަލަށް އިމާރާތްކޮށް ހުޅުވި ސްކޫލަށް ދަރިވަރުން އެންމެ ފުރަތަމަ ހާޒިރުވީ ސެޕްޓެމްބަރު 2 ވަނަ ދުވަހުއެވެ. 1200އެއްހާ ދަރިވަރުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ޖަޒުބާތުތަކެވެ. އެ ދަރިވަރުންނަކީ މީގެ ކުރިން، ވީރާނާވެފައިވާ ފަޅު ގެގަނޑެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ ދަރިވަރުންނެވެ. ސްކޫލެއްގެ ސިފަ ހުރި އިމާރާތަކަށް ވަދެވުނީ އެތައް އަހަރެއްގެ ދިގު އިންތިޒާރަކަށްފަހުއެވެ.

މޫނާ ރިލީފް ފަންޑުން ކުރިއަށް ގެންދިޔަ ސްކޫލް އިމާރާތްކުރުމުގެ މަޝްރޫއަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހީތައް ލިބިފައިވެއެވެ. އެތައް ބައެއްގެ ދީލަތި އެހީއާއެކު އިމާރާތްކުރި މި ސްކޫލަކީ، އިލްމު އުނގެނުމަށް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ސްކޫލެކެވެ. ވާރޭ ފޮދެއް ވެހިލައިފިނަމަ މީގެ ކުރިން އުޅެން ޖެހެނީ ސީލިންގުން ފެން ފައިބާތީއެވެ. ތޮއްޖެހިފައި އޮތް ކުލާސްތަކުގައި އޭރު ހުރި ކުޑަދޮރުތައް ހުރީ ހަލާކުވެފައެވެ.

ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރޭގައި ގިނައީ، ހަނގުރާމައިގެ ސަބަބުން އަމިއްލަ ގެދޮރު ގެއްލިގެން ސްކޫލު ހުރި ސަރަހައްދަށް ހިޖުރަކޮށްފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. ޔަމަނުގައި ކުރި ވަރުގަދަ ހަނގުރާމައިގެ ތެރޭގައި ލިބިފައިވާ އުމްރާނީ ގެއްލުންތަކުގެ އަގު ބަޔާންކުރަން ދައްޗެވެ. އެތައް އިމާރާތެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. އެތައް ސްކޫލަކަށް ވަނީ ގެއްލުން ދީ، ހަލާކުކޮށްލާފައެވެ. ނަތީޖާއެއްގެ ގޮތުން، ޔަމަނުގެ ބައެއް ސަރަހައްދުތަކުގެ ތައުލީމީ ނިޒާމަށް ވަނީ ނޭދެވޭ އަސަރު ފޯރާފައެވެ.

އދ.ގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ތައުލީމު ހާސިލުކުރުމުގެ ފުރުސަތުން މަހްރޫމުވެފައިވާ 2 މިލިއަނަށްވުރެ ގިނަ ކުދިން ޔަމަނުގައި އެބަތިއްބެވެ. މިއީ ޔަމަނުގެ ތާރީޚަށް ބަލާއިރުވެސް ރެކޯޑް މިންވަރަކަށް މަތީ އަދަދެކެވެ. މުޅިން ސުންނާފަތިކޮށްލާފައިވާ ނުވަތަ ހަލާކުކޮށްލާފައިވާ ސްކޫލްތަކުގެ އަދަދު 2500އަށްވުރެ މައްޗަށް އަރައެވެ. އެއީ ޔަމަނުގައި ހުރި ހުރިހާ ސްކޫލަކަށް ބަލާއިރު ގާތްގަނޑަކަށް ވިއްސަކަށް ޕަސެންޓެވެ. ތައުލީމު ހާސިލު ކުރަންޖެހޭ އުމުރުފުރާގެ ކުދިންގެ އާބާދީއަށް ބަލާއިރު، ސްކޫލަށް ނުގޮސް ތިބި ކުދިންގެ 62 ޕަސެންޓަކީ އަންހެން ކުދިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޑް ޕިޓް ދަރިންނާ އެކު ފާދާސްޑޭ ފާހަގަކޮށްފި

ބްރެޑް ޕިޓް ދަރިންނާ އެކު ފާދާސްޑޭ ފާހަގަކޮށްފި

18 ޖޫން 2018
ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

26 ފެބުރުއަރީ 2018
ކްރިކެޓާއި ދުރަށް ދިޔައީ ކައިވެނިކުރުމަށް: ވިރާތު ކޯލީ

ކްރިކެޓާއި ދުރަށް ދިޔައީ ކައިވެނިކުރުމަށް: ވިރާތު ކޯލީ

28 ޑިސެމްބަރު 2017
ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

30 ޖުލައި 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު