Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ޔަމަން ހަމަނުޖެހުން

އިސްރާއީލުގެ ބެން ގޫރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ހޫތީން ބުނެފި

ޔަމަނުގެ ހޫތީން އިސްރާއީލުގެ ބެން ގޫރިއަން އެއަރޕޯޓަށް ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފިއެވެ. ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ދިން މި ހަމަލާ އިސްރާއީލުން ހުއްޓުވި ކަމަށް ބުނެއެވެ.

ރާއްޖެ އެމްވީ | 22 ޖުލައި 2025 | އަންގާރަ 10:06
އިސްރާއީލުގެ ތެލް އަވީވް އަށް ޔަމަނުން ފޮނުވާލި މިސައިލް ހަމަލާއަކާ ގުޅިގެން ބެން ގުރިއަން އެއާޕޯޓުގެ ބޭރުގައި ބަޔަކު މަޑުކޮށްގެން - މެއި 4، 2025

އިސްރާއީލުގެ ތެލް އަވީވް އަށް ޔަމަނުން ފޮނުވާލި މިސައިލް ހަމަލާއަކާ ގުޅިގެން ބެން ގުރިއަން އެއާޕޯޓުގެ ބޭރުގައި ބަޔަކު މަޑުކޮށްގެން - މެއި 4، 2025

އިސްރާއީލުގެ ބެން ގޫރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާއެއް ޔަމަނުގެ ހޫތީން ބުނެފިއެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ އަންގާރަ ދުވަހު ބުނެފައިވަނީ ތެލް އަވީވް ކައިރީ ގައި އޮންނަ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް "ފަލަސްތީން 2" ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ދެތިން ގަޑިއިރު ކުރިން ވެސް މިފަދަ އެހެން ހަމަލާއެއް ދީފައިވާ ކަމަށްވެސް ސާރީ ބުނެފައިވެއެވެ.

އިސްރާއީލު ސިފައިން ޓެލެގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ހަމަލާ އާ ގުޅިގެން "އިސްރާއީލުގެ ބޮޑު ސަރަހައްދަކަށް ސައިރަންގެ އަޑު އިވުމަށްފަހު، ޔަމަނުން ފޮނުވާލި މިސައިލެއް އިސްރާއީލުގެ ވައިގެ ސިފައިން ހުއްޓުވައިފި،" ކަމަށެވެ.

އިރާނުގެ މަދަދު ލިބޭ ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީ ޖަމާއަތުން އިސްރާއީލަށް މިސައިލާއި ޑްރޯން ހަމަލާ ދޭން ފެށިފަހުން، ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އިސްރާއީލުން ތަކުރާރުކޮށް ހަމަލާ ދީފައި ވެއެވެ. ހޫތީން ބުނެފައި ވަނީ އެ މީހުން ދޭ ހަމަލާތަކަކީ ޣައްޒާ ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޯއާވް ގައްލަންޓް ހޯމަ ދުވަހު ބުނެފައި ވަނީ، ހުދައިދާ ބަނދަރުގައި ހުރި ހޫތީ ޓެރަރިސްޓު ސަރުކާރުގެ ތަންތަނަށް ދިން ހަމަލާތަކުގެ މަޤްޞަދަކީ، ކުރިން ހަލާކުކޮށްލާފައިވާ އިންފްރާސްޓްރަކްޗަރ އަލުން ބިނާކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވުން ކަމަށެވެ. އަދި "ޔަމަނަށް ވެގެންދާނީ ތެހެރާނަށް ވެގެން ދިޔަ ގޮތް" ކަމަށް ވެސް ބުނެފައި ވެއެވެ.

ނަން ނުޖެހުމަށް ޝަރުޠުކޮށް އެއެފްޕީއަށް މައުލޫމާތު ދިން ހޫތީ ސަލާމަތީ އޮފިޝަލެއް ބުނެފައިވަނީ، "ކުރިން ދިން ހަމަލާތަކަށްފަހު އަލުން ބިނާކޮށްފައިވާ ބަނދަރުގެ ޑޮކް، މިފަހަރު ބޮން އެޅުމުގެ ސަބަބުން ހަލާކުވެފައިވާ" ކަމަށެވެ.

ޣައްޒާ ގައި ކުރާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އިސްރާއީލަށް ބާރު އެޅުމުގެ ގޮތުން، އިސްރާއީލާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ބޯޓު ފަހަރަށް އަމާޒުކޮށް، ރަތްކަނޑާއި އަދަން ކަނޑުގައި ހޫތީން ވަނީ މި ފަހަކަށް އައިސް ވަރަށް ގާތްގާތުގައި ގެއްލުން ބޮޑު ހަމަލާތައް ދޭން ފަށާފައެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
22 މެއި 2017

ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ

22 މެއި 2017
ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
16 އެޕްރީލު 2017

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު