Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ޔަމަން

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ޔަމަން އިން އިސްރާއީލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލުމާ އެކު، އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި އެއާ ރެއިޑް ސައިރަން އިއްވާފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖުލައި 2025 | ބުރާސްފަތި 06:28
އިސްރާއީލްގެ އެއާ ޑިފެންސް ސިސްޓަމް އިން، ތެލް އަވީވްގައި މިސައިލެއް ނައްތާލާ މަންޒަރު

އިސްރާއީލްގެ އެއާ ޑިފެންސް ސިސްޓަމް އިން، ތެލް އަވީވްގައި މިސައިލެއް ނައްތާލާ މަންޒަރު

އިސްރާއީލަށް އަމާޒުކޮށް ޔަމަން އިން ފޮނުވާލި މިސައިލް ތަކެއް ނައްތާލާފައިވާ ކަމަށް، އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ޔަމަން އިން އިސްރާއީލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލުމާ އެކު، އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި އެއާ ރެއިޑް ސައިރަން އިއްވާފައިވާ ކަމަށެވެ. އަދި އެއަށް ފަހު، ރައްކާތެރިކަމާ އެކު އެ މިސައިލްތައް ނައްތާލަފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އީރާނާ ގުޅިފައި އޮންނަ، އަދި ޔަމަނުގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކޮންޓްރޯލް ކުރާ ހޫތީ ހަނގުރާމަވެރިން ގެންދަނީ އިސްރާއީލަށް ހަމަލާދީ، ކަނޑު ދަތުރު ކުރާ ބޯޓު ފަހަރުތަކަށް ވެސް ހަމަލާ ދެމުންނެވެ. 

ހޫތީ ޖަމާއަތުން ބުނެފައި ވަނީ، އެ ޖަމާއަތުން އެ ހަމަލާތައް ދެމުން ގެންދަނީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ކަމަށެވެ. އަދި އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދާހާ ދުވަހަކު، އިސްރާއީލަށް އަމާުޒުކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް އެ ޖަމާއަތުން ވަނީ ދީފަ އެވެ.

އިސްރާއީލަށް އަމާޒުކޮށް މިހާތަނަށް ހޫތީ ޖަމާއަތުން ދީފައިވާ ހަމަލާތަކުގެ ތެރެއިން، ގިނަ ޑްރޯންތަކާއި، މިސައިލްތައް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ނައްތާލައިފަ އެވެ. އިސްރާއީލް އިން އަންނަނީ އެކަމުގެ ބަދަލު ހަމަލާތަކެއް ވެސް ދެމުންނެވެ. 

މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ކަނޑުގެ ދަތުރު ފަތުރަށް ބޮޑެތި އަސަރު ތަކެއް ކުރަމުން ދާއިރު، މި ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން މަސައްކަތް ތަކެއް ކުރަމުންދެ އެވެ.

އިޒްރޭލްޔަމަންހޫތީން ބައިވެރިންމިސައިލް ހަމަލާތައްޣައްޒާޔަމަން-އިސްރާއިލް ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު