Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ރައްޔިތުންނަށް ގޯތި ދިނުން

ރޮޒެއިނާ އާއި ފަލާހުއަށް ގޯތި ލިބުނީ ހުޅުމާލެއަކުން ނޫން: އަކްރަމް

6 ސެޕްޓެމްބަރު 2023 | ބުދަ 09:41

ދޮގު މައުލޫމާތު ނުފެތުރުމަށް އަކްރަމް އިލްތިމާސްކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2023 | ބުދަ 09:41
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ބިންވެރިޔާ ސްކީމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާއި އެ މެމްބަރުންގެ އާއިލާތަކަށް ހުޅުމާލެއިން ކައިރިކައިރިން ގޯތި ދީފައިވާ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ދޮގުކޮށްފިއެވެ.

މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާހު އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި އެ ދެ ބޭފުޅުންގެ އާއިލާ ބޭފުޅުން އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ އާއިލީ ބޭފުޅުންނަށް ކައިރިކައިރިން ގޯތި ދޫކޮށްފައިވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ޚަބަރުތައް ފަތުރަމުންނެވެ. މިއީ އިއްތިފާގެއްތޯ ސުވާލުކޮށް އެ ހުރިހާ ބޭފުޅުންނަށް ވެސް ބިން ދީފައިވަނީ ހުޅުމާލެއިން ކަމަށާއި މެމްބަރުން ގުރުނެގުމަށް ވަޑައިނުގަންނަވާ ކަމަށް ވެސް ބުނެ ދަނީ ޚަބަރުތައް ފަތުރަމުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފަލާހު އާއި ރޮޒައިނާއަށް ވެސް ގޯތި ލިބިލެއްވީ ހުޅުމާލެއިން ނޫން ކަމަށެވެ. އެ ދެ ބޭފުޅުންނަށް ވެސް ގުޅީފަޅުން ގޯތި ލިބިވަޑައިގެންފައިވާއިރު އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުންނަށް ބިން ލިބިފައިވަނީ ގުޅިީފަޅާއި ގިރާވަރުފަޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ގޯތި ދޫކުރުމުގެ ހުރިހާ ކަމެއް ވެސް މި ސަރުކާރުން ކުރިއަށްގެންދިޔައީ ވަރަށް ހާމަކަންބޮޑު ގޮތެއްގައި ކަމަށާއި މިފަދަ ޚަބަރުތައް ފަތުރަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި ގޯތިތައް ބެހުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތް ފުރިހަމަކަމުގެ ސަބަބުން އިދިކޮޅުގެ ފަރާތްތަކުން ވެސް ގުޅައި އެކަން ފާހަގަކުރާކަމަށް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެއްވެސް ބޭފުޅަކު ގުރުނެގުމަށް ވަޑައިނުގަންނަވާކަމަށް ޝައްކުވާނަމަ އެކަން ހާމަކޮށް އެނގެން އޮންނާނެ ކަމަށެވެ. އެގޮތުން ގުރުނެގުމުގެ ހުރިހާ ކަމެއް ރެކޯޑު ކުރެވިފައިވާއިރު ގޯތި ލިބުނު ފަރާތްތަކަށް ބަދަލުގައި ބޭފުޅަކު ފޮނުވުމުގެ ފުރުސަތު ވެސް ހުޅުވާލިކަން އޭނާ ފާހަގަކުރެއްވިއެވެ.

އަކްރަމް މިފަދައިން ވިދާޅުވެފައިވާއިރު މެމްބަރު ފަލާހު ވެސް ވަނީ އޭނާއަށް ގޯތި ލިބިވަޑައިގެންނެވީ ހުޅުމާލެއިން ނޫންކަން ހާމަކުރައްވާފައެވެ. އެގޮތުން ގުރުނެގުމަށް ވަޑައިގެންނެވިއިރުގެ ވީޑިއޯއަކާއި ގޯތި ލިބުނީ ގުޅީފަޅުންކަން އަންގަދޭ ގަނޑުކޮޅު ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ އާއިލާގެ އެއްވެސް ބޭފުޅަކަށް ހުޅުމާލެއިން ގޯތި ނުލިބޭ ކަމަށެވެ. އަދި ޖެހިޖެހިގެން ވެސް އެއްވެސް ބޭފުޅަކަށް ގޯތި ލިބިފައިނުވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

އަކްރަމް ވަނީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުންހުރި މިފަދަ ކަންކަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް