Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގުޅީފަޅުން ގޯތި ދޫކުރުން

ފުރަތަމަ ކުއްޖާ ލިބުމާއެކު ކުރަމުން އައި އުންމީދު ހަގީގަތަކަށް - ފުރަތަމަ ގޯތި ލިބުނު ދުވަހު ޖެހީ ތިން ރުއް

5 ސެޕްޓެމްބަރު 2023 | އަންގާރަ 14:08

ސަރުކާރުން ވަނީ 6،200 ގޯތި ދޫކުރާނެކަން އިއުލާނުކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ސެޕްޓެމްބަރު 2023 | އަންގާރަ 14:08
ގުޅީފަޅުން ގޯތި ދޫކުރުން

ގުޅީފަޅުން ގޯތި ދޫކުރުން

މިއީ މ. ނިއުހޯމް އަހުމަދު ޝާކިރެވެ. އޭނާއަކީ މި ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތިކަނޑައި، އިން ވަކިކޮށް، އެ ގޯތި ހަވާލުކުރި ފުރަތަމަ މީހާއެވެ. މިއީ އޭނާއާއި އޭނާގެ ހަތަރު ކުދިންނަށް ލިބުނު ގޯއްޗެވެ. އުމުރުން 66 އަހަރުގައި އޭނާއަށް މާލޭ ސަރަހައްދުން ގޯއްޗެއް ލިބުނުއިރު މިއީ އޭނާ ވަރަށް ކުރީއްސުރެ ކުރަމުން އައި އުންމީދެކެވެ.

ހުޅުމާލޭގެ 151ގައި މިހާރު ދިރިއުޅެމުންދާ ޝާކިރަކީ ކުރިއަށް އޮތްތަނުގައި ގުޅީފަޅުގެ ބިންވެރިއެކެވެ. އަދި ގުޅީފަޅުގެ އުންމީދީ ގެދޮރުވެރިއެކެވެ.

އޭނާގެ ބައްޕަގެ ގޯއްޗެއް މާލޭގައި އޮތް ނަމަވެސް ބައްޕަގެ 10 ކުދިން އެބަތިއްބެވެ. އެހެންކަމުން ދިރިއުޅުން އާރާސްތުކޮށް ދަރިންގެ މުސްތަގުބަލަށްޓަކައި އަމިއްލަ ގޯއްޗެއް އޮތުން އެއީ މާލޭގެ އެތައް ހާސް ރައްޔިތުންނެއް ފަދައިން އޭނާ ކުރަމުން އައި ފޮނި އުންމީދެކެވެ. އެހެންކަމުން ހުރިހާ އެންމެން ގޯތި ނުލިބޭނެ ކަމަށް ބުނަމުން ދިޔައިރު އޭނާގެ އުންމީދު ސަރުކާރާމެދު ވަރަށް ބޮޑެވެ.

ގޯތި ލިބުނު އާއްމުންގެ ތެރެއިން އެންމެންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. ގުޅީފަޅުން ގޯތި ދިނުމުގެ މަރުހަލާ އަންގާރަ ދުވަހު ފެށީ، 26 މީހުންނަށް ގޯތި ހަވާލުކުރުމަށްޓަކައި އެ މީހުންނަށް އެކަން އަންގައިގެންނެވެ. އޭގެ ތެރެއިން ހާޒިރުވި 21 މީހުންނަށް އަންގާރަ ދުވަހު ވަނީ ގުޅީފަޅުން ގޯތި ހަވާލުކޮށްފައެވެ. އަދި އިތުރު ފަރާތްތަކާއި ގޯތީގެ ރަޖިސްޓްރީ ވަނީ ހަވާލުކޮށްފައެވެ.

އަންގާރަ ދުވަހު ގޯތި ލިބުނު މީހުންގެ ތެރެއިން އެކަކީ މިހާރު މާލޭގައި ދިރިއުޅެމުންދާ އިބްރާހީމް ރިޔާޒެވެ. އޭނާގެ ކިބައިން ފެނުނީ ތަފާތު މަންޒަރެކެވެ. ގޯތި ލިބުމާއެކު އެތަނުގައި އޭނާ އިންދީ ތިން ރުކެވެ. އޭނާގެ ދެ ކުދިންނާއި އަނބިމީހާއަށް ލިބުނު ގޯއްޗަކީ އޭނާ 30 އަހަރުވަންދެން ކުރި އުންމީދެއްގެ ނިމުމެވެ. މީގެ ކުރިން ފްލެޓަކަށް ކުރިމަތި ނުލައި އޭނާ މަޑުކުރީ ގޯއްޗެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދުވަހަކުވެސް އޭނާ ފްލެޓަކަށް ކުރިމައްޗެއް ނުލައެވެ. އަދި ފްލެޓެއް ގަނެވޭނެ މިންވަރުގެ ތަނަވަސްކަމެއް އޭނާގެ ކިބަޔަކު ނެތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ގުޅީފަޅުން ބިން ދޫކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ބިން ނުހިއްކިގެން ގޯތި ނުދީ ނުތިބޭނެކަމުގެ ޔަގީންކަން ހައުސިންގ މިނިސްޓްރީން ދެއެވެ. އެކަން ފާހަގަކުރައްވައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، 2 އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފަށައި އާބާދުވެގެން ދާނެކަމަށް ބެލެވޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ، ގުޅީފަޅުން ގޯތި ލިބުނު އެއްވެސް މީހަކަށް ނޮވެމްބަރު މަހުގެ 5ގެ ކުރިން ގޯތި ނުލިބި ނުހުންނާނެ ކަމަށެވެ. ގޯތި ހަވާލުކުރަން ފަށާފައިވަނީ ގުޅީފަޅުގައި ފުރަތަމަ ހިއްކި ބިމުން ފެށިގެން ކަމަށާއި އެ ސަރަހައްދުން 450 ގޯތި މިބައިގެ ތެރޭގައި ހިމެނޭނެކަމަށް އާރިފް ވިދާޅުވިއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާ ކަމަށްވާއިރު، ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައި ވަނީވެސް އެކުންފުނިންނެވެ. ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށް ކަމަށް ސަރުކާރުންވަނީ މީގެކުރިން ހާމަކޮށްފައެވެ. ގޯތި ހަވާލުކުރުމުގެ މަސައްކަތް، ގޯތި ހަވާލުކޮށް ދިމެންދެން ކުރިއަށްދާނެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ މާލޭ ސަރަހައްދުން ދޫކުރުމަށް ނިންމީ 5،000 ގޯއްޗެވެ. ފަހުން ސަރުކާރުން ވަނީ 6،200 ގޯތި ދޫކުރާނެކަން އިއުލާނުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 ޖުލައި 2017

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

17 ޖުލައި 2017
ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
08 ޖޫން 2017

އީރާނަށް އައިއެސް ވަނީތަ؟

08 ޖޫން 2017
އީރާނަށް އައިއެސް ވަނީތަ؟
04 ޖޫން 2017

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް