Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

މިއީ އެމްޑީޕީގެ ފުރިހަމަ ސަރުކާރެއް ގާއިމްކުރަން ލިބޭ ފުރަތަމަ ފުރުސަތު - ދޮންބިލެތް

4 ސެޕްޓެމްބަރު 2023 | ހޯމަ 17:59

މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ވަޒީފާތަކުން %40 މީހުން ވަކިކުރައްވާނެ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ސެޕްޓެމްބަރު 2023 | ހޯމަ 17:59
ކުޅުދުއްފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގެ ތެރެއިން

ކުޅުދުއްފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގެ ތެރެއިން

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ހޮވަން ލިބޭ ފުރުސަތަކީ އެމްޑީޕީގެ ފުރިހަމަ ސަރުކާރެއް ގާއިމްކުރަން ލިބޭ ފުރަތަމަ ފުރުސަތު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި އޭނާ ވިދާޅުވީ، މީގެ ކުރިން ފުރިހަމަ އެމްޑީޕިގެ ސަރުކާރެއް ގާއިމްކުރުމަށް ފުރުސަތު ނުލިބޭ ކަމަށެވެ. ސަބަބަކީ އެމްޑީޕީން ނައިބު ރައީސަކު އިޚުތިޔާރުކުރަން ޖެހެނީ ކޮންމެވެސް ސައުދާގަރެއް ކައިރިން ސަލާން ޖަހައިގެން ކަމަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިފަހަރު އެކަން ވަރަށް ބޮޑަށް ތަފާތު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއަދު ރަނިންމޭޓަކު ހޮވާފައި ވަނީ އެމްޑީޕީގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީ އެމްޑީޕީއަށް ވުމަށް އެންމެ ބޮޑަށް ހިތްވަރު ދިންތަނަކީ އައްޑޫ ސިޓީކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫގައި އެމްޑީޕީގެ ކަންކަމުގައި އެންމެ ކުރީގައި ހުންނެވި އާރުކާޓީއަކީ މިހާރުގެ ރަނިންމޭޓް މެމްބަރު މުހައްމަދު އަސްލަމްކަމަށާއި، އެއީ އުފާކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ނައިބު ރައީސަކަށް ހޮވިވަޑައިގަތުމަކީ ދެކުނަށް ލިބޭނެ އުފަލެއް ކަމަށްވެސް ދޮންބިލެތް ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށި އެމްޑީޕީގެ ނިޒާމާއި ޕާޓީއަށް ރަނގަަޅަށް ފައްކާވެފައިވާ ކަަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަކަށްވީ ހިސާބުން އެ ސިޓީ އޮތީ އެމްޑީޕީއާ އެކުގައި ކަަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވަނީ އިދިކޮޅު ކެނޑިޑޭޓް މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެފައެވެ. މުއިއްޒަކީ ޕީއެންސީގެ ކެނޑިޑޭޓްކަމަށް ވީނަމަވެސް ޕީޕީއެމްގެ ދިދައާއި ކުލަ ބޭނުންކުރައްވައިގެން އޮޅުވާލައްވަމުން ގެންދަވާކަމަށް ތުހުމަތުކުރެއްވިއެވެ. އަދި މުއިއްޒަކީ އިންތިހާއަށް ކޮރަޕްޓް ބޭފުޅެއް ކަމަށާއި، މުއިއްޒަށް ތާއީދު ނުކުރާ ޕީޕީއެމް މެމްބަރުންވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ވަޒީފާތަކުން %40 މީހުން ވަކިކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ މި ސަރުކާރުން ބޮޑުކޮށްފައިވާ މުސާރަވެސް ކުޑަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް