Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީގެ ތަރައްގީ

ކުޅުދުއްފުށި ސިޓީގެ މޭޔަރު ތަފްސީލުކޮށްދެއްވީ 2 ސަރުކާރުން ރައްޔިތުންނާމެދު އަމަލުކުރި ގޮތް

ޔާމީންގެ ސަރުކާރުން ތާރުއެޅީ ޕްލޭނެއް ނެތި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ސެޕްޓެމްބަރު 2023 | ހޯމަ 17:53
ކުޅުދުއްފުށި ސިޓީގެ މޭޔަރު، މުހައްމަދު އާތިފް

ކުޅުދުއްފުށި ސިޓީގެ މޭޔަރު، މުހައްމަދު އާތިފް

ނިމިގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީ ރައްޔިތުންނާމެދު ކަންކުރިގޮތާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުޅުދުއްފުށީ ރައްޔިތުންނާމެދު އަމަލުކުރެއްވި ގޮތް އަޅައިކިޔައި، އިދިކޮޅު ކެންޑިޑޭޓު ކުުޅުދުއްފުށީ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަން ލަދުގަންނަން ޖެހޭނެކަމަށް ކުޅުދުއްފުށީ މޭޔަރު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކުޅުދުއްފުށީ ޖަލްސާފައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކުޅުދުއްފުއްޓާއި އަވައްޓެރި ރަށްރަށުގެ ރައްޔިތުންނާއެކު 14،000 ރައްޔިތުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅެމުން ދާކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ. އެހެން އެކަން އޮއްވައި، ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށީ 2011 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.

ނަމަވެސް 2012 ވަނަ އަހަރު ކުރެވުނު ބަޣާވާތާއެކު އެ މަޝްރޫއު ހުއްޓުނު ކަމަށެވެ. އަދި ރައީސް ސާލިހު ވެރިކަމާ ހަވާލުވެވަޑައިގަންނަވަންދެން އެ ރޯހައުސްތައް ހުރިގޮތަށް ހުރިކަމަށާއި، މި ސަރުކާރުން އެ ރޯހައުސްތައް މަރާމާތުކޮށް ރައްޔިތުންނާ ހަވާލުކޮށްފައިވާކަމަށެވެ.

މޭޔަރު ވިދާޅުވީ ކުުދުއްފުށީ ކައުންސިލުން ރައީސް ސާލިހާ ބައްދަލުވި ފަހަރު އެދުނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކަމަށެވެ. އަދި ރައީސް އެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެ، 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެވެ. އަދި އިތުރު 1000 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހަވާލުކޮށްފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭގެ ކުރިން އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލައި، އެފަހުން 7 އަހަރު ވަންދެން ހައުސިންގ މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ރިިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކެމްޕޭނަށް ކުޅުދުއްފުއްޓަށް ވަޑައިގެން، ކުޅުދުއްފުށީގެ ރައްޔިތުން އަރިހުގައި ވޯޓު ދޭން އެދިވަޑައިގަންނަވަން ލަދުފުޅުގަންނަން ޖެހޭނެ ކަމަށެވެ. މޭޔަރ ވިދާޅުވީ 7 އަހަރު ވަންދެން ކުޅުދުއްފުށީގެ ރައްޔިތުންނަށް އިހުމާލުވުމަށްފަހު ވަޑައިގެން، ކުޅުދުއްފުށީ ރައްޔިތުން ކައިރީގައި ވޯޓު ދޭން ވިދާޅުވުމުން ވޯޓު ނުދޭނެ ކަމަށެވެ.

ކުރީ ސަރުކާރުން ކުޅުދުއްފުށީގައި 4.7 ކިލޯ މީޓަރު މަގުގައި ތާރު އެޅިނަމަވެސް މިއަދު އުފުލަންޖެހޭ ތަކުލީފު އުފުލަންޖެހެނީ އެދުވަހު ހެދި މަގުތައް ހުރި ގޮތުން ކަމަށެވެ. މޭޔަރ ވިދާޅުވީ ސްޓޯމް ވޯޓަރ އަޅާފައި ނެތް ކަމަށާއި، އަލުން ޖެހެނީ ތާރު ކަނޑައިގެން ވަގުތީ ސްޓޯމްވޯޓަރ ސިސްޓަމެއް ހަރުކުރަން ކަމަށެވެ. ނަމަވެސް މި ސަރުކާރުން 7.5 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް އެ ކުރަނީ ޑީވޯޓަރ ސިސްޓަމާއި، ސްޓޯމް ވޯޓަރ ސިސްޓަމާއި ފަޔަރ ހައިޑްރަންޓް ސިސްޓަމާއެކު ޕަމްޕް ބަހައްޓައިގެން ކަމަށެވެ. އަދި ކުޅުދުއްފުއްޓާއި ރާއްޖޭގެ ރަށްރަށުގައި ތަރައްގީގެ މަސައްކަތް ނުހުއްޓި ކުރިއަށްދިއުމަށް ރައީސް ސާލިހަށް ވޯޓު ދޭންޖެހޭ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ޒަމާނުއްސުރެ ކުޅުދުއްފުއްޓަކީ ބޭރުން މުދާ ގެނެސް ވިޔަފާރިކުރި ތަނެއް ކަމަށެވެ. އަދި އުއްމީދަކީ އަންނަ 5 އަހަރަކީ ކުުޅުދުއްފުއްޓަށް ރަންޒަމާނެއް ގެންނާނެ 5 އަހަރަށް ވެގެން ދިއުންކަމަށާއި، ކުޅުދުއްފުށީގެ ކަނޑުގެ ބަނދަރު ރައީސް ސާލިހުގެ ސަރުކާރާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓާއެކު އިގްތިސާދު ފުޅާވެގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު