Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލާމަރުކަޒީ ގާނޫން

ކުޅުދުއްފުށި ފުޓުބޯޅަ ދަނޑުތަކުގެ ކަރަންޓު ބިލުތައް ކައުންސިލުގެ ނަންމައްޗަށް ބަދަލުކުރީ ކައުންސިލުގެ ބަހެއް ނެތި: މޭޔަރު އާތިފް

ފުޓުބޯޅަ ދަނޑުތަކަކީ ޔޫތް މިނިސްޓްރީގެ އެސެޓުތަކެއް ނަމަވެސް އެ ދަނޑުތަކުގެ ނުދައްކާހުރި ހުރިހާ ކަރަންޓު ބިލުތަކެއް ވަނީ ކުޅުދުއްފުށި ކައުންސިލުގެ ނަމަށް ބަދަލުކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2025 | ހުކުރު 13:44
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބޭއްވި ނޫސްކޮންފަރެންސްގެ ތެރެއިން: މޭޔަރު އާތިފް ވިދާޅުވި ލާމަރުކަޒީ ގާނޫނަށް ނެގައި ބަދަލާއެކު، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ކައުންސިލަށް ވެގެންދާނޭ ކަމަށް

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބޭއްވި ނޫސްކޮންފަރެންސްގެ ތެރެއިން: މޭޔަރު އާތިފް ވިދާޅުވި ލާމަރުކަޒީ ގާނޫނަށް ނެގައި ބަދަލާއެކު، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ކައުންސިލަށް ވެގެންދާނޭ ކަމަށް

ފުޓުބޯޅަ ދަނޑުތަކަކީ ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އެފަރާތްތަކުގެ އެސެޓުތަކެއް ކަމަށާއި ނަމަވެސް ކުޅުދުއްފުށީ ސިޓީގައި ހުރި ދަނޑުތަކުގެ ނުދައްކާ ހުރި ކަރަންޓު ބިލުތައް އެ ކައުންސިލްގެ ނަން މައްޗަށް ބަދަލުކޮށްފައި ވަނީ އެއްވެސް ބަހެއް ނެތި ކަމަށް މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާތިފު މިފަދައިން ވިދާޅުވީ އެ ކައުންސިލްގެ ފަރާތުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި، ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގަ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

އޭގެ އިތުރުން ދައުރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް އަމިއްލަ ބާރުގައި މުވައްޒަފުން ނެގުމާއި، ބިމާއި ފަޅުން ބައެއް ކުއްޔަށް ދިނުމާއި، ތަރައްގީގެ އައު މަޝްރޫއުތައް ހިންގުން ހުއްޓުމަކަށް އަންނާނެއެވެ.

މި ބިލުގައި ވާ ބަދަލުތަކާއި ވަރަށް ބޮޑަށް ދެކޮޅުހައްދަވާ، އެކަމުގެ ކަންބޮޑުވުން ފަޅުކުރައްވާ މޭޔަރު އާތިފް ވިދާޅުވީ އަސާސީ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކާއެކީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ހެދުމުގެ މަރުހަލާގައި ހުރުމުން އަންނަ އަހަރަށް ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ވެސް ނުލިބި ގެއްލުން ލިބޭނެ ކަމަށެވެ.

އާތިފް ވިދާޅުވީ އަންނަ އަހަރަށް ވެސް ލަފާކުރާ އާމްދަނީގެ ތެރެއިން ބިންކުއަޔަށް ދީގެން ލިބޭ އާމްދަނީގެ އިތުރަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެންނަ ފާސްކޮށްފައިވާ ބިލުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނޭ ކަމަށެވެ. އެގޮތުން މުވާސަލާތީ ހިދުމަތަށް ދޫކޮށްފައި ހުރި ބިންތަކުން 1.26 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނޭ ކަމަށެވެ.

މީގެ އިތުރުން އާތިފް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށަކީ ލޯކަލް އޮތޯރިޓީ މެދުވެރިކޮށް މަސައްކަތްތައް ކުރުމުގެ އިތުރުން ވިޔަފާރި ކުރާ ބަޔަކަށް ވާއިރު ކޮށްފައިވާ އިންވެސްޓްތައް ވެސް ފެނަށް ދިޔުމުގެ އިތުރުން ކައުންސިލްތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް އިސްލާހުގެ ސަބަބުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އާންމު ޚިދުމަތްތަކަށް ކައުންސިލުން ދައްކަން ޖެހޭ ފައިސާ ނުދައްކާތާ ހަމަހަށްވުރެ ގިނަ ދުވަސް ވެފައިވާ ނަމަ އެފައިސާއެއް ވެސް އުނިކުރުމަށް ފަހު ބާކީ އަދަދު ކައުންސިލްތަކަށް ދޭގޮތަށް އޮތުމަކީ ވެސް ނުރައްކާތެރި ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މީގެ އޮތް ނުރައްކަލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބްލޮކް ގްރާންޓުގެ ގޮތުގައި ގާނޫނުން ކަނޑައެޅިގެން ލިބޭ ފަހެއް އިންސައްތައިގެ ތެރެއިން މިހާރު ލިބޭ އާމްދަނީގެ ތެރެއިން ވެސް ދައުލަތުގެ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި އެ ފައިސާ އުނިކުރެވިދާނެ ކަމަށް އޮތުން ކަމަށް އާތިފް ފާހަގަކުރެއްވި އެވެ.

އާތިފް ވިދާޅުވީ ލީގަލް ޕްރޮސެސް ކުރިއަށް ގެންދިއުމަށާއި އަދި އެހެނިހެން އެފަދަ ސަބަބުތަކަށް ޓަކައި ނިޒާމްތަކެއް ގާއިމް ކުރެވިފައި ހުންނަނީ މިފަދަ ޕެންޑިޕް ބިލުތަށް ހުންނާތީ ކަމަށެވެ.

އެގޮތުން މިހާރު ވެސް ކުޅުދުއްފުށީ ސިޓީ ފުޓުބޯޅަ ދަނޑުތަކުގެ ކަރަންޓު ބިލުތައް ނުދައްކައި އެބަހުރިކަމަށާއި ފުޓުބޯޅަ ދަނޑުތަކަކީ ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އެފަރާތްތަކުގެ އެސެޓުތަކެއް ކަމަށް އާތިފް ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުޅުދުއްފުށި ސިޓީއަށް އެނގުމެއްނެތި، އެ ފަރާތުގެ އެއްވެސް ބަހެއް ނެތި ނުދައްކާ ހުރި އެ ހުރިހާ ކަރަންޓު ބިލުތަކެއް މިހާރު ހުރީ ކުޅުދުއްފުށި ސިޓީގެ ކައުންސިލުގެ ނަންމައްޗަށް ބަދަލުކޮށްފައި ކަމަށް އާތިފް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ އެ ކައުންސިލުގެ އެސެޓަކަށް ނުވާތީ އެ ބިލުތައް ދެއްކުމުގައި ގާނޫނީ ގޮތުން ވެސް ހުރަސްތަކެއް އެބަހުރި އެކަމުގައި އާތިފް ވިދާޅުވި އެވެ.

މިހާރުވެސް އެބަ އޮތް ނިޒާމުތަކެއް ގާއިމް ވެފަ. އެއީ ލީގަލް ޕްރޮސެއް ވިޔަސް އަދި އެހެން އެފަދަ ސަބަބުތަކަށްޓަކައި ހަގީގަތުގަ މިފަދަ ޕެންޑިންގ ބިލުތައް މި ހުންނަނީ. މިސާލަކަށް އަޅުގަނޑު ދަންނަވާފާނަން، މިހާރުވެސް ކުޅުދުއްފުށީ ސިޓީގެ ފުޓުބޯޅަ ދަނޑުތަކުގެ ކަރަންޓު ބިލުތަކެއް އެބަ ހުރި ފައިސާ ނުދައްކާ. ފުޓުބޯޅަ ދަނޑުތަކަކީ ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އެފަރާތްތަކުގެ އެސެޓުތަކެއް. އެހެން ނަމަވެސް އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ބަހެއް ނެތި އެ ކަރަންޓު ބިލުތައް ވަނީ އަޅުގަނޑުމެންގެ ނަންމައްޗަށް ބަދަލުކޮށްފަ. އެއީ އަޅުގަނޑުމެންގެ އެސެޓަކަށް ނުވާތީ އެ ބިލުތައް ދެއްކުމުގައި ގާނޫނީ ގޮތުން ވެސް ހުރަސްތަކެއް އެބަހުރި
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު އާތިފް

އާތިފް ވިދާޅުވީ ކަންމިހެން އޮތް ނަމަވެސް މިހާރު ސަރުކާރުން ހުށަހަލާފައި އޮތް ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކޮށްފި ނަމަ ދެން ދޭ ބްލޮކްގްރާންޓުގައި ޔޫތް މިނިސްޓްރީގެ އެ އެސެޓުތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ފައިސާ ދައްކާގޮތަށް ވެސް ބަދަލުވެގެން ދިއުމަކީ ގާތްކަމެއް ކަމަށެވެ. އަދި މިއީ ނިހާޔަތަކަށް ކަންބޮޑުވުން ހުރި ކަމެއް ކަމުގައި ވެސް އާތިފް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި

ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި

28 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު