Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު އާސެނަލް އިން ޔުނައިޓެޑް ބަލިކޮށްފި

މި މެޗު އާސެނަލް އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 4 ސެޕްޓެމްބަރު 2023 | ހޯމަ 02:06
ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާ ފާޅުކުރަނީ

އެމިރޭޓްސް ސްޓޭޑިއަމްގައި އާދިއްތަ ދުވަހުގެރޭ ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު އާސެނަލް އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މި މެޗު އާސެނަލް އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކުރިން ލަނޑު ޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސެން ތަނަވަސްކޮށްދިން ފުރުސަތަކުން، ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑް އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ގަބްރިއެލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ޔުނައިޓެޑަށް މި ހޫނުމޫސުމުގައި ސޮއިކުރި ރަސްމުސް ހޮއިލުންޑް އާއި ޖޮނީ އިވާންސް ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެފައެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް އާސެނަލް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ސަކާ އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލެވިފައިވަނީ ޔުނައިޓެޑުގެ ކީޕަރު އޮނާނާ އާ ދިމާލަށެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޒުވާން ތަރި، ގަރްނާޗޯ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ފަހު ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ވަނީ އަށް މިނެޓު ދައްކާފައެވެ. އިތުރު ވަގުތުގެ ހަވަނަ މިނެޓުގެ ތެރޭގައި ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލްއަށް ކުރިހޯދަދިނީ ޑެކްލަން ރައިސް އެވެ. އެއީ މި ހޫނުމޫސުމުގައި އާސެނަލްއަށް ބަދަލުވުމަށްފަހު ރައިސް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭގެ އިރުކޮޅެއް ފަހުން އާސެނަލް އަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގަބްރިއެލް ޖީސަސް އެވެ. ކައުންޓަރ އެޓޭކްގައި ލަނޑުޖެހި އިރު، އޭނާއަށް ފުރުސަތު ތަނަވަސްކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ފަބިއޯ ވިއެރާ އެވެ.

މި މޮޅާއެކު އާސެނަލް އޮތީ ފަސް ވަނައިގައެވެ. އެއީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިގެނެވެ. ހަ ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 11 ވަނައިގައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު