Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ސާލިހުގެ ދިރިއުޅުއްވުން

ރައީސް ސާލިހު ދުވަސް ފައްޓަވަނީ ދަމުނަމާދުން، މެންދުރު ފަރިއްކުޅުވުމަށް ބޭނުންފުޅުވަނީ ގަރުދިޔައާއި ބަތް

3 ސެޕްޓެމްބަރު 2023 | އާދީއްތަ 14:39

ރައީސް ފަތިހު ހޭފުޅުލައްވަނީ 4:00އާ 4:15އާ ދޭތެރޭގައި

ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 14:39
ރައީސް ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން

ރައީސް ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން

ރާއްޖޭގެ ރައީސުންގެ އާންމު ދިރިއުޅުއްވުމުގެ ކަންކަމަކީ ޝައުގުވެރި ވާހަކަތަކެކެވެ. އާންމު ގޮތެއްގައި އެއް ބާވަތެއްގެ ކަންކަން އެ ބޭބޭފުޅުންގެ ދިރިއުޅުއްވުމުގައިވެސް ފާހަގަވާން ހުރިނަމަވެސް، އެކި ބޭފުޅުންގެ އާންމު ދިރިއުޅުއްވުމުގައި އެހެން ބޭބޭފުޅުންނާ ތަފާތު އެތައް ކަމެއް ހުރެއެވެ.

ދުވަސް ފައްޓަވާ ވަގުތާއި، ފަރިއްކުޅުވުމުގެ ކަންކަމުގައިވެސް ބޮޑެތި ތަފާތުތަކެއް ހުރެއެވެ. މިގޮތުން، ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަމިއްލަފުޅު ދިރިއުޅުއްވުމުގެ ވާހަކަތަކަކީވެސް ޝައުގުވެރި ވާހަކަތަކެކެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން، އެ މަނިކުފާނުގެ ހަޔާތްޕުޅުގެ އެއް ދުވަސް ހޭދަކުރައްވާ ގޮތާމެދު ދެންނެވުނު ސުވާލުގެ ޖަވާބުގައި ވިދާޅުވީ، ދުވަސް ފައްޓަވަނީ ދަމު ނަމާދުން ކަމަށެވެ. އެގޮތުން، ފަތިހު ހޭފުޅުލައްވަނީ 4:00އާ 4:15އާ ދޭތެރޭގައި ކަމަށެވެ. ހޭފުޅުލައްވައިގެން ފުރަތަމަވެސް އަވަސްވެ ވަޑައިގަންނަވަނީ، ދަމު ނަމާދު ކުރެއްވުމަށެވެ. އެއަށްފަހު، ފަތިސް ނަމާދަށް ބަންގި ގޮވަންދެން ގުރުއާން ކިޔަވާވިދާޅުވެއެވެ. އަދި ބައެއް ދުވަސް ދުވަހު ގުރުއާނުގެ ތަރުޖަމާވެސް ވިދާޅުވެއެވެ.

އެއަށްފަހު، ފަތިސް ނަމާދަށް ބަންގި ގޮވުމުން ނަމާދުކުރެއްވުމަށްފަހު، ހުސްކޮށް ލިބޭ ގަޑިއެއްހާއިރު ތެރޭގައި، ކުޑަކޮށް ދުވަހުގެ ކުރިއަށްހުރި ކަންތައްތަކާ ދޭތެރޭގައި ވިސްނަވައި ފިކުރުފުޅު ހިންގަވާލައްވައެވެ. އަދި ހެނދުނުގެ އެކްސަސައިޒް ކުރައްވައެވެ. އަދި މާ އަވަހަށް އޮފީހަށް ވަޑައިގަންނަވަންޖެހޭ ދުވަހެއްނަމަ، އެކްސަސައިޒް ހަވީރު ގަޑިއަށް ބަދަލުކޮށްލައްވައެވެ.

އޭގެ އިތުރުން، ހެނދުނުގެ ނާސްތާ ނަންގަވައެވެ.

ނާސްތާއަށްފަހު، އޮފީހަށް ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވައެވެ.

އެއަށްފަހު އޮފީހަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން، ފޯނުގައި ހުންނަ މެސެޖުތަކާއި، ނޫސްތަކުގެ ހެޑްލައިންތައް ބެއްލެވުމަށްފަހު، 8:45 ހާއިރު އޮފީހަށް ވަޑައިގަތުމަށް ނިކުންނަވައެވެ. އާންމުކޮށް 9 ޖަހާއިރު އޮފީހުގައި ހުންނެވޭތޯ މަސައްކަތްޕުޅު ކުރައްވައެވެ.

އެއަށްފަހު، އޮފީހުގައި ހައްދަވާފައިވާ ޝެޑިއުލްތަކާ އެއްގޮތަށް މަސައްކަތްޕުޅު ރާއްވަވައެވެ. ފުރަތަމަ ވަކި ގަޑިއިރެއް އޮފީހުގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ވަޒީރުންނާ ބައްދަލުކުރެއްވުމުގައި ހޭދަކުރައްވައެވެ. އަދި އޮފީހުގައި، 10:30އާ 10:45އާ ދޭތެރޭގައި ސައިތައްޓެއް ހިއްޕަވައެވެ. ބައެއް ފަހަރު އެއާއެކު ހެދިކާއެއް ނުވަތަ ފްރުޓް ބޭނުންކުރައްވައެވެ.

ކޮންމެ ދުވަހަކުވެސް، މެންދުރުގެ ފަރިއްކޮޅަށް 13:30 އެހާކަންހާއިރު ގެކޮޅަށް ވަޑައިގަންނަވައެވެ. މެންދުރު ފަރިއްކުޅުވަނީ ގަރުދިޔައާއި ބަތެވެ.

އެއަށްފަހު، އެ ވަގުތުގައި ކޮންމެހެން ކުރައްވަންޖެހޭ ފޯން ކޯލްތައް ކުރެއްވުމަށްފަހު އެނބުރި އޮފީހަށް ވަޑައިގަންނަވައެވެ.

އެނބުރި ވަޑައިގެން އަނެއްކާވެސް ދުވަހުގެ މަސައްކަތްޕުޅުތަކުގައި މަޝްޣޫލުވެ ވަޑައިގަންނަވައެވެ.

ކޮންމެ ދުވަހަކުވެސް، މެންދުރުފަހުގެ ވަގުތުތައް ހޭދަކުރައްވަނީ އަމިއްލަ ފަރާތްތަކަށް ދެއްވާފައިވާ އެޕޮއިންޓްމެންޓްތަކާއި، ކައުންސިލްތަކައް ދެއްވާފައިވާ އެޕޮއިންޓްމެންޓްތަކާ އެއްގޮތަށް އެ ބޭބޭފުޅުންނާ ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުވުންތަކުން އަވަދިވެވަޑައިގެން، ދެން އަނެއްކާވެސް އޮފީހުގައި ނިންމަވަންޖެހޭ މަސައްކަތްޕުޅުތައް ނިންމަވައި، 17:30 ހާއިރު ނުވަތަ ބައެއް ދުވަސް ދުވަހު 18:00 ޖަހާއިރު ގެކޮޅަށް ވަޑައިގަންނަވައެވެ. އަދި ސައިތައްޓެއް ހިއްޕަވައެވެ.

ގެއަށް ވަޑައިގެން، ގާތްގަނޑަކަށް ބައި ގަޑިއެއްހާއިރު، އަރާމުކޮށްލައްވައެވެ.

ރޭގަނޑުގެ ފަރިއްކޮޅަށް އާންމު ގޮތެއްގައި ބޭނުންފުޅު ކުރައްވަނީވެސް "ހެލްތީ" ފަރިއްކޮޅެކެވެ.

ރޭގަނޑުގެ ފަރިއްކޮޅަށްފަހު، ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކާ ބައްދަލުކުރައްވައި، ނިންމަވަންޖެހޭ ކަންކަން ނިންމެވުމަށްފަހު 23:30ށް މަސައްކަތްޕުޅު ނިންމަވާލައްވައެވެ. މަސައްކަތްޕުޅުތައް ނިންމަވާލެއްވުމަށްފަހު، އެންމެ ލަސްވެގެން 12 ޖަހާއިރު އަވަހާރަފުޅުލެއްޕެވޭތޯ ބައްލަވައެވެ.

އެއީ ޖުމްލަކޮށް ދުވަސް ހޭދަކުރައްވާ ގޮތްކަމަށާއި، ހުކުރު ދުވަސް އެއީ އާއިލާއާއެކު ލިބިވަޑަގަންނަވާ ހަމައެކަނި ދުވަސްކަމަށްވާތީ، ޚާއްސަކޮށް ހުކުރު ދުވަހުގެ މެންދުރުގެ ފަރިއްކޮޅު އާއިލާއާއެކުގައި ހޭދަކޮށްލައްވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިއީ، ޚާއްސަ ކަމެއް ނެތް ދުވަސްވަރެއްނަމަ، އާންމު ގޮތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ހަޔާތްޕުޅުގެ އެއް ދުވަސް ހޭދަކުރައްވާ ގޮތެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް