Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ލާޒިއޯ އިން ނަޕޯލީ ބަލިކޮށްފި

މިއީ މި ސީޒަނުގައި ނަޕޯލީ ބަލިވި ފުރަތަމަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 05:41
އިޓާލިއަން ލީގުގައި ނަޕޯލީ އަދި ލާޒިއޯ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ނަޕޯލީ އަދި ލާޒިއޯ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން ލާޒިއޯ މޮޅުވެއްޖެ އެވެ.

ނަޕޯލީގެ ޑިއޭގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗު ލާޒިއޯ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ލާޒިއޯ އިންނެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެ ޓީމަސް ލީޑު ނަގައިދިނީ ލުއިސް އަލްބާޓޯ އެވެ. އޭނާ އެ ލަނޑު ޖެހީ ފެލިޕޭ އެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ނަޕޯލީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕިއޯޓް ޒިއެލިންސްކީ އެވެ. މެޗުން ލާޒިއޯ މޮޅުވީ ދެ ހާފުގައި ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ޑައިޗީ ކަމަޑާ އެވެ. އޭގެ ފަހުން ވެސް ލާޒިއޯ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ދެ ލަނޑު ވެސް ބަލައި ނުގަންނަން ނިންމައިފަ އެވެ.

މިއީ މި ސީޒަންގެ ލީގުގައި ލާޒިއޯ އިން ހޯދި ފުރަތަމަ މޮޅެވެ. މިހާތަނަށް ތިން މެޗު ކުޅުނުއިރު، އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން މިއީ މި ސީޒަނުގައި ނަޕޯލީ ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި ކުރިން ކުޅުނު ދެ މެޗުން ވެސް ނަޕޯލީ ވަނީ މޮޅުވެފަ އެވެ. ނަޕޯލީ ކައިރިން ހޯދި ތިން ޕޮއިންޓާއެކު ލާޒިއޯ އޮތީ 12 ވަނައިގަ އެވެ. ނަޕޯލީ އޮތީ ހަ ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު