Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގުގެ ގުރު ނަގައިފި، ޕީއެސްޖީ އަށް ވަރުގަދަ ގުރޫޕެއް

1 ސެޕްޓެމްބަރު 2023 | ހުކުރު 10:42

ގުރޫޕް ސްޓޭޖު މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 1 ސެޕްޓެމްބަރު 2023 | ހުކުރު 10:42
ޗެމްޕިއަންސް ލީގު ގުރު ނެގުމުގެ ތެރެއިން

ޗެމްޕިއަންސް ލީގު ގުރު ނެގުމުގެ ތެރެއިން

މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރު ބުރާސްފަތި ދުވަހުގެ ރޭ ނެގިއިރު، ޕީއެސްޖީ އަށް ވަރުގަދަ ގުރޫޕެއް ލައްވާލައިފިއެވެ.

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ލައްވާލާފައިވަނީ ޖަރުމަނުގެ ވަރުގަދަ އެއް ބާރު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑް އާއި އިޓަލީގެ އޭސީ މިލާންގެ އިތުރުން އިންގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސަލް ޔުނައިޓެޑާ އެކު ގުރޫޕު އެފް ގައެވެ. އޭސީ މިލާން އަކީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުޅެފައިވާ ޓީމެކެވެ. ހަމައެއާއެކު، ނިއުކާސަލް އިންވަނީ މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން، 20 އަހަރަށްފަހު ޗެމްޕިއަންސް ލީގަށް އެނބުރި އަންނަ އިރު، އެ ޓީމަށް ވަނީ ކުޅުންތެރިން ގެނެސް، ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ ގުރޫޕަކަށް ވެފައިވަނީ ގުރޫޕު އޭ އެވެ. މި ގުރޫޕުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ދެ ޓީމު ކަމަށްވާ ބަޔާން މިއުނިކާއި މެންޗެސްޓަރ ޔުނައިޓެޑް ހިމެނެއެވެ. މީގެއިތުރުން އެ ގުރޫޕުގައި ހިމެނެނީ ޑެންމާކްގެ އެފްސީ ކޯޕަންހޭގަން އާއި ތުރުކީގެ ޗެމްޕިއަން ގަލަޓަސަރާއީ އެވެ.

ގުރޫޕު ބީ ގައި ހިމެނެނީ ޔުރޮޕާ ލީގު ޗެމްޕިއަން ސެވިއްޔާ، އާސެނަލް، ޕީއެސްވީ އަދި ލެންސް އެވެ. ގުރޫޕު ސީގައި ހިމެނެނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް، ބްރާގާ އަދި ޔޫނިއަން ބާލިން އެވެ. މީގެއިތުރުން ގުރޫޕު ޑީ ގައި ހިމެނިފައިވަނީ ޕޯޗުގަލްގެ ޗެމްޕިއަން ބެންފީކާ، މިދިޔަ އަހަރުގެ ރަނަރަޕް އިންޓަ މިލާން، ސަލްޒްބާގް އަދި ރެއާލް ސޮސިއެޑާޑް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ހިމެނިފައިވަނީ ލައިޕްޒިގް އާއި ރެޑް ސްޓާ ބެލްގްރޭޑްގެ އިތުރުން ޔަންގް ބޯއީސް އާއެކު ގުރޫޕު ޖީ ގައެވެ. ގުރޫޕު އީ ގައި ހިމެނެނީ ފެޔެނޫޑް، އެތުލެޓިކޯ މެޑްރިޑް، ލާޒިއޯ އަދި ސެލްޓިކް އެވެ. ގުރޫޕު އެޗް ގައި ހިމެނެނީ ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ، ޕޯޓޯ، ޝަޚްތަރު ޑޮނެސްކް އަދި އެންޓްވާޕް އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖު މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

ޗެމްޕިއަންސް ލީގު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
08 މެއި 2024

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް
08 މެއި 2024

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް
07 މެއި 2024

މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

07 މެއި 2024
މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް
01 މެއި 2024

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން
29 އެޕްރީލު 2024

ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ

29 އެޕްރީލު 2024
ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ
11 އެޕްރީލު 2024

ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ

11 އެޕްރީލު 2024
ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ
11 އެޕްރީލު 2024

އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ

11 އެޕްރީލު 2024
އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ
10 އެޕްރީލު 2024

ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ

10 އެޕްރީލު 2024
ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ
10 އެޕްރީލު 2024

ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

10 އެޕްރީލު 2024
ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް