Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުފާވެރި އަމާން ރާއްޖެ

"މަޖިލީހުގައި ހިންނަވަރު މީހުންނަށް ކުރަން އެނގޭނީ ކޮން ވެރިކަމެއްހޭ ބުނި، ކުޑަ ދަށުން ތެދުވެގެން ގޮސްފައި ހުންނާނެ"

ޖީހާން ވަނީ މި ދައުރުގައި ރައީސްކުރެއްވި ޚިދުމަތްތަކަށް ތައުރީފްކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2023 | ހުކުރު 08:01
އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން

އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން

މަޖިލީހުގައި ހިންނަވަރު މީހުންނަށް ކުރަން އެނގޭނީ ކޮން ވެރިކަމެއްހޭ ބުނި ބަސްތަކުން ވަރަށް ހިތްދަތިވެވަޑައިގެންނެވި ކަމަށާއި، ނަމަވެސް ރާއްޖޭގައި ވެރިކަން ކުރަން އެނގުނު ހަމައެކަނި ބޭފުޅަކީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ކަމަށް ހިންވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ހިންނަވަރުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ޖީހާން ވަނީ މަޖިލީހުގެ ތެރެއިން ދައްކާ ބައެއް ވާހަކަތަކުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖީހާން ވިދާޅުވީ މަޖިލީހުގައި ހޭދަކުރާ ދަތުރުގެ ކޮންމެ ދުވަހެއް، ކޮންމެ ސޮފްހާ އެއް، ކޮންމެ ބާބެއް ރައީސަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ. އެކަމުގެ ދަތިތަކާއި ބަލައިގަންނަން އުނދަނގޫ ކަންކަން ވެސް ވަރަށް ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަޑު އަހަން އުނދަނގޫ ކަންކަން މަޖިލީހުގައި ވެފައިވާ ކަމަށް ފާހަގަކުރައްވާ ޖީހާން ވިދާޅުވީ އެކަންކަން ވެސް ރައީސަށް ވަަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ބައެއް ދުވަސް ދުވަހު މަޖިލީހުގެ ގޯތި ތެރޭގައި ހުރި ކުޑަ ދަށުން ތެދުވެ، އެތަނުން ދުރަށް ވަޑައިގެން ގޮސްފައިވާނެ ކަމަށާއި އެކަމާއި މަޖިލީހުގެ ބައެއް މެންބަރުން ހެކިވާނެ ކަމަށް ޖީހާން ވިދާޅުވިއެވެ. ހިންނަވަރު މީހުންނަށް ކުރަން އެނގޭނީ ކޮން ވެރިކަމެއްތޯ އާއި އަތޮޅުތެރޭ މީހުންނަށް މާލެ އެނގޭނީ ކިހިނެތްތޯ ސުވާލު އުފައްދާ، ބައެއް ބޭފުޅުން މަޖިލީހުގައި ވާހަކަދައްކަވާފައިވާ ވެސް ކަމަށް ޖީހާން ވިދާޅުވިއެވެ. އެފަދަ އަޑުތައް އިވިވަަޑައިގަންނަވާ ކޮންމެ ފަހަރަކު ހިތްވަރު ހޯއްދެވީ ރައީސާއި ރައީސްގެ އާއިލާގެ ކިބައިން ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

ރާއްޖޭގައި އަނޔާވެރިކަމުގެ ދައުރުތަކަކާއި ވެރިންތަކެއް ދެކެފައިވާ ކަމަށާއި، އަމިއްލަ އެދުމާއި ހުރެ އެހެން މީހުންގެ އަޑު އަހަން ނޭނގުމުން އެމްޑީޕީގެ ވެރިކަން ބަދަލުވި ގޮތްވެސް ފެނިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން ވަގުންގެ ދައުރެއް ވެސް ފެނިވަޑައިގެންފައިވާ ކަމަށާއި އެއާއި ޚިލާފަށް މި ދައުރަކީ ފަޚުރުވެރި ދައުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖީހާން ވަނީ މިހާރުގެ ވެރިކަމަކީ ހިންނަވަރަށް ވެސް ފަޚުރުވެރި ވެރިކަމެއް ކަަމަށް ވިދާޅުވެފައެވެ. މިއީ ޒަމާނަކުން އައި ޒަމާނެއް ކަަމަށާއި، ހިތްވަރުކޮށް މި ދާ މަގުން ދާން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. ޖީހާން ވަނި ތާރީހު ލިޔާ މީހުން އެންމެ ބޮޑަށް އިޚުލާސްތެރި ވެރިއެއްގެ ގޮތުގައި ލިޔަން ޖެހޭނީ މިދައުރުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

ޖީހާން ވަނީ މި ދައުރުގައި ރައީސްކުރެއްވި ޚިދުމަތްތަކަށް ތައުރީފްކުރައްވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ދެވަނަ ދައުރަކަށް ހޮވަން ޖެހޭ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

ޖީހާން މަހުމޫދުއުފާވެރި އަމާން ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ މަޖިލިސް ކޮމިޓީއަށް

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ މަޖިލިސް ކޮމިޓީއަށް

06 އެޕްރީލު 2024
ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް

ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް

20 ސެޕްޓެމްބަރު 2023
މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު