Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންނަށް ބިރުދެއްކުން

ދަޢުލަތުގެ ލިޔެކިޔުންތަކުގެ ޒަރިއްޔާއިން ރައްޔިތުންނަށް ދައްކަނީ ބިރު: ޖީހާން

28 ފެބުރުއަރީ 2024 | ބުދަ 06:25

ވަޒީފާގެ ރައްކާތެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މިސަރުކާރުން ވަނީ އަރައިގަނެފައިކަމަށް ޖީހާން ވިދާޅުވި

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 28 ފެބުރުއަރީ 2024 | ބުދަ 06:25
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު

ދައުލަތުގެ ލިޔެކިޔުންތަކުގެ ޒަރިއްޔާއިން ރައްޔިތުންނަށް ދައްކަނީ ބިރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ޖީހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ފެށުމުގެ ދުވަސްކޮޅެއް ކުރިން ހިންނަވަރުގައި ކުންފުންޏެއްގެ މުވައްޒަފުންނަށް ބޭއްވުނު އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން ޕްރެޒެންޓޭޝަން ސްލައިޑެއްގައި ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ހާލަތަކީ ސަރުކާރަށް ތާއީދުކުރާ ފަރާތް ނޫން އެހެން ފަރާތްތަކަށް ތާއީދުކުރުން ކަމަށް އޭގައި ބަޔާންކޮށްފައިވާ ކަމަށެވެ.   

Advertisement - newsAdvertisement

މެންބަރު ޖީހާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޯމަތިވެފަ އޮތް ދަނޑިވަޅެއްގައި ސަރުކާރުގެ ފަރާތުން ސަރުކާރަށް ތާއީދުކުރާ މީހުންނަށް ވަޒީފާތައް ދެމުންދަނިކޮށް، އަދި ކުރިއަށް ރޯދަމަސް ވެސް ބޯމަތިވެފައި އޮއްވައި، ވަޒީފާގެ ރައްކާތެރިކަމުގެ އެއްވެސް ޔަގީންކަމެއް ނެތި ރައްޔިތުން ބިރުވެރިކަންމަތީގައި ތިބި ދަނޑިވަޅެއްގައި، މިފަދަ އިބާރާތަކުން ލިޔެކިޔުންތަކުގެ ޒަރިއްޔާއިން ޕްރެޒެންޓޭޝަނެއްގައި ވަޒީފާއިން ވަކިކުރެވިގެންދާ ސަބަބު ރައްޔިތުންނަށް ހާމަކުރާނަމަ މިއީ ސީދާ ބިރު ދެއްކުން ނޫން އިތުރު އެއްވެސް ޢަމަލެއް ނޫން ކަމަށެވެ. އަދި މިހާރުވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްނޫން އެހެން ފަރާތްތަކަށް ވަޒީފާގެ ތެރެއިންވެސް އިންޒާރުދެމުންދާ ކަމަށް މެންބަރު ޖީހާން ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، ނިމިދިޔަ ސަރުކާރުން ސިޔާސީ އަސާސަކަށް ބިނާކޮށް ވަކި ފަރާތަކަށް ނުވަތަ ވަކީ ޕާޓީއަކަށް ތާއީދުކުރަނީ ކިޔާފައި އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް މެންބަރު ޖީހާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މެންބަރު ޖީހާން ވިދާޅުވީ މި ސަރުކާރު އައިފަހުން މި ސަރުކާރާ ދެކޮޅު ޚަބަރު ލިޔާ އޮންލައިން ނޫން ޗެނަލްތަށްވެސް މަނާކޮށްއިވާ ކަމަށާއި ނިމިދިޔަ ސަރުކާރުން މިފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ނިމިދިޔަ ސަރުކާރާ އިދިކޮޅު އެއްވެސް މީހަކު އަދި އިދިކޮޅު އެއްވެސް މީޑިއާއެއް އިސްތިސްނާނުކޮށް ކޮންފަރެންސްތައް އާއްމުކޮށް ބާއްވަމުންދިޔަ ކަމަށާއި ނަމަވެސް މިހާރު ފެންނަމުންދަނީ ވަކި ޗެނަލްއަކުން ވަކި ގޮތަކަށް ނޫނީ ސަރުކާރާބެހޭ މައުލޫމާތުތަކެއް އާއްމު ނުކުރާކަމަށެވެ. އަދި ނޫސްވެރިންގެ ތެރެއިންވެސް ސުވާލު ކުރަން ފުރުސަތު ލިބިގެންދަނީ ވަކި ބަޔަކަށްކަން މެންބަރު ޖީހާން ވަނީ ވިދާޅުވެފައެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމުގެ އެންމެ ބޮޑު ޢަމަލު ހިންގާފައިވަނީ މިސަރުކާރުން ކަމަށް ވިދާޅުވެ މެންބަރު ޖީހާން ވަނީ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ގާސިމް ހައްޔަރު ކުރީ ރައްޔިތުންނަށްޓަކައި ތެދުވުމުން: ޑރ. ޖަމީލް

07 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރީ ރައްޔިތުންނަށްޓަކައި ތެދުވުމުން: ޑރ. ޖަމީލް
01 އެޕްރީލު 2017

ރައްޔިތުންނަށް މިހާރު އޮތީ ދެޗޮއިސް: ޢަބަދުﷲ ކަމާލުއްދީން

01 އެޕްރީލު 2017
ރައްޔިތުންނަށް މިހާރު އޮތީ ދެޗޮއިސް: ޢަބަދުﷲ ކަމާލުއްދީން
30 މާރިޗު 2017

ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް

30 މާރިޗު 2017
ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް