Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެންޓިލޭޓަރުތަކުގެ މައްސަލަ

ވެންޓިލޭޓަރު ވައްކަމޭ ކިޔައިގެން ދެއްކި ވާހަކައަކީ ރޯބުހުތާން ދޮގުކަން މިއަދު ޔަގީންވެއްޖެ - ޖީހާން

ވެންޓިލޭޓަރުތައް ގެނައުމުގެ ނަމުގައި ދެއްކީ ދޮގު ވާހަކަތައްކަން ވެސް މިހާރު ހާމަވެފައިވާ ކަމަށް ޖީހާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2024 | އަންގާރަ 10:12
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު

ވެންޓިލޭޓަރު ވައްކަމޭ ކިޔައިގެން ދެއްކި ވާހަކަ އަކީ ރޯބުހުތާން ދޮގުކަން މިއަދު ޔަގީންވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭނު ލޯންޗުކުރުމަށް "މިސްރާބު ހަމަމަގަށް" މި ނަމުގައި ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، އިންސާނީ ފިތުރަތަކީ އާޝޯހުކުރުވަނިވި އެއްޗެއް ކަމަށާއި އަތުގައި އޮތް އެއްޗެއްގެ ގަދަރު އެނގޭނީ އެ އެއްޗެއް ބީވުމުން ކަމަށެވެ. އެގޮތުން ކުރީގެ ރައިސް އިބްރާޙީމް މުހައްމަދު ޞާލިޙަކީ ރައްޔިތުން ދުށް އެންމެ އޯގާތެރި ވެރިޔާ ކަމަށާއި މިއަދު އެ ވެރިކަން ނިމުމުން ދިވެހިން ހިތާމަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ވާހަކަތައް ވެސް އެއީ ދޮގުކަން ހާމަވެ އެނގެމުންދާ ކަމަށް ޖީހާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިމިދިޔަ ސަރުކާރުން ވެންޓިލޭޓަރުތައް ގެނައުމުގެ ނަމުގައި ދެއްކީ ދޮގު ވާހަކަތަކެއްކަން ވެސް މިހާރު ހާމަވެފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ. އެގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއިގެ ކުންފުނިން ދިވެހި ސަރުކާރަށް 34 މިލިއަން ރުފިޔާ ދައްކަން އާބިޓްރޭޝަން ކޯޓުން ހުކުމްކޮށްފައިވުމުން ދިވެހި ސަރުކާރުގެ މައްޗަށް އޭރު ކުރީ ރަނގަޅު ތުހުމަތުތަކެއް ނޫންކަން އެނގޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މާނައަކީ އޭރު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދިވެހި ސަރުކާރުން އޭރުވެސް ވައްކަން ނުކުރާކަން އެނގޭ ކަމަށާއި ދުބާއީގެ އެ ކުންފުނިން އެއްބަސްވީ ގޮތަށް، ވެންޓިލޭޓަރުތައް ރާއްޖެ އަށް ފޯރުކޮށްނުދިންކަން މިހާރު އެނގެން އެބައޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަހަލަ ކިތަންމެ ދޮގެއް މިހާރު ވެސް ހާމަވަމުންދާ ކަަމަށް ޖީހާން ވިދާޅުވިއެވެ. އޭގެތެރޭގައި އިޓްލޮސް މައްސަލައިގައި ސަރުކާރުން ނެރުނު ބަޔާނުން ވެސް އެ މައްސަލަ އަކީ ވެސް ރާއްޖެ އަށް އަލުން އިސްތިއުނާފް ކުރެވެން ނެތް މައްސަލައެއްކަން ސާފުކޮށް އެނގެން އޮތް ކަމަށް ޖީހާން ވިދާޅުވިއެވެ. އެކަމާއި ގުޅޭގޮތުން ވެސް ކުރީގެ ސަރުކާރަށް ދޮގު ތުހުމަތުތައް ކޮށްގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބޮލުގައި ބޮޑެތި އިލްޒާމުތަކެއް އަޅުވާފައިވާކަން ޖީހާން ފާހަގަކުރެއްވިއެވެ. އަދި އެ ދޮގުތަކުގައި ޖެހި ދިވެހިންގެ ހިތްތައް ކިލަނބުވި ކަމަށް ޖީހާން ވިދާޅުވިއެވެ. ނަމަވެސް މި ދޮގުތައް މިއަދު އެނގި ހާމަވަމުންދާ ކަމަށާއި މިކަމާ މެދު ރައްޔިތުން ވިސްނުމަށް ޖީހާން އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ބާއްވައިގެން :އޭޑީކޭ

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ބާއްވައިގެން :އޭޑީކޭ

01 ޖޫން 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

27 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު