Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޓީސީސީގެ މަޝްރޫއުތައް

ހިންގަމުންދާ މަޝްރޫއުތަކާއެކު 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ރާއްޖޭގައި ހިފެހެއްޓިފައިވޭ: އާޒިމް

އެމްޓީސީސީން އެކަނިވެސް 460 ހެކްޓަރުގެ ބިން ހިއްކައިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 އޯގަސްޓު 2023 | ބުރާސްފަތި 07:47
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަފުޅުދައްކަވަނީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަފުޅުދައްކަވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން މިސަރުކާރުގައި ކުރަމުންދަނީ މީގެ ކުރިން ބޭރުގެ ކުންފުނިތަކުން ކުރަމުންދިޔަ މަސައްކަތްތައް ކަމަށާއި، ނަތީޖާއެއްގެ ގޮތުން 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ރާއްޖޭގައި ހިފެހެއްޓިފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގދ އަތޮޅުގައި އާރުޓީއެލް ޚިދުމަތް ރަސްމީކޮށް ފެށުމަށް ބުދަ ދުވަހު ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ތިނަދޫގެ އިންޑަސްޓްރިއަލް ޒޯންގައި މިސަރުކާރުން ތަރައްގީ ކުރަމުންދާ ބައިނަލްއަގުވާމީ ބަނދަރު 17 ނޮވެމްބަރު ވާ ހުކުރު ދުވަހު ހުޅުވައި، ޚިދުމަތް ދެވޭނެ ކަމަށެވެ. މިއީ މަސްވެރިން ބާނާ މަސް ސީދާ އެ ބަނދަރުން އެކްސްޕޯޓް ކުރެވޭ ފެންވަރަށް ތަރައްގީ ކުރެވޭ ބަނދަރެއް ކަމަށާއި، އެ ބަނދަރު ވެގެންދާނީ ބައިނަލްއަގުވާމީ ވިޔަފާރާއި ގުޅާލެވޭ ދޮރަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޓީސީސީން ހިންގަމުންދާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިއީ ކުރީގައި ބޭރުގެ ކުންފުނިތަކުން ހިންގަމުން ދިޔަ މަޝްރޫއުތައް ކަމަށެވެ. މިފަދަ މަޝްރޫއުތައް އެމްޓީސީސީން ހިންގަން ފެށުމުން 150 އާއި 200 މިލިއަން އެމެރިކާ ޑޮލަރު ދެމެދުގެ އަދަދަކަށް ފައިސާ ރާއްޖޭގައި ހިފެހެއްޓިފައިވާ ކަމަށެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިގްތިސާދީ ސިޔާސަތުގެ ހަރުދަނާކަން ހާމަކޮށްދޭ ހަގީގަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކުންފުނިން މިހާތަނަށް 154 ޕްރޮޖެކްޓް ނިންމާފައިވާ ކަމަށެވެ. 150 އަށްވުރެން ގިނަ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާތަނަށް 7 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީ އިން އެކަނިވެސް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. މިވަގުތު ހިނގަމުންދާ މަޝްރޫއުތަކުގެ އަގު 7 ބިލިއަނަށް އަރާއިރު، އެ މަޝްރޫއުތަކުގެ ސާރވޭ ހެދުމާއި، އީ.އައި.އީ ހެދުމުގެ މަރުހަލާގައި ހުރި މަޝްރޫއުތަކުގެ އަގުވެސް 4 ބިލިއަނަށް އަރާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މި މަޝްރޫއުތަކުގެ ތެރެއިން، 57 ބަނދަރެއް ނިމިފައިވާ ކަމަށާއި، 66 ބަނދަރެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ތިން އެއާޕޯޓެއް ނިމި، ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ މި ދައުރުގެ ތެރޭގައި އެމްޓީސީސީން އެކަނިވެސް 460 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ރައީސް ސާލިހު ރައްޔިތުނަށް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކޮށްދެއްވާނެ ކަމާއިމެދު ޝައްކު ނުއުފެދޭ ކަމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހުރިހާ ރައްޔިތުންވެސް ވިސްނައިގެން ވޯޓުލުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.

އާދަމް ޢާޒިމްއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު