Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

ވަރާންއަށް އަނިޔާވެ، ޔުނައިޓެޑަށް އިތުރު ހާސްކަމެއް

ވަރާންއަށް އަނިޔާވެފައިވަނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 13:30
ޔުނައިޓެޑުގެ ވަރާންއާއި ޝޯ

ޔުނައިޓެޑުގެ ވަރާންއާއި ޝޯ

މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރު، ރަފައެލް ވަރާންއަށް އަނިޔާވެ، އެ ޓީމަށް އަނެއްކާވެސް ހާސްކަން އިތުރުވެއްޖެއެވެ.

އައު ސީޒަން ފެށުނު ފަހުން، ޔުނައިޓެޑުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހިފައެވެ. މި ހޫނު މޫސުމުގައި ޓީމަށް ގެނައި މޭސަން މައުންޓާއި ރަސްމުސް ހޮއިލުންޑްވެސް ކުޅުމާ ދުރުގައި ހުރިއިރު، މިދިޔަ ހަފުތާގައި ލޫކް ޝޯއަށްވެސް ވަނީ އަނިޔާވެފައެވެ.

ވަރާންއަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ނޮޓިންހަމް ފޮރެސްޓް ކައިރިން 3-2ން ޔުނައިޓެޑު މޮޅުވި މެޗުގައެވެ. އަނިޔާވުމާއެކު އޭނާ ވަނީ ހާފު ގަޑީގައި ބަދަލުކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން، ވަރާންއަށް ދެން ކުޅެވޭނީ ހަ ހަފުތާ ފަހުންނެވެ.

ވަރާން ކުޅުމާ ދުރަށް ދާން ޖެހުމާއެކު ހެރީ މެގުއާއަށް ފުރުސަތު ލިބޭނެކަމަށް ބެލެވެއެވެ. ނަމަވެސްް، ހުކުރު ދުވަހު ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އޭނާ އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތުވެސް އެބައޮތެވެ. މެގުއާ ހޯދުމަށް ކުރިން މަސައްކަތްކުރި ވެސްޓް ހޭމްއިން ވަނީ އޭނާއަށް ބިޑް ނުކުރަން ނިންމާފައެވެ.

މިވަގުތު ޔުނައިޓެޑުގެ ސީނިއަރ ސެންޓަރ ބެކުންގެ ތެރޭގައި ހިމެނެނީ ލިސަންޑްރޯ މާޓިނޭޒްއާއި ވިކްޓާ ލިންޑެލޮފްގެ އިތުރުން މެގުއާއެވެ. ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ޖޯނީ އިވާންސް އޭނާގެ މިހާރު ހަދާފައިވާ ވަގުތީ ކޮންޓްރެކްޓް ދާއިމީ ކޮންޓްރެކްޓަކަށް ބަދަލުކުރާނެ ކަމަށްވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިހާތަނަށް ޔުނައިޓެޑުން މި ސީޒަނުގައި ތިން މެޗު ކުޅެފައިވާއިރު، ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އަށްވަނާގައެވެ. ކުރިޔަށް ދެން އޮންނާނީ އާދިއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެންޗެސްޓަރ ޔުނައިޓެޑްރަފައެލް ވަރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު