Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހާލަންޑަށް، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ސަކާ

ހާލަންޑް ވަނީ އޭނާ ސިޓީއަށް ކުޅުނު ފުރަތަމަ ސީޒަނުގައި 52 ލަނޑު ޖަހާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 11:15
ހާލަންޑާއި ސަކާ

ހާލަންޑާއި ސަކާ

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، މެންޗެސްޓަރ ސިޓީގެ އާލިން ބްރައުޓް ހާލަންޑް ހޯދިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް އާސެނަލްގެ ބުކަޔޯ ސަކާ ހޯދައިފިއެވެ.

އުމުރުން 23 އަހަރުގެ ހާލަންޑް ވަނީ އޭނާ ސިޓީއަށް ކުޅުނު ފުރަތަމަ ސީޒަނުގައި 52 ލަނޑު ޖަހާފައެވެ. މީގެއިތުރުން، ސިޓީން އިނގިރޭސި ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކުރުމުގައި ހާލަންޑުގެ ދައުރު ބޮޑެވެ. އޭނާގެ އިތުރުން މި އެވޯޑަށް ވާދަކުރީ ސިޓީގެ ކެވިން ޑި ބްރޭނާއާއި ޖޯން ސްޓޯންސްގެ އިތުރުން އާސެނަލްގެ މާޓިން އެޑެގާޑާއި ބުކަޔޯ ސަކާ އަދި ކުރިން ޓޮޓެންހަމަށް ކުޅުނު ހެރީ ކޭންއެވެ.

ހާލަންޑް ބުނީ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި، ވާދަވެރިން އޭނާގެ މަސައްކަތް ބަލައިގަތުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ. މީގެއިތުރުން އޭނާ ބުނީ، ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނަކީ ހަނދާނުން ނުފިލާނެ ސީޒަނެއް ކަމަށެވެ. އަދި މި ސީޒަނުގައިވެސް މަސައްކަތްކުރާނީ އެ ކާމިޔާބީތައް ތަކުރާރުކުރަން ކަމަށެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ސަކާ ހޯދިއިރު، އޭނާ ވަނީ އާސެނަލަށް 14 ލަނޑު ޖަހައިދީ، 11 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މި އެވޯޑަށް ހާލަންޑްވެސް ވަނީ ވާދަކޮށްފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މި އެވޯޑަށް ވާދަކުރީ ކުރިން ބްރައިޓަނަށް ކުޅުނު މޮއިސެސް ކައިސޭޑޯ، އެސްޓަން ވިލާގެ ޖެކޮބް ރަމްސޭ، ބްރައިޓަންގެ އިވާން ފާގަސަން އަދި އާސެނަލްގެ ގަބްރިއެލް މާޓިނެލީއެވެ.

ޕީއެފްއޭއިން ހޮވާ "ޓީމް އޮފް ދަ އިޔާ"ގައި ސިޓީގެ ފަސް ކުޅުންތެރިންނާއި އާސެނަލްގެ ހަތަރު ކުޅުންތެރިން ހިމެނިފައިވެއެވެ. ސިޓީން ހިމެނިފައިވަނީ ހާލަންޑްގެ އިތުރުން ޑި ބްރޭނާ، ސްޓޯންސް، ރުބެން ޑިއާސް އަދި ރޮޑްރީއެވެ. އާސެނަލްއިން ސަކާގެ އިތުރުން ހޮވިފަައިވަނީ އޮޑެގާޑް، ވިލިއަމް ސަލީބާ އަދި އާރޮން ރަމްސްޑޭލްއެވެ. މީގެއިތުރުން ޓީމުގައި ހިމެނިފައިވަނީ ކޭންއާއި ނިއުކާސަލްގެ ކެއިރެން ޓްރިޕިއާއެވެ.

2021/2022 ވަނަ ސީޒަނުގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފައިވަނީ ލިވަޕޫލްގެ މުހައްމަދު ސަލާހަށެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ފިލް ފޯޑެންއެވެ.

ޕްރިމިއަރ ލީގުއާލިން ބްރައުޓް ހާލަންޑްބުކަޔޯ ސަކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު