Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލަޔޮނަލް މެސީ

މެސީ އަށް ހާއްސަ ސެކިއުރިޓީ އޮފިސަރެއް، ދަނޑަށް ވެސް އެރޭނެ

މެސީ ހިމާޔަތް ކުރުމަށް ބޭނުން އިރަކު ދަނޑަށް އެރުމުގެ އިހްތިޔާރު އޭނާ އަށް ވަނީ ދީފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 09:33
މެސީގެ ސެކިއުރިޓީ އޮފިސަރު (ވ) އޭނާގެ ހިމާޔަތުގައި

މެސީގެ ސެކިއުރިޓީ އޮފިސަރު (ވ) އޭނާގެ ހިމާޔަތުގައި

ދިފާއުގައި ދަނޑަށް އެރުމުގެ ހުއްދަދީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ހާއްސަ ސެކިއުރިޓީ އޮފިސަރެއް އޭނާގެ ކުލަބު އިންޓަމިއާމީއިން ހަމަޖައްސައިފި އެވެ.

މި ސެކިއުރިޓީ އޮފިސަރަށް ވަނީ ވަރަށް ގިނަ ބާރުތަކެއްދީފަ އެވެ. މި ގޮތުން އެންމެ ހާއްސަ ކަމަކީ މެސީ އަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ރެފްރީގެ އިޝާރަތާކާނުލައި ވެސް ދަނޑަށް އެރުމުގެ ހުއްދަ ދީފައިވުމެވެ. މިހެންވެ ދަނޑުގައި މެސީ ހުންނަ ދިމާލު ބޭރުގައި އެސިސްޓެންޓް ރެފްރީއާ ވަރަށް ގާތުގައި ހުރެ، މެސީ ފޮލޯކުރަމުން އޭނާ ހިނގާނެ އެވެ. މިހެންވެ އޭނާ އަކީ ދެވަނަ ލައިންސްމަނެއް ވެސް ހީވެދާނެ އެވެ. މެސީގެ ސެކިއުރިޓީ އޮފިސަރަކީ އެމެރިކާގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޔާސީން ޗުއެކޯ ކިޔާ މީހެކެވެ.  

މެޗުތަކުގެ އިތުރުން ފަރިތަކުރުންތަކުގައާއި ޗޭންޖިން ރޫމާއި މެޗު ވާމްއަޕް ކުރާއިރު އާއި މެސީ ހަރަކާތްތެރިވާ ހުރިހާ ހިސާބެއްގައި ސެކިއުރިޓީ އޮފިސަރު ނުވަތަ ގާޑް ހަރަކާތްތެރިވާނެ އެވެ. މި ގޮތަށް ހަމަޖެއްސީ މެސީ ކުޅޭ މެޗުތަކުގެ ޑިމާންޑްބޮޑުވެ، އޭނާއާ ބައްދަލުކުރަން ބޭނުންވާ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ބައެއް ސަޕޯޓަރުން ދަނޑަށް އެރުމާއި، މެސީ ދަތުރުކުރާ އުޅަނދާ ކައިރިވާން މަސައްކަތް ކުރާވަރުންނެވެ.

ބާސެލޯނާގައި 20 އަހަރު ހޭދަކުރުމަށްފަހު ފާއިތުވެދިޔަ ދެ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީ އަށް ކުޅުމަށްފަހު މެސީ އެމެރިކާ ލީގަށް ބަދަލުވުމާއެކު އެލީގުގައި ވާދަކުރާ ކުލަބުތަކަށް ވެސް ވަނީ ސެކިއުރިޓީ ވަރުގަދަ ކުރަންޖެހިފަ އެވެ. އެއީ އިންޓަމިއާމީއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީއާ ކައިރިވާން ބޭނުންވާ ސަޕޯޓަރުންގެ ކިބައިން އޭނާ ސަލާމަތްކުރުމަށެވެ.

މިގޮތުން ސްޓޭޑިއަމް ސެކިއރިޓީ ވަރުގަދަކޮށް، ސްޓޭޑިއަމުގެ ބޭރާއި މުޅި ހިސާބު ޕެޓްރޯލް ކުރުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އިންޓަމިއާމީން ވަނީ މެސީ އަށް ހާއްސަ ހިމާޔަތެއް ދިނުމަށްޓަކައި އެކުލަބުގެ ޓްރޭނިން ދަނޑުގައި އިތުރު ފެންސެއްވެސް ޖަހައިފަ އެވެ. އަދި ޕްރެކްޓިސް ކުރާއިރު ވެސް އެހިސާބުގައު ފޯރިމަރާނެ އެވެ. އެއީ ވެސް މެސީއާ ބައްދަލުކުރުމަށް އެދޭ މީހުން ގިނަވެ، ކުރިމަތިވެދާނެ ނުރައްކަލަކުން އޭނާ ހިމާޔަތްކުރުމަށެވެ.

އިންޓަމިއާމީ އަށް މެސީ ބަދަލުވިއިރު އެކަމަށް އެމެރިކާ ލީގާއި އެކުލަބު ވެސް ތައްޔާރުވެފައިނުވާ ކަމަށް މިއާމީގެ ކުޅުންތެރިއަކު ވެސް ބުންޏެވެ. އޭނާ ބުނީ އިންޓަމިއާމީ އަކީ ސްޓޭޑިއަމްގައި ރަނގަޅު ގޭޓެއްވެސް ނެތް ކުލަބެއް ކަމަށާއި ސަލާމަތީގޮތުން މެސީ އަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިވާހަކަތަކާ ގުޅިގެން ކުލަބުން އޭނާގެ ކޮންޓްރެކްޓް އުވާލި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ހޯދާފައިވާ މެސީ އަށް ހާއްސަ ސެކިއުރިޓީ އެއް ހަމަޖެއްސިއިރު އޭނާ އެމެރިކާ ލީގުގެ މެޗުތައް ކަވަރުކުރާ ނޫސްވެރިންގެ އަދަދު ގިނަވެ ޕްރެސް ރޫމްވެސް ވަނީ ބޮޑުކުރަންޖެހިފަ އެވެ. އިންޓަމިއާމީގެ ޕްރެސްރޫމުގެ ޖާގަ އަކީ 60 ނުވަތަ 70 ގޮނޑި އެވެ. ނަމަވެސް މެސީ ކުޅޭ މެޗުތަކަށް 400އާ ގާތަށް ނޫސްވެރިން ވަންނަ ކަމަށް ވެސް އެމެރިކާ ލީގުން ވަނީ ބުނެފަ އެވެ.

އިންޓަމިއާމީގެ ވެރިންގެ ތެރޭގައި މަޝްހޫރު ޑޭވިޑް ބެކަމް ވެސް ހިމެނެ އެވެ. އޭނާ އެމެރިކާ ލީގަށް ބަދަލުވުމާއެކު ވެސް މީޑިއާތަކުގެ ޑިމާންޑްބޮޑުވި އެވެ. މިހެންވެ ވަކިވަކިން ގިނަ ޕްރެސްތަކެއް ދޭން ޖެހުނެވެ. ނަމަވެސް މެސީ އައުމާއެކު ނޫސްވެރިންގެ އަދަދު އިތުރުވެފައިވަނީ ނުކަތާ ވަރަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ލިއޮނެލް މެސީއިންޓަ މިއާމީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު