Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކުދި އާބާދީތަކަށް އަޅާލުމުގެ ސިޔާސަތެއް އެހެން ބައެއްގެ އަދިވެސް ނެތެވެ.

30 އޯގަސްޓު 2023 | ބުދަ 05:32

މިހާތަނަށް 150ށް ވުރެ ގިނަ ރަށުގެ މެދުގައި ހުރި އިންޖީނުގެތައް ބަދަލުކޮށް އައުކޮށްފި

މަޚްތޫމް
މަޚްތޫމް | 30 އޯގަސްޓު 2023 | ބުދަ 05:32
ކޭމްޕޭނަށް ރައީސް ށ. އަތޮޅުގައި

ކޭމްޕޭނަށް ރައީސް ށ. އަތޮޅުގައި | އެމްޑީޕީ

ރާއްޖޭގެ އުމްރާނީ ތަރައްގީގެ ދުވެލި ފަތުއަޑު ކިޔާފައި ހިނގަން ފެށި އިހައްދުވަހަކުއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޒަމާނުއްސުރެ އެތައް ރައްޔިތުންނެއް އައީ އަސާސީ ހިދުމަތްތަކުން މަހުރޫމްވަމުންނެވެ. ކުދި އާބާދީތައް އޮތީ އަޅާނުލެވި ދޫކޮށްލާފައެވެ. ނަމަވެސް މިހާރު އެ މަންޒަރު ބަދަލުވެއްޖެއެވެ. ޒަމާންތަކެއް ވަންދެން އަޅާނުލާ ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގުން މަހުރޫމްކުރެވިފައެވެ. މި ބޮޑު ބޭއިންސާފަށް ބަދަލެއް ގެނެސްދެއްވީ އެންމެ ވެރިއެކެވެ. އެއީ މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.

ރާއްޖޭގެ 140ށް ވުރެ ގިނަ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ނިމި ހިދުމަތް ލިބެމުން އެބަދެއެވެ. ރަށު މެދުގައި ހުރި ބައު އިންޖީނުގެއިން އަރަމުން ދިޔަ ކަޅު ދުމާއި އަޑުފަށްގަޑާހެދި ނުނިދި، ގޭގެ ފުރާޅުން ފެން ނުނެގި ތިބި އެތައް ރައްޔިތުންނަށް ހަމަނޭވާލުމުގެ ފުރުސަތު ދީ 150ށް ވުރެ ގިނަ ރަށުގެ އައު އިންޖީނުގެއާއި އޮފީސް އިމާރާތް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ. އާބާދީ ކުޑަވުމުން ބަނދަރަކާއި ލަފާފުރާނެ ގޮތްތައް ފަހިކޮށްދޭން ނުޖެހޭނެކަމަށް މީގެ ކުރިން ވެރިކަން ކުރި މީހުން ދެއްކި ވާހަކަތައް ބަދަލުކޮށް ރަށު ބަންދުން ވީއްލެއްޖެއެވެ. ޒަމާނީ ބަނދަރުތަކާއި ޒަމާނާ ގުޅޭ ދަތުރުފަތުރުގެ ހިދުމަތް މުޅި ރާއްޖެއަށްދީ އެދަނީ އެކީ އެކަށްޗަކަށް އަމުނަމުންނެވެ.

މިއީ ހުސް ރައީސް ޞާލިހުގެ ވެރިކަމުގައި ކޮށްފައިވާ ކަންކަމެވެ. ރިޔާސީ އިންތިހާބުގެ ވިލާގަނޑު ބޯމަތީގައި އޮތް އިރުވެސް ކުދި އާބާދީތައް އެކަހެރިނުކޮށް ގެންދަވަނީ ބޮޑު އާބާދީތަކާ އެއްގޮތަށް ހަމަހަމަ ފުރުސަތު ދެމުންނެވެ. ރަށްރަށަށް ވަޑައިގެން ބައްދަލުކުރައްވަމުންނެވެ. މީގެ 5 އަހަރު ކުރިން ރޯކުރި އުއްމީދުގެ ހުޅުކޮޅު ނުނިވޭނެ ގޮތަށް ރައްޔިތުންނަށް އުއްމީދާއި ތަސައްލީ ދެމުންނެވެ. އެމަނިކުފާނު ދެއްވާ ޔަގީންކަމަކީ ޕާޓީއަކަށް ކުލައަކަށް އާބާދީއަކަށް ރަށަކަށް ބެލުމެއް ނެތި އަސާސީ ހިދުމަތްތައް ގާއިމްކޮށްދިނުމެވެ. ދެން އޮތީ އަންނަ ދައުރުގައި ރަށްރަށް އެހެން އާ އުސްމިނަކަށް ގެންދިއުމެވެ. ހަގީގަތުގައި އެކަން ކުރައްވާނެ ކަމުގެ ގާބިލުކަން ހުންނެވިކަން އެމަނިކުފާނު އެ ގެންދަވަނީ އަމަލާއި ބަހުން ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ އިރު މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅަކު ކުދި އާބާދީއަކަށް ކޮށްދޭނެ ކަމެއް ހާމައެއް ނުކުރެއެވެ. އަދިވެސް ވަޑައިގަންނަވަނީ ބޮޑެތި އާބާދީ އޮތްތަނަށެވެ. ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވަނީ ވެސް އެފަދައިންނެވެ. 8 ކެންޑިޑޭޓުންގެ ތެރެއިން ރައީސް ޞާލިހާއި ވާދަރެވޭނެ ވަރުގެ ކެންޑިޑޭޓަކަށް ހުންނެވީ އިދިކޮޅު ކޯލިޝަންގެ އޮޅުވާލި ޓިކެޓާއި ޕާޓީ ކަށަވަރު ނުވާ ކެންޑިޑޭޓެކެވެ. ވަޑައިގަންނަވަނީ ބޮޑެތި އާބާދީތައް އޮތް ރަށްރަށަށެވެ. ވައުދުތައް ވެސް ވެވަޑައިގަންނަވަނީ އެ ރަށްރަށަށެވެ.

ހަގީގަތުގައި އެ ބޭފުޅާ ނިސްބަތްވާ ވެރިކަމެއް ނިމިއްޖެއެވެ. އެއިރު ދުނިޔޭގެ އިގްތިސާދު ދިޔައީ ރޮކެޓް ސްޕީޑުގައެވެ. ނަމަވެސް މާލެ ސަރަހައްދަށް މީހުން ޖަމާކޮށް ތޮއްޖެއްސުމާއި މާލެ ތަރައްގީކުރުން ފިޔަވައި ދެން ކުރެއްވި ބޮޑެތި އާބާދީތަކަށް ކުރި މަސައްކަތެވެ. އެ 5 އަހަރު ނިމުނު އިރު ނަޖިސް ފެނުން ފެންވަރައިގެން ސާފުތާހިރު ފެން ފޮދެއް ނުލިބި ތިބި އެތައްއެތައް ހާސް ރައްޔިތުންނެއް ތިއްބެވެ. އެއިރު ނުކުރި ކަމެއް މިއަދު ކުރާނެތޯ މިއީ ރައްޔިތުން ކޮށްލަންޖެހޭ ސުވާލެކެވެ. ވެރިކަމުގައި މުއިއްޒުމެން ކުދި އާބާދީ ބާކީކޮށްލި މިންވަރަކީ އެ އާބާދީތަކުގައި އަދުގެ ސަރުކާރުން މީގެ އެތައް އެތައް އަހަރު ކުރިން ކޮށް ނިންމާފައި ހުންނަންޖެހޭ މަސައްކަތްތައް ކުރުމެވެ. ވަކިން ހާއްސަކޮށް އަސާސީ ހިދުމަތެވެ.

އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި ކުދި އާބާދީތައް ބާކީ ކޮށްލި ފަދައިން މިއަދުވެސް އިދިކޮޅު ކެންޑިޑޭޓް ގެންދަވަނީ ކުދި އާބާދީތައް ބާކީކުރަމުންނެވެ. ވިދާޅުވީ ވަގުތު ނެތުމުން ހުރިހާ ތަނަކަށް ވަޑައި ނުގެންނެވޭނެ ކަމަށެވެ. ހަގީގަތުގައި ވަގުތު ނެތީއެއް ނޫނެވެ. ތަންފީޒުކުރަން އުޅެނީ ކޮން ސިޔާސަތެއްކަމެއް އެނގެން ނެތީއެވެ. ރައްޔިތުންނަށް ބޭނުންވަނީ ކޮން ކަމެއްކަން ނޭނގެނީއެވެ. އެއިރުވެސް ކަންކުރެއްވި ހުދުމުހުތާރު އުސޫލު އަދިވެސް ދަމަހައްޓަނީއެވެ. މިއީ މިއަދު ރައްޔިތުން ވިސްނަންވީ ކަމެކެވެ. އިގްތިސާދީ އާރޯކަން އޮތް ވަރުގަދަ 5 އަހަރު އަސާސީ ހިދުމަތް ނުދެވުނު ބަޔަކަށް މިއަދު ދުނިޔެ ދައްކަމުން މިދާ އިގްތިސާދީ ހީނަރުކަމުގައި އެކަން ކުރެވޭނެތޯ ވިސްނަންޖެހެއެވެ.

އަދި ނުވިތާކަށް އަދުގެ ސަރުކާރުން ކޮށްނިންމާފައިވާ އަދި ފަށާފައިވާ އަދި މަސައްކަތް ކުރުމަށް އެވޯޑްކޮށްފައިވާ ކިތައްމެ މަސައްކަތެއް މުއިއްޒު ވަޑައިގެން އަލުން ކުރައްވާނެކަމަށް ވައުދުވެވަޑައިގަތުމަކީ ރައްޔިތުންނާއި މެދު ފަރުވާލެއް ފިކުރެއް ނެތް ކަމުގެ ހެއްކެކެވެ. މިއަދު އެ ރައްޔިތުން ކައިރިއަށް ދާއިރު ކޮށްދޭނެ ކަންކަން ވެސް ބުނެ ނުދެވެއެވެ. ހަގީގަތުގައި ކުރާނެ ކަންކަން ވެސް ނެތީއެވެ. ރާއްޖޭގެ އަސާސީ ހިދުމަތްތައް ނެތް ހުރިހާ ރަށެއްގައި މި ހިންގަމުންދާ ދައުރު ނިމޭ އިރު އޮންނާނީ އަސާސީ ހިދުމަތްތައް ގާއިމްވެ ނިމިފައެވެ. ދެން އޮތީ ބޮޑެތި ބިޔަ މަޝްރޫއުތައް ފެށުމެވެ. މި ސަރުކާރުގެ ޕްލޭނެއް އެބައޮތެވެ. ދެން ތިބި ބައެއްގެ އޮތީ ވެރިކަމުގެ ޖާހަތާއި ލައްޒަތާއި އަރާމެވެ. ނުވަތަ ވައްކަން ކުރި މީހަކު ޖަލުން ނެރެން ކުރާނެ މަސައްކަތެވެ.

އިބްރާހީމް މުޙައްމަދު ސޯލިޙުފެނާއި ނަރުދަމާސާފު ބޯފެން2023 ރިޔާސީ އިންތިޚާބު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

11 ޖޫން 2026

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ

11 ޖޫން 2026
އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ
06 ޖޫން 2026

ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް

06 ޖޫން 2026
ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް
04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
25 މެއި 2026

އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ

25 މެއި 2026
އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ
18 މެއި 2026

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

18 މެއި 2026
މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން
15 މެއި 2026

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!
15 މެއި 2026

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!
07 މެއި 2026

ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

07 މެއި 2026
ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު
22 އެޕްރީލު 2026

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

22 އެޕްރީލު 2026
ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ
11 އެޕްރީލު 2026

ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

11 އެޕްރީލު 2026
ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް