Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ރޮނާލްޑޯގެ ދެ ލަނޑާއެކު މޮޅުވެ، އަލް ނަސްރަށް ދެ ވަނަ މޮޅު

މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހީ ވެސް ޕެނަލްޓީން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޯގަސްޓު 2023 | ބުދަ 02:37
އަލް ޝަބާބާ ދެކޮޅަށް އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ކެޕްޓަން ރޮނާލްޑޯ އުފާ ފާޅުކުރަނީ

އަލް ޝަބާބާ ދެކޮޅަށް އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ކެޕްޓަން ރޮނާލްޑޯ އުފާ ފާޅުކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 4-0 އިންނެވެ. މިއީ މި ސީޒަންގެ ލީގުގައި އަލް ނަސްރުން ހޯދި ދެ ވަނަ މޮޅެވެ. ފުރަތަމަ ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ތިން ވަނަ މެޗުން ބޮޑު މޮޅެއް ހޯދީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފޯވާޑް ސަޑިއޯ މާނޭގެ ލަނޑުތަކުންނެވެ. ހަތަރު ވަނަ މެޗުގައި ވެސް ރޮނާލްޑޯ އާއި މާނޭ ވަނީ މޮޅަށް ކުޅެފަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި އަލް ނަސްރުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. އޭގެ ފަހުން ރޮނާލްޑޯ އޭނާގެ ދެ ވަނަ ލަނޑު ޖަހައި، އަލް ނަސްރަށް ލީޑު ފުޅާ ކޮށްދިނީ ވެސް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އަލް ނަސްރުގެ ތިން ވަނަ ލަނޑު ޖަހައި، އިތުރަށް ލީޑު ފުޅާކޮށްދިނީ މާނޭ އެވެ. މެޗުގައި އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. 80 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ ސުލްތާން އަލް ޣަންނާމް އެވެ.

މޮޅާއެކު އަލް ނަސްރު ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ލީގުގައި އެ ޓީމަށް ދެން އޮންނާނީ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އަލް ހަޒަމާ ދެކޮޅަށް ކުޅޭ މެޗެވެ.

ސައުދީ ޕްރޯ ލީގުއައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު