Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޝެފީލްޑް ޔުނައިޓެޑު ބަލިކޮށް ސިޓީ އެއް ވަނަ އަށް

ޝެފީލްޑް ޔުނައިޓެޑުގެ ބްރަމޯލް ލޭން ގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2023 | ހޯމަ 02:34
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ޝެފީލްޑް ޔުނައިޓެޑުގެ ބްރަމޯލް ލޭންގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ސިޓީން އެ ޓީމުގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ސިޓީ އަށް ލީޑު ނަގައިދިނުމަށް ނޯވޭގެ އާލިން ހާލަންޑަށް ލިބުނު ފުރުސަތު ވަނީ ބޭކާރުވެފަ އެވެ. އެއީ ޝެފީލްޑް ޔުނައިޓެޑުގެ ގޯލު އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން 37 ވަނަ މިނެޓުގައި ސިޓީ އަށް ލިބުނު ޕެނަލްޓީ އެވެ. ޕެނަލްޓީގައި ހާލަންޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.

ނަމަވެސް ދެ ވަނަ ހާފުގައި ހާލަންޑް ވަނީ ލަނޑު ޖަހައި ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. އެއީ މެޗުގެ 63 ވަނަ މިނެޓުގައި ޝެފީލްޑް ޔުނައިޓެޑުގެ އޭރިޔާ ތެރެއިން ޖެކް ގްރީލީޝް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ހާލަންޑް ކާމިޔާބު ކުރި ލަނޑެކެވެ. ސިޓީން ކުރި ހޯދާފައި ވަނިކޮށް، ޝެފީލްޑް ޔުނައިޓެޑުން ވަނީ 85 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސިޓީގެ އޭޭރިޔާ ތެރެއިން ބޯލް ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރަށް ހުއްޓުވޭ ގޮތެއް ނުވި އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ރޮޑްރީ ވަނީ ލަނޑު ޖަހައި މެޗުން ސިޓީ މޮޅު ކޮށްދީފަ އެވެ. އެއީ ފިލް ފޮޑެން ޖައްސާލި ބޯޅައެއްގައި ގޯލުގެ މަތީ ދާގަނޑަށް ވާ ގޮތަށް ރޮޑްރީ ފޮނުވާލި ބާރު ހަމަލާ އިންނެވެ.

މިއީ މި ސީޒަންގެ ލީގުގައި ސިޓީން ކުޅުނު ތިން ވަނަ މެޗެވެ. ތިން މެޗުން ވެސް މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު ސިޓީ އޮތީ އެއް ވަނައިގަ އެވެ. ލީގުގައި ދެން ސިޓީ އަށް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އަމިއްލަ ދަނޑުގައި ފުލަމާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު