މެންބަރު އަފީފު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ރައީސް ދައުވަތު ދެއްވައިފި
27 އޯގަސްޓު 2023 | އާދީއްތަ 08:29މެންބަރު އަފީފަށް އަބަދުވެސް އެމްޑީޕީގައި ޖާގަ އޮންނާނެ


ަތ.ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު، ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ
ތ.ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އަނބުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ ގުޅިވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދައުވަތު ދެއްވައިފިއެވެ.
އާދިއްތަ ދުވަހު ވިލުފުއްޓަށް ވަޑައިގަންނަވާ ބޭއްވެވި ބަނދަރު ބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މެންބަރު އަފީފު ނެތުމަކީ ލިބޭ އުނި ކަމެއް ކަމަށާއި، އެއީ އެމަނިފާނު ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ޕާޓީގެ އެތެރެއަށް އައި ހަލަބޮލިކަމުގެ ތެރޭގައި އަފީފު ދުރަށް ވަޑައިގެންނެވި ނަމަވެސް އެއީ އިތުރަށް ވިސްނައިވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ މެންބަރު އަފީފަށް އަބަދުވެސް އެމްޑީޕީގައި ޖާގަ އޮންނާނެ ކަމަށާއި، ޚިދުމަތް ކުރެއްވުމަށް ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މުސްތަގުބަލު އޮތީ އެމްޑީޕީއާއެކު ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުން ޓިކެޓް ހޯއްދަވާފައިވަނީ އޮޅުވާލައިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެއީ ހަގީގަތެއްނަމަ އެފަދަ ބޭފުޅެއް ވެރިކަން ކުރައްވާނީ ކިހިނެތްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން ރައްޔިތުން ވޯޓު ދެއްވާއިރު ހުރިހާ ކަމަކަށް ވިސްނުމަށް ރައީސް ސާލިހު ވަނީ އެދިވަޑައިގެންފައެވެ.









