Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަލް އިއްތިހާދު އެއް ވަނަ އަށް، ލީގުގައި ބެންޒެމާގެ ފުރަތަމަ ލަނޑު

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އަލް އިއްތިހާދަށް ލީޑު ނަގައިދިނީ ބެންޒެމާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2023 | ހޮނިހިރު 03:05
މެޗުގައި ލަނޑު ޖެހުމަށްފަހު ބެންޒެމާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބެންޒެމާ އުފާ ފާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ރިޔާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް އިއްތިހާދު ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރިޔާދާ ދެކޮޅަށް ކުޅުނު މެޗު އަލް އިއްތިހާދުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އަލް އިއްތިހާދަށް ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. މިއީ މިދިޔަ ސީޒަނަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް އަލް އިއްތިހާދަށް ބަދަލުވި ބެންޒެމާ ސައުދީ ލީގުގައި އެ ކުލަބަށް ޖެހި ފުރަތަމަ ލަނޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް އިއްތިހާދުން ވަނީ އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 25 ވަނަ މިނެޓުގައި އަލް އިއްތިހާދުގެ ދެ ވަނަ ލަނޑު ޙަމަދުﷲ ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތިން ވަނަ ލަނޑު ޖެހީ ވެސް އޭނާ އެވެ. މެޗުގައި އިއްތުހާދުގެ ހަތަރު ވަނަ ލަނޑު، އަލް އަމްރީ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ.

މިއީ މި ސީޒަންގެ ސައުދީ ލީގުގައި އިއްތިހާދުން ކުޅުނު ތިން ވަނަ މެޗެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެ ޓީމު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް އަލް އަހްލީ ސައުދީ ވެސް ވަނީ ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓު ހޯދައިފަ އެވެ. ނަމަވެސް އިއްތިިހާދުން ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. ލީގުގައި އިއްތިހާދަށް ދެން އޮންނާނީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު އަލް ވެހްދާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު