Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ބެންޒެމާގެ ފުރަތަމަ ލަނޑާއެކު އަލް އިއްތިހާދަށް ބޮޑު މޮޅެއް

25 އޯގަސްޓު 2023 | ހުކުރު 12:02

އަލް ރިޔާދާ ދެކޮޅަށް ކުޅުނު މެޗު އިއްތިހާދުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 25 އޯގަސްޓު 2023 | ހުކުރު 12:02
ކަރީމް ބެންޒެމާ

ކަރީމް ބެންޒެމާ

ސައުދީ ޕްރޯ ލީގުގައި ކަރީމް ބެންޒެމާ ޖެހި ފުރަތަމަ ލަނޑާއެކު އަލް އިއްތިހާދުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އަލް ރިޔާދާ ދެކޮޅަށް ކުޅުނު މެޗު އިއްތިހާދުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީވެސް ބެންޒެމާ އެވެ. އޭނާގެ އިތުރުން، ފަބީނިއޯ އާއި ކާންޓޭވެސް ވަނީ ފުރަތަމަ 11 ގައި މެޗު ފަށާފައެވެ. ޔޮޓާ ކުޅެން އަރުވާފައިވަނީ ދެވަނަ ހާފުގައެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބެންޒެމާ ވަނީ އިއްތިހާދަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭގެ އަށް މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ހަމްދުﷲ ވަނީ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީވެސް ހަމްދުﷲ އެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ރިޔާދަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް އެ ޓީމުގެ ސަލާހް އަލް އައްބާސް އަށް ޕެނަލްޓި ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ހަތަރު މިނެޓު ފަހުން ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތަކުން، އިއްތިހާދުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުނެތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސަލެހް މުހައްމަދު އަލް ޖަމާން އެވެ.

ބުރާސްފަތި ދުވަހުގެރޭ މިޓްރޮވިޗްގެ ފުރަތަމަ ލަނޑާއެކު އަލް ހިލާލުންވެސް ވަނީ 4-0 ން އަލް ރާއިދު ބަލިކޮށްފައެވެ. މިޓްރޮވިޗް ލަނޑު ޖަހާފައިވަނީ ނެވޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެ ޓީމުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހާފައިވަނީ ސަލީމް އެވެ. ފަހު ލަނޑު ޖެހީ އަބްދުﷲ އަލް ހަމްދާން އެވެ. މި މެޗަކީ ދާދި ފަހުން އެ ޓީމަށް ގެނައި މޮރޮކޯގެ ކީޕަރު ބޯނޯ ގެ ވެސް ފުރަތަމަ މެޗެވެ. މި މެޗުގައި އަލް ހިލާލްގެ މިލިންކޮވިޗް-ސަވިޗް އަށާއި އަލް ރާއިދުގެ އުމަރު ގޮންޒާލެޒް އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ފަހުވަގުތު ފްރޭންކް ކެސީ ކާމިޔާބުކުރި ލަނޑާއެކު އަލް އަހްލީ އިންވެސް ވަނީ އަލް އުޚްދޫދު ކައިރިން 1-0 ން މޮޅުވެފައެވެ. ކެސީ ލަނޑު ޖަހާފައިވަނީ ރޮބާޓޯ ފިރްމީނޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ރިޔާދު މާރޭޒް އާއި އެޑުއާޑް މެންޑީ އާއި އެލިއޯސްކީ އަދި ސެއިންޓް-މެކްސިމިން ފުރަތަމަ 11 ގައި ހިމަނާފައިވެއެވެ. މި މޮޅާއެކު އަލް އަހްލީން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ.

ލީގުގައި މިހާތަނަށް ތިން ބުރު ނިމުނުއިރު، ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އަލް އިއްތިހާދެވެ. ދެވަނައިގައިވާ އަލް އަހްލީއަށްވެސް ވަނީ ނުވަ ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި އަލް ހިލާލް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް