Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީގެ ބަޣާވާތް

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

 ބަޣާވާތާ ގުޅިގެން 250 މީހުން މަރުވި އިރު 2،200 އަށްވުރެ ގިނަ މީހުން ޒަޚަމްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 18 ޖުލައި 2017 | އަންގާރަ 03:45
ލައި މަހުގެ 20 ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ

ލައި މަހުގެ 20 ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ

މިދިޔަ އަހަރުގެ ޖުލައިމަހު ތުރުކީއަށް ގެންނަންއުޅެ ނާކާމިޔާބުވި ބަޣާވާތަށްފަހު އެ ގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ތިންމަސް ދުވަހަށް ދިގު ދެންމުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ރުހުން ދީފިއެވެ.

ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް އިސްނަންގަވައިގެން ހުށަހެޅުއްވި މި ހުށަހެޅުމަށް ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީއާއި އިދިކޮޅު ނޭޝަނަލިސްޓް ޕާޓީގެ ތާއީދުވެސް ލިބިފައިވެއެވެ.

މި ނިންމުން އައިސްފައި މިވަނީ ރައްޔިތުން ނުކުމެ ނާކާމިޔާބު ކޮށްލި ބަޣާވާތަށް އެއް އަހަރުފުރުން ފާހަގަކުރުމަށް ހަފްތާ ބަންދުގައި އެއްވުމެއް ބާއްވާފައިވަނިކޮށެވެ.

ބަޣާވާތާ ގުޅިގެން 250 މީހުން މަރުވި އިރު 2،200 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

ބަޣާވާތާ ދެކޮޅު ހެދުމަށް އެތައް ހާސް ބަޔަކު ހޮނިހިރު ދުވަހު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާންވަނީ ބަޣާވާތުގައި ބައިވެރިވި ފަރާތްތަކުގެ"ބޯތަށް ޗިސްޗިސް ކޮށްލައްވާނެކަމަށް"ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

"އެންމެ ފުރަތަމަ ބޯތަށް ޗިސްޗިސް ކޮށްލާނީ އެ ޣައްދާރުންގެ" މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ އެއްވެސް ގާނޫނެއް ފާސްކޮށްފިނަމަ ތަސްދީގު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން އޮރްދޮޣާން ވިދާޅުވިއެވެ.

"މިއީ މިއީ ގާނޫނުގެ ބާރު ހިނގާ ދައުލަތެއް. ގާނޫނު ހަދާ މަޖިލީހުން ފާސްވެ އަޅުގަނޑާ ހަމައަށް އަތުވެއްޖެނަމަ އަޅަނގަނޑު އޭގައި ސޮއިކުރާނަން"އޮރްދޮޣާން ވިދާޅުވިއެވެ.

ރައީސް އޮރްދޮޣާން ވަނީ ހަތިޔާރާއެކު ބަޣާވާތް ރޭވި ފަރާތްތަކާ ކުރިމަތިލީ ރައްޔިތުންނަށް ތައުރީފް ކުރައްވާފައެވެ.

މިދިޔަ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތަށްފަހު ޖުލައި މަހުގެ 20 ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ.

ތުރުކީއިން ގަބޫލުކުރާ ގޮތުގައި ބަޣާވަތުގެ މުގުލުގައި ހުންނެވީ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގޫލެން އެވެ.

ތުރުކީގެ ޤާނޫނު އަސާސީ ބުނާގޮތުން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ގިނަވެގެން ހަ މަސްދުވަހުގެ މުއްދަތަކަށް އިއުލާނުކުރެވިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު