Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
"ހެޔޮވެރިކަން" ސިޔާސަތު

ބަޖެޓުން މީޑިއާތަކަށް ފައިސާ ދީގެން ސަރުކާރުގެ "އުނގަށް" ވެއްޓޭނަމަ، ފުރަތަމަ ވެއްޓޭނީ ސިޔާސީ ޕާޓީތައް

ސިޔާސަތުގައި އެވަނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ކަނޑައެޅޭ ވަކި އަދަދުތަކެއް ދޭ ގޮތަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2023 | ބުދަ 14:01
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން ބައިވެރިވަނީ

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން ބައިވެރިވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ރިޔާސީ ކެމްޕޭނަށް ފައްކާކުރައްވާފައިވާ މެނިފެސްޓޯގެ ހަތަރުވަނަ ތަނބު މިވަނީ އިއުލާނު ކުރައްވާފައެވެ. އަންގާރަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި އިފްތިތާހު ކުރެއްވި "ހެޔޮވެރިކަން" ސިޔާސަތުގެ ތެރެއިން އެއް ސިޔާސަތަކީ މީޑިއާތަކަށް ޚާއްސަކޮށް ދެވަނަ ދައުރެއްގައި ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމެވެ.

އޭގެ ތެރޭގައި މާލީ ގާބިލްކަން ހޯދުމަށް ވަކި ފަރާތަކަށް ބަރޯސާވުން ހުއްޓާލުމަށް ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ ދޫކުރުން ހިމެނެއެވެ.

އަދި އެ ފައިސާ ދޫކުރާނީ، މެނިފެސްޓޯގައިވާ ގޮތުން ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅައި އޭގެ ދަށުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެއާއެކު މި ސިޔާސަތަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ގެންދަނީ މިއީ މީޑިއާތައް ސަރުކާރުގެ އުނގުތެރެއަށްލުމަށް ޖަހާ އުކުޅެއްކަމަށް ބުނަމުންނެވެ. މީޑިއާތަކަށް ދައުލަތުން ފައިސާ ދިނުމަކީ އެ މީޑިއާތަކުގެ އަނގަ ބަންދުކޮށްލައި، އަޑު ކަނޑުވާލާނެ ކަމެއްކަމަށް އެ ފަރާތްތަކުން ދެކެއެވެ.

އެހެންނަމަވެސް، ސިޔާސަތުގައި އެވަނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ކަނޑައެޅޭ ވަކި އަދަދުތަކެއް ދޭ ގޮތަށެވެ. ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން، ތަޅުމުގައި އެއަށް ވަރުގަދަ ބަހުސްތަކެއް ކޮށް، ގިނަ ބައެއްގެ ލަފަޔާއި މަޝްވަރާއައެކު ފާސްކުރެވޭ އެއްޗެކެވެ.

 ސަރުކާރު ކުންފުނިތަކުން ނުވަތަ ރައީސް އޮފީހުން އެކިއެކި ރަސްމިއްޔާތުތައް ކަވަރ ކުރުމަށް މީޑިއާތަކަށް ފައިސާ ދޫކުރުމާއި، ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ފައިސާ ދޫކުރުމާ ހާސް ތަފާތެވެ.

ނުވިތާކަށް، ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ބަޔަކު އޭރަކު އޮންނަ ސަރުކާރެއްގެ އުނގަށް ވެއްޓޭނަމަ، ފުރަތަމަ ސަރުކާރުގެ އުނގަށް ވެއްޓޭނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކެވެ. ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާތާ އެތައް އަހަރެއްވެފައިވާއިރު، މިއީ އަދި އޭރަކު އޮންނަ ސަރުކާރަކަށް އެ ބަޔަކު އަޅުވެތިވާންޖެހޭ ސަބަބެއް ނޫންކަން ވަރަށް ސާފެވެ.

މިނިވަން މުއައްސަސާތަކާއި ކޯޓުތައްވެސް ހަމަ އެހެންނެވެ. ވީއިރު، މީޑިއާތައް ވަކި އިސްތިސްނާ ވާންވީ ކީއްވެހެއްޔެވެ؟

އަބަދުވެސް މި ދައްކަނީ މީޑިއާތައް މާލީ ގޮތުން މިނިވަންވާން ޖެހޭ ވާހަކައެވެ. މީޑިއާތަކަށް އެކަށީގެންވާ އެހީތެރިކަމާއި ވަސީލަތްތައް ދޭންޖެހޭ ވާހަކައެވެ. މީޑިއާތައްވެސް ހިންދެމިލައިގެން މަސައްކަތް ކުރެވޭނެ ޤާބިލިއްޔަތުކަން ފޯރުކޮށްދޭންޖެހޭ ވާހަކައެވެ. ވީއިރު، ހަމަހަމަ އުސޫލަކުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އެކަމަށް ކޮށިގެންދާ މަގަކަށް ނޫނީ ނުވާނެއެވެ.

ރައީސް ސާލިޙުގެ "ހެޔޮވެރިކަން" ސިޔާސަތުގެ ތެރެއިން މީޑިއާތަކަށް ޚާއްސަކޮށް މި އިއުލާނު ކުރެއްވި ސިޔާސަތަކީ މީޑިއާތަކަށް ލިބިގެންދިޔަ އުފާވެރި ޚަބަރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު