Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑްކަޕް

އަންހެނުންގެ ވޯލްޑްކަޕް: ނުފިލާނެ ހަނދާންތައް

23 އޯގަސްޓު 2023 | ބުދަ 06:08

މުބާރާތުގެ ޗެމްޕިއަން ޓީމަކީ ސްޕޭން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 23 އޯގަސްޓު 2023 | ބުދަ 06:08
ސްޕޭން ކުޅުންތެރިން ތައްޓާއެކު

ސްޕޭން ކުޅުންތެރިން ތައްޓާއެކު

އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގައި ނިމިގެންދިޔަ އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ހާއްސަ މުބާރާތެކެވެ. 32 ގައުމު ބައިވެރިކޮށްގެން ފީފާއިން ކުރިއަށް ގެންދިޔަ މުބާރާތުގެ ތަށި ހޯދީ ސްޕޭނެވެ. އެއީ ފައިނަލުގައި ޔޫރަޕުގެ ޗެމްޕިއަން އިނގިރޭސިން 1-0އިން ބަލިކޮށްގެންނެވެ. މިމުބާރާތުގައި ފާހަގަކޮށްލެވޭ މުހިންމު ކަންކަމަށް ބަލާލާނަމެވެ.

1. ނިއުޒީލޭންޑްގެ މޮޅު: މި ފަހަރުގެ މުބާރާތަކީ ވޯލްޑްކަޕުގައި ނިއުޒީލޭންޑް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. ނިއުޒީލޭންޑް މޮޅުވީ 22 އަހަރުތެރޭގައި 15 މެޗަކުން ބަލިވުމަށްފަހު އެވެ. ނަމަވެސް ނޯވޭ އަތުން އެ ގައުމު މޮޅުކޮށްދިނީ ހަންނާ ވިލްކިންސަން ޖަހައިދިން ހަމައެކަނި ގޯލުންނެވެ.

2. ޖެމެއިކާ ބްރެޒިލް ކަޓުވާލުން: މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ޖެމެއިކާ ހަތަރު ޕޮއިންޓް ހޯދި އެވެ. ގްރޫޕުގެ ފަހު މެޗުގައި ބްރެޒިލާ ދެކޮޅަށް ނުކުތްއިރު އެޑްވާންޓޭޖް އޮތީ ޖެމެއިކާ އަށެވެ. މެޗު އެއްވަރުކޮށް ޖެމެއިކާ ދެވަނަ ބުރަށް ދަތުރުކުރިއިރު ބްރެޒިލް ކެޓުންވީ ވަރަށް ބޮޑު ހައިރާންކަމަކަށެވެ.

3. ޖަރުމަނު ކަޓުވާލައި މޮރޮކޯ ދެ ވަނަ ބުރަށް: ވޯލްޑްކަޕުގައި މުޅިން އަލަށް ކުޅުނު މޮރޮކޯ މުބާރާތް ފެށީ ޖަރުމަނު އަތުން 6-0އިން ބަލިވެގްނެނެވެ. އެކަމަކު ކޮލަމްބިއާ އާއި ކޮރެޔާ ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމަކީ އަރަބި އަދި އިސްލާމީ ދުނިޔެ އުފާފާޅު ކުރި ކަމެކެވެ.

4. ސްވިޑްން ކީޕަރު: މުބާރާތުގެ ތިން ވަނަ ހޯދި ސްވިޑްން ކީޕަރު ޒެކީރާ މުސޮވިޗް ވަނީ ދިފާއީ ޗެމްޕިއަން އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި 11 ސޭވްކޮށްފަ އެވެ. އަދި ޕެނަލްޓީ ޝޫޓް އައުޓްގައި ވެސް މޮޅަށް ކުޅެ އޭނާ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. މުސޮވިޗް މި މުބާރާތުގައި ބޮޑު މަޝްހޫރިކަމެއް ހޯދި އަނެއް ކަމަކީ މުބާރާތުގެ ކުރިން އޭނާ އަކީ އޭނާ އަކީ ގައުމީ ޓީމުގެ ތިންވަނަ އަދި އޭނާގެ ކުލަބު ޗެލްސީގެ ބަދަލު ކީޕަރަށްވުމުންނެވެ.

5. އޮސްޓްރޭލިޔާ ކީޕަރުގެ ސޭވްތައް:ކުއާޓާ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި އޮސްޓްރޭލިޔާގެ ކީޕަރު ވަނީ ތިން ޕެނަލްޓީ މަތަކޮށްފަ އެވެ. މިއާއެކު އޭނާވެފައިވަނީ މުބާރާތުގައި ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ގިނަ ޕެނަލްޓީ މަތަކުރި ކީޕަރަށެވެ.

6. ސްޕޭން ތަށި ހޯދުން: މުބާރާތުގެ ތަށި ސްޕޭން ހޯދިއިރު ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ހުރިހާ ގައުމެއް ކުއާޓާ ފައިނަލުން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނެވެ. އެއީ ނޯވޭ އާއި އެމެރިކާ އަދި ޖަރުމަނާއި ޖަޕާނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖުލައި 2017

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!

15 ޖުލައި 2017
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!
02 ޖުލައި 2017

17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި

02 ޖުލައި 2017
17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި
27 ޖޫން 2017

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

27 ޖޫން 2017
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
12 ޖޫން 2017

20 އަހަރުން ދަށުގެ ވޯލްޑްކަޕް: 51 އަހަރު ފަހުން އިންގްލޭންޑަށް ބޮޑު ތަށްޓެއް

12 ޖޫން 2017
20 އަހަރުން ދަށުގެ ވޯލްޑްކަޕް: 51 އަހަރު ފަހުން އިންގްލޭންޑަށް ބޮޑު ތަށްޓެއް
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް