Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޞާލިހުގެ "ހެޔޮވެރިކަން" ސިޔާސަތު

ރައީސް ޞާލިހުގެ "ހެޔޮވެރިކަން" ސިޔާސަތު އިޢުލާންކޮށްފި  

އެ މެނިފެސްޓޯ ހާމަކުރައްވާފައި ވަނީ ބ.ދަރަވަންދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2023 | ބުދަ 02:54
ރައީސް ޞާލިހުގެ "ހެޔޮވެރިކަން" ސިޔާސަތު އިޢުލާންކޮށްފި   

ރައީސް ޞާލިހުގެ "ހެޔޮވެރިކަން" ސިޔާސަތު އިޢުލާންކޮށްފި  

ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހުގެ "ހެޔޮވެރިކަން" ސިޔާސަތު އިއުލާންކުރައްވައިފިއެވެ.

އެ މެނިފެސްޓޯ ހާމަކުރައްވާފައި ވަނީ ބ.ދަރަވަންދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައެވެ.

Advertisement - newsAdvertisement

އެ ސިޔާސަތުގެ ތެރެއިން ހަތަރުކަމެއް ކުރުމަށް ވަނީ ހިމަނާފައެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުން ލާމަރުކަޒީ ނިޒާމު ވަށާޖެހުމުގެ ތެރެއިން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ހަރަކާތްތެރި ފުދުންތެރި ކައުންސިލްތައް އުފެއްދުމާއި، ކައުންސިލްތަކުގެ ހިންގުން ލުއިފަސޭހަކުރުން އަދި ފުރިހަމަ މާނައިގައި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުން ހިމެނެއެވެ. އެގޮތުން ހަރަކާތްތެރި ފުދުންތެރި ކައުންސިލްތައް އުފެއްދުމަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބަޖެޓް ދިނުމަށް މިހާރު ކަނޑައަޅައިފައިވާ ބްލޮކް ގްރާންޓް ފޯމިއުލާއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައަޅާ އިންސައްތަ އިތުރުކުރުމަށް ވަނީ ހިމަނާފައެވެ. އަދި ސިޓީއާއި ރަށްތަކުގެ ތަރައްގީގެ ކަންކަން ކުރިޔަށް ގެންދިއުމަށާއި، ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ކައުންސިލްތަކުން މާލީ އިދާރާތަކާ ގުޅިގެން ލޯނު ނެގުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށް ވަނީ ބުނެފައެވެ.

ކައުންސިލްތަކުގެ ހިންގުން ލުއިފަސޭހަކުރުމަށް ކައުންސިލްތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ކައުންސިލްތަކުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށް މި ސިޔާސަތުގައި ހިމަނާފައިވެއެވެ. އަދި ކައުންސިލުގެ ހިންގުން އިތުރަށް ވަރުގަދަކުރުމަށާއި، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކައުންސިލުގެ މުވައްޒަފުން ކައުންސިލަށް ޖަވާބުދާރީވެވޭނެ ނިޒާމެއް ކަނޑައެޅުމަށް ވެސް ހިމަނާފައިވެއެވެ.

ދެ ވަނަ ކަމަކީ އިންސާފު ޤާއިމްކުރުމުގެ ނިޒާމް ފުރިހަމަ ކުރުމެވެ.

އެގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހަލުވިކަމާއިއެކު ކުރިޔަށް ގެންދެވޭނެ އިންތިޒާމު ފަހިކޮށްދިނުމާއި ކޯޓުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް، ގުޅިފައިވާ ޑިޖިޓަލް ވިއުގައެއްގެ ތެރެއިން ކޯޓުތަކަށް މައްސަލަ ހުށަހެޅުން ފަދަ ކަންކަން މި ސިޔާސަތުގެ ތެރޭގައި ހިމަނާފައިވެއެވެ. އަދި ދަރަނިވެރިވުމަކީ ޖަލު ބަންދެއް އަންނަ ސަބަބަކަށްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޓަކައި، ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށްވެސް ބޭންކްރަޕްޓްސީ ޑިކްލެއަރ ކުރެވޭގޮތަށް ބޭންކްރަޕްޓްސީއާބެހޭ ގާނޫނެއް އެކުލަވައިލުމަށް ވެސް ވަނީ މި ސިޔާސަތުގައި ހިމަނާފައެވެ.

މީގެ އިތުރުން ޖިނާއީ ކުށްކުށުގައި އަނިޔާލިބޭ ފަރާތްތަކުގެ ބަހެއް ނުލިބުމުގެ ސަބަބުން، އެފަރާތްތަކަށް އިންސާފު ލިބިދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ޖިނާއީ މައްސަލަތަކުގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި، އަނިޔާ ލިބޭފަރާތަށް ބަސް ބުނުމަށް ފުރުސަތުދިނުން ލާޒިމުވާގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރުމަށް ވެސް މި ސިޔާސަތުގައި ވަނީ ހިމަނާފައެވެ.

ހަމައެހެންމެ ޖަލަށްލައި އެކަހެރިކުރުމުގެ ބަދަލުގައި، ކުށްކުރާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައިގަނޑު އަސާސް ކަމުގައި ހަދައި، ޖަލަށްލުން ފިޔަވައި ދޭ އެހެނިހެން އަދަބުތައް ތަންފީޒުކޮށް ހިންގާނޭ އިދާރާއެއް ޤާއިމުކުރުމާއި، އެ އިދާރާގެ ދަށުން ވިލަރެސްކުރެވިގެން، ގޭ ބަންދު ނުވަތަ މުޖުތަމައުއަށް ހިދުމަތްކުރުން ނުވަތަ ކަނޑައަޅާ ރީހެބިލިޓޭޓިވް ޕްރޮގްރާމްތަކުގައި ބައިވެރިވުމުން އަދަބު ތަންފީޒުކުރެވޭކަން ކަށަވަރުކޮށް، އެ އިދާރާގެ ބެލުމުގެ ދަށުން ޕެރޯލްގެ ނިޒާމު ހިންގުމަށް ވެސް މި ސިޔާސަތުގައި ހިމަނާފައިވެއެވެ.

ތިން ވަނަ ކަމަކީ ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުމެވެ.

މި ވައުދުގެ ތެރެއިން ކޮރަޕްޝަނުން ސަލާމަތްވެފައިވާ ހާމަކަންބޮޑު ދައުލަތެއް ޤާއިމްކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ދައުލަތުން ކުރާ ހޭދަތައް މިހާރަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ކުރެވިގެންދާނެ ގޮތަށް، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިތުރު ބަދަލުތައް ދެނެގަނެ، ދައުލަތުގެ މާލިއްޔަތު ގާނޫނު އިސްލާހުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕްރޮކިއުމަންޓާ ބެހޭ މަޢުލޫމާތުތައް އާންމުކުރުން ގާނޫނުން ލާޒިމްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސީއެސްއާރް އަދި ސްޕޮންސަރޝިޕް ދިނުމުގައި އަމަލުކުރާ އުސޫލުތައް މުރާޖައާކޮށް، މިކަންކަމަށް ކުރާ ހޭދަތައް މާލީ ވުޒާރާގެ އުސޫލުތަކާ އެއްގޮތަށް ހާމަކުރަންޖެހޭ ގޮތަށް، ޕްރައިވަޓައިޒޭޝަން ގާނޫނު އިސްލާހުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ހިންގުން ވަރުގަދަކުރުމަށް ވެސް ވަނީ ހިމަނާފައެވެ. ދައުލަތުގެ އިދާރާތަކުން އާންމުންނަށް ދޭ ހިދުމަތްތައް އެއް މަންސައެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ގާއިމްކޮށްފައިވާ OneGov މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ދާއިރާ ފުޅާކޮށް، ދައުލަތުގެ ހުރިހާ އިދާރާއަކުން އާންމުންނަށް ދޭ ހިދުމަތްތައް މި ނިޒާމު މެދުވެރިކޮށް ލިބޭނެ ގޮތްހެދުމަށް މި ސިޔާސަތުގައި ހިމަނާފައިވެއެވެ. ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މެމްބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ވެސް މި ސިޔާސަތުގައި ވަނީ ހިމަނާފައެވެ. މީޑިއާތަކުގެ ސެލްފް ގަވަރނަންސް އަދި ރެޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާތަކާ ގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެއެވެ. މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރާނެކަމަށާއި މި ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެއެވެ.

މީގެއިތުރުން މިނިވަން ހާރިޖީ ސިޔާސަތު ދެމެހެއްޓުމަށް މި ސިޔާސަތުގައި ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން ކުރިއަށް ރާވާފައިވާ ކަންމުގެ ތެރޭގައި ބޭރު ގައުމުތަކާ ރަހުމަތްތެރިކަން އިތުރަށް ބަދަހިކޮށް ދުނިޔޭގެ ސުލްހައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަހައްދީގޮތުން އަދި ބައިނަލްއަގްވާމީ ގޮތުން ހަރަކާތްތެރިވާ މިނިވަން ހާރިޖީ ސިޔާސަތު ދަމަހައްޓަން ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ގަދަރާއި އިއްޒަތާއި ޝަރަފު ބައިނަލްއަގްވާމީ މުޖުތަމައުގައި ނަގަހައްޓައި، ރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކަށް އިހްތިރާމްކުރާ، އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު