Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު އެވެ. ފުނޑާލައްވަން ތިޔަ އުޅުއްވަނީ ލާމަރުކަޒީ ނިޒާމެއް ނޫންތޯ އެވެ؟

މި ވާހަކަތަކުގެ ސަބަބުން ބުރަ މަސައްކަތުން ގެނައި ލާމަރުކަޒީ ގާނޫނު ވެސް ފުސްކަމެއްގެ ތެރެއަށް ވައްޓާލެވޭނީ އެވެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2023 | އާދީއްތަ 00:22
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރެއްވި ކެމްޕޭނު ޖަލްސާއެއްގައި ހދ. ފިނޭގައި ވިދާޅުވި ވާހަކަ ކޮޅެކެވެ. އެމަނިކުފާނުގެ އެ ވާހަކަ ކޮޅު، ކޯޓެއްގެ ގޮތުގައި ގެނެސްދޭނަމަ އެއީ "ކައުންސިލްތައް ފުރިހަމައަށް ފަންކްޝަން ވާނެ ގޮތަށް ހަމަޖައްސާނަން، އެ ކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކޮށްގެން،" މި އެވެ.

އެއީ ފެންނަ ފެނުމަށް މޮޅު، ސާދާ ވާހަކަ ކޮޅެކެވެ. ބޭރު ފުށުން ރާއްޖޭގެ ލާމަރުކަޒީ ގާނޫނާ މުޅިން ތަފާތު ވާހަކަ އެކެވެ. އެހެން ނަމަވެސް މި ފަށުވި ވާހަކަ ކޮޅުގެ ފޮނި މީރުކަން އެންމެންނަކަށް ނުލިބުނެވެ. އިހުގެ ހަނދާންތައް އައުވެ އެ ވާހަކަ ކޮޅާ އެކު ގިނަ މީހުންގެ ކަރުގައި ހިތި ރަހަ ލާން ފެއްޓި އެވެ. މާޒީގެ ހަނދާންތަކުން ހިތަށް ގެނުވި އުނދަގުލުގެ ސަބަބުން ނެވެ.

އެހާ ހިސާބުން ޑރ. މުއިއްޒު ވިދާޅުވި އެ ވާހަކަކޮޅު، ގިނަ މީހުން ސިފަ ކުރީ ބިރުވެރި ވާހަކަ އެއްގެ ގޮތުގައި އެވެ. ހުދު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވެސް އެ ވާހަކަކޮޅު ސިފަ ކުރެއްވީ "ބިރުވެރި" ވާހަކަ ތަކެއް ގޮތުގައި އެވެ.

"އެކަން ކުރަން އެ އުޅެނީ. އެއީ މި ރާއްޖެ ތަރައްގީ ކުރުމަށް އެންމެ ބޮޑު ހުރަހެއް ކަމަށް އަޅުގަނޑުމެން ދުށީ. ބާރުތައް ދޫކޮށްލުން ޑިސިޝަން ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް ދިނުން ރައްޔިތުންނާއި ވީހާ ވެސް ކައިރިން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން. އަނެއްކާވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެބޭފުޅުން އަނެއްކާ މާލެއަށް ބާރުތައް ޖަމާކުރާތަން" ކެމްޕޭނުގައި ހެންވޭރުގެ ދޮރުން ދޮރަށް ހިންގަވަމުން ރައީސް ސާލިޙު އެދުވަހު ވިދާޅުވި އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މުއިއްޒުގެ އެ ވާހަކަ އެހާ ބިރުވެރި ވާހަކައަކަށް ވާންވީ ކީއްވެ ތޯ އުފެދޭ ސުވާލެވެ. އެ ވާހަކައިގައިވާ "ބިރުވެރި" ކަމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. އެ ސުވާލަށް ޖަވާބު ދޭން އެންމެ ފަސޭހަ ވާނެ އެއް ގޮތަކީ މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި 7 އަހަރުގެ ސަފުހާތަކަށް ފީނާލުމެވެ. އެ ސަފުހާތަކަށް ފީނާލާއިރު ފެންނަ މަންޒަރު ކަޅެވެ. ވަކިން ހާއްސަކޮށް ކައުންސިލުތަކާ ގުޅޭ ބާބު ފެންނަނީ މާ އަނދިރިކޮށެވެ.

އެމްޑީޕީގެ އޭރުގެ ވެރިކަން ވެއްޓުމަށް ފަހު، 7 ފެބްރުއަރީ 2012 ގައި ހައުސިން މިނިސްޓަރަކަށް އައްޔަން ކުރެވުނު މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގެ ޒައާމަތް 2018 ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔަ އެވެ. އެމަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ގާތްގަޑަކަށް 7 އަހަރުގެ ޒައާމަތުގެ ތެރޭގައި، އެމަނިކުފާނު އޭގެ ފަހުން މޭޔަރުކަން އަދާކުރެއްވި މާލެ ސިޓީ ކައުންސިލު އަދި އައްޑޫ ސިޓީ ކައުންސިލަށް ހެދި ގޮތްތައް އެހުރީ ފެންނާށެވެ. ހަނދާން އައުކޮށްލަމާ ހިނގާށެވެ.

މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީއަށް ލިބުމުން ފެނުނީ އެ ކައުންސިލު މަގުމަތި ކޮށްލި ތަނެވެ. އޭރު އެ ކައުންސިލު އޮތް ބިން އަތުލައި، މާލޭގެ މަފަންނުގައި ހުންނަ ކުޑަ ޖިފުޓިގަޑަކަށް އެ ކައުންސިލަރުން ލި އެވެ. ކުޑަ މިނުން އެ ކައުންސިލަރުން އިށީންނާނެ ގޮނޑިކޮޅެއް ވެސް ނުދެ އެވެ. އެ ކައުންސިލުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްލި އެވެ. އައްޑޫ އަދި ފުވައްމުލަކު ކައުންސިލަށް ވެސް ހެދީ އެހެންނެވެ. މުއިއްޒު އިސްވެ ހުންނަވައިގެން ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްވެސް ކަހަލަ އެއްބާރުލުމެއް އެ ކައުންސިލުތަކަށް ނުދެ އެވެ. ކައުންސިލުތަކުގެ ގިނަ މަސައްކަތްތަކަކީ ހައުސިން މިނިސްޓްރީ އާ ގުޅިގެން ހިންގޭ ކަންކަމަށް ވީއިރު، އޭގެ ހުރިހާ ދޮރުތަކެެއް އޭރު ބަންދު ކުރެއްވި އެވެ.

އެންމެ މިސާލެއް ދަންނަވާނަމަ، އޭރު 2017 ވަނަ އަހަރު، ފުވައްމުލަކު ސިޓީ ކައުންސިލާ މެދު މުއިއްޒު މިނިސްޓަރު ކަމުގައި ހުންނެވި ހައުސިން މިނިސްޓްރީން ހިތް ހަމަ ނުޖެހިގެން އެ ސިޓީގައި، ކައުންސިލުގެ މަސައްކަތްތައް ކުރުވަން ހައުސިން މިނިސްޓްރީގެ ޔުނިޓުތައް ގާއިމް ކުރާ ވާހަކަތައް ވެސް ދެކެވުނެވެ. އެ ކައުންސިލާ ހައުސިން މިނިސްޓްރީ އާ އެކީ ބޭއްވުނު ބައްދަލުންތަކުގައި ވެސް އެވާހަކަ ދެކެވުނެވެ.

އެންމެ ފަހުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެފަދަ ޔުނިޓުތައް ގާއިމް ކުރުމަށް ހައުސިން މިނިސްޓްރީން އޭރު ނިންމި އެވެ. އޭރުގެ ސަރުކާރުގެ ބާރު ކައުންސިލުތަކުގައި ނެތުމުންނެވެ. އެހެން ކަމުން މިވަރުން އަދި ކައުންސިލުތަކުގެ މިނިސްޓްރީ އެއް ވުޖޫދު ކުރައްވަނީ އެ ކައުންސިލުތަކަށް ފަސޭހަ ކުރައްވަން ކަމަށް ވިދާޅުވާ ވިދާޅުވުން ގަބޫލުކުރާނީ ކޮން ރައްޔިތެއް ހެއްޔެވެ؟

ދެން އޮތީ ލޯކަލް ގަވަމެންޓް އޮތޯރިޓީ ނުވަތަ އެލްޖީއޭގެ ވާހަކަ އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެލްޖީއޭ އަކީ މިވަގުތު އެއްވެސް މިނިސްޓްރީއެއްގެ ދަށުން ހިންގާ އިދާރާއެއް ނޫނެވެ. އެ ގާނޫނުގެ ދަށުން ދަށުން އެލްޖީއޭގެ ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރެއްގެ ގޮތުގައި ހޯމް މިނިސްޓަރު އިންނަވަ އެވެ.

އެހެން ކަމުން ދެން އުފެދޭ ސުވާލަކީ ކައުންސިލުތައް ހިންގުމަށް ނުވަތަ ބާރުވެރިކުރުމަށް އިތުރު މިނިސްޓްރީއެއް އައުމުން ވާނީ ކިހިނެއްތޯ އެވެ. އެ ސުވާލުގެ ޖަވާބު ވެސް ސާފެވެ. ސަރުކާރުގެ ބާރު ކައުންސިލުތަކުގައި އޮންނާނީ އެވެ. އެލްޖީއޭ އެނބުރޭނީ ސަރުކާރު އެނބުރޭ އަތަށެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުކުރެވި ދާނީ އެވެ. އެލްޖީއޭ އަދި ކައުންސިލު މިނިސްޓްރީ ވެސް "ކައުންސިލުތަކުގެ ވެރިންނަށް" ވެގެންދާނީ އެވެ. ބުރަ މަސައްކަތުން ގެނައި ލާމަރުކަޒީ ގާނޫނު ވެސް ފުސްކަމެއްގެ ތެރެއަށް ވައްޓާލެވޭނީ އެވެެ.

އެހާ ހިސާބުން ދެން އެލްޖީއޭގެ ބޭނުމެއް އަސްލު ނެތްތާ އެވެ. ދެ މަސައްކަތެއް ކުރާނެ ސަރުކާރުގެ ދެ އިދާރާއެއް އޮވެ، އެ އިދާރާތަކަށް ބަޖެޓުން ފައިސާ ދިނުމުގެ ބޭނުމެއް ވެސް ނެތްތާ އެވެ. އެކަން ވެގެން ދާނީ ސަރުކާރަށް ވެސް ކުރިމަތި ވާނެ މާލީ ބުރަޔަކަށެވެ. ކޮންމެ ގޮތެއް ވިޔަސް މިނިސްޓްރީއެއް އުފައްދަވާ ނަމަ އެއީ ވަކި އޮފީހެކެވެ. އެ އޮފީހަށް މުވައްޒަފުން ނަގާނެ އެވެ. މަސައްކަތްތަކެއް ހުންނާނެ އެވެ. މިވާހަކަތައް ދެކޮޅު ނުޖެހެނީ އެހެންވެ އެވެ.

ޑރ. މުއިއްޒު މިކަން ކުރައްވަން ބޭނުންފުޅު ވާނަމަ އޮތީ ލާމަރުކަޒީ ގާނޫނަށް އަދި އެނޫން ވެސް ގުޅުންހުރި ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމެވެ. އެކަން ކުރައްވަން ވެސް ޖެހިވަޑައިގަންނަވާނީ މަޖިލިސް މެޖޯރިޓީ ހޯއްދަވަންށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017
ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟

ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟

23 ސެޕްޓެމްބަރު 2017
އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

22 ޖޫން 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު