Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ބ.އަތޮޅަށް ކުރައްވާ ދަތުރުފުޅު

މާޅޮހަށް ވެސް ރައީސްގެ ގިނަ ވައުދުފުޅުތަކެއް - ސިޓީ ހޮޓަލަކާއި ޕިކްނިކް އައިލެންޑެއް ވެސް

ރައީސް ވިދާޅުވީ މި ސަރުކާރުން 34.6 އިންސައްތައިގެ ސޯލާ ހަކަތަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަހާފައިވާނެ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2023 | އަންގާރަ 08:42
ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު

ސިޓީ ހޮޓަލަކާއި ޕިކްނިކް އައިލެންޑެއް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ބ.މާޅޮހަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގަންނަވައިފިއެވެ.

އަންގާރަ ދުވަހު ބ.މާޅޮހުގެ ބަނދަރު ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށްޓަކައި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ ރަށުގެ ސިއްހީ ޚިދުމަތް ރަނގަޅު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އައު ސިއްޙީ މަރުކަޒެއް އަޅާ، އިތުރު ވަސީލަތްތައް އެ ރަށަށް ހޯއްދަވައިދެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. ހަމައެހެންމެ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލް އިމާރާތްކޮށްދެއްވުމަށް ވެސް ވައުދުވެވަޑައިގަންނަވާފައެވެ. އަދި އެ ރަށުގައި މިސްކިތެއް ބިނާކުރުމާއި ޒުވާނުން ބޭނުންވާ ފަދަ ފުޓްސަލް ދަނޑަކާއި ބޮޑު ފުޓްބޯޅަ ދަނޑެއް އަޅުއްވާދެއްވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

އެ ރަށުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ލިބޭ އާމްދަނީގެ ތެރެއިން ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ލިބޭ އާމްދަނީ، އެ ކައުންސިލަކަށް ލިބޭ ގޮތް ހަމަޖައްސަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވުން ލިބޭ ފައިސާ ބ.އަތޮޅާއި މާޅޮހުގެ ރައްޔިތުންނަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތެރެއިން ރަށު ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ވެސް އެރަށެއްގެ ކައުންސިލާއި ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން 34.6 އިންސައްތައިގެ ސޯލާ ހަކަތަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަހާފައިވާނެ ކަމަށެވެ. އެ ކަމަކީ ކަރަންޓުގެ އަގަަށް ލުއި ބަދަލުތަކެއް ލިބުމަށް މަގުފަހިކޮށްދެ ކަމެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމް ހިންގުން ފުޅާކޮށް ގޭގޭގައި ސޯލާ ބެހެއްޓޭ ގޮތަށް ފެނަކައިން އެ ދަނީ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އުޅޭ ކޮންމެ ރަށަކީ ވެސް ހަމަޖެހިގެން ދިރިއުޅެވޭ ރަށަކަށް ހެއްދެވުމަކީ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އެކަން ހާސިލްކުރުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މާޅޮހުގައި ވެސް ގިނަ ކަންތައްތަކެއް ކުރެއްވި ނަމަވެސް އަދިވެސް ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ އެ ރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި އެ މަސައްކަތުގެ އީއައިއޭ ނިމުމާއެކު އެ މަސައްކަތް ފައްޓަވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ބަނދަރު ބޮޑުކުރުމާ މެދު އާއްމުންގެ ޚިޔާލު ލިބިވަޑައިގެންފައިވާ ކަަމަށާއި އެ ބަދަލުތަކާމެދު ވިސްނަވާ ކުރެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 5 އަހަރަށް ރައީސަކު ހޮވާއިރު ވަރަށް ގިނަ ކަންކަމާމެދު ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. 2013ގައި ވެސް 2018ގައި ވެސް އިންތިޚާބާއި ކުރިމަތިވިއިރު އެންމެ ބޮޑަށް ދެކެވުނީ އަނިޔާވެރިކަމުގެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރު ކަންކަން ކުރަމުން ދިޔައީ ހަމައެއް އުސޫލެއް ނެތި ކަމަށާއި މިއަދު އެ އަޑު ނީވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އޭރު ބައެއް ކައުންސިލަރުން ވެސް ސަސްޕެންޑްކުރި ކަމަށާއި އެކަން މިއަދު ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު