Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިން ރަށުގެ މަގު ހެދުމުގެ މަޝްރޫޢު

ޅ. ނައިފަރާއި ލ. މާވަށް އަދި އިސްދޫ ކަލައިދޫގެ މަގުތައް ހެދުމަށް އާރުޑީސީ އާ ހަވާލުކޮށްފި

21 އޯގަސްޓު 2023 | ހޯމަ 18:55

މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިސްދޫ-ކަލައިދޫ މަގުހެދުމުގެ މަޝްރޫޢަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2023 | ހޯމަ 18:55
މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން

ޅ. ނައިފަރު ފޭސް 1 ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ލ. އިސްދޫ-ކަލައިދޫ އަދި މާވަށުގައި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކެއްގައި މި 3 މަޝްރޫޢު އާރް.ޑީ.ސީއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝިހާދެވެ

Advertisement - newsAdvertisement

މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިސްދޫ-ކަލައިދޫ މަގުހެދުމުގެ މަޝްރޫޢަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން އިސްދޫ-ކަލައިދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 730 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 138 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫޢުގެ ދަށުން 4.39 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ލ. މާވަށުގެ މައި މަގުތަކުގައި ތާރުއަޅާ ތަރައްޤީކުރުމުގެ މަސައްކަތްވެސް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މި މަޝްރޫޢު ނިންމަން 540 ދުވަސް ދީފައިވާއިރު، މި މަސައްކަތަށް 51 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން މާވަށުގެ 1.855 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުންވެސް ހިމެނެއެވެ. ޅ. ނައިފަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 720 ދުވަހުން ނިންމާގޮތަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަސައްކަތަށް 95 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.

މި މަޝްރޫޢުގެ ދަށުން ނައިފަރުގެ ހުރިހާ މަގުތައް ޑިޒައިން ކުރާނެއެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން 2.66 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ތަރައްޤީކުރާނެއެވެ. ހަމައެހެންމެ މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 އެޕްރީލު 2018

ކަނޑައެޅި ތާރީޚަށް ވުރެ، އަހަރެއް ފަހުން ހުޅުމާލޭ ދެވަނަ ފިިޔަވަހީގެ މަގުތައް ނިންމައިފި

30 އެޕްރީލު 2018
ކަނޑައެޅި ތާރީޚަށް ވުރެ، އަހަރެއް ފަހުން ހުޅުމާލޭ ދެވަނަ ފިިޔަވަހީގެ މަގުތައް ނިންމައިފި
10 މާރިޗު 2018

ކެންޑީ މަގުތައް އަމާންވެ، ހަފްތާއެއް ފަހުން ދިވެހިން ގޭ ބަންދުން ސަލާމަތް ވެއްޖެ

10 މާރިޗު 2018
ކެންޑީ މަގުތައް އަމާންވެ، ހަފްތާއެއް ފަހުން ދިވެހިން ގޭ ބަންދުން ސަލާމަތް ވެއްޖެ
02 ފެބުރުއަރީ 2018

ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި

02 ފެބުރުއަރީ 2018
ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި
19 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި

19 ޑިސެމްބަރު 2017
 މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި
07 ނޮވެމްބަރު 2017

އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

07 ނޮވެމްބަރު 2017
އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ފަށައިފި
06 ނޮވެމްބަރު 2017

އިސްދޫ ކައުންސިލްގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ!

06 ނޮވެމްބަރު 2017
އިސްދޫ ކައުންސިލްގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ!
17 ސެޕްޓެމްބަރު 2017

އިސްދޫ ރައްޔިތުން ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

17 ސެޕްޓެމްބަރު 2017
އިސްދޫ ރައްޔިތުން ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
29 އެޕްރީލު 2017

ލ އިސްދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

29 އެޕްރީލު 2017
ލ އިސްދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
01 އެޕްރީލު 2017

ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ

01 އެޕްރީލު 2017
ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް