Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލަށް އުފަންވި ތުއްތު ކުދިންތަކެއް މަރާލި ނަރުސް

އަލަށް އުފަންވި ތުއްތު ކުދިންތަކެއް މަރާލުމުގައި 'އެންމެ އަރާހުރި ސިލްސިލާ ގާތިލަކީ' ނަރުހެއް!

ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ތުއްތު 7 ކުދިން މަރާލި މައްސަލާގައި ލޫސީގެ މައްޗަށް ކުށް ސާބިތުވެ، ވަނީ ހުކުމްކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 14:10
އަލަށް އުފަންވި ތުއްތު ކުދިންތަކެއް މަރާލި ނަރުސްމީހާ ކަމަށްވާ ލޫސީ ލެޓްބީގެ މައްޗަށް ކުށް ސާބިތުވެ، ވަނީ ހުކުމްކޮށްފައި

އަލަށް އުފަންވި ތުއްތު ކުދިންތަކެއް މަރާލި ނަރުސްމީހާ ކަމަށްވާ ލޫސީ ލެޓްބީގެ މައްޗަށް ކުށް ސާބިތުވެ، ވަނީ ހުކުމްކޮށްފައި

ސިއްހީ ދާއިރާގެ ޚިދުމަތްތެރިންނަކީ އޯގާތެރިކަމާއި އިހުސާންތެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ގިނަ މީހުން އެ ބަޔަކު ސިފަކުރާ ޚިދުމަތްތެރިންތަކެކެވެ. ކޮންމެ ކަމެއްގައިވެސް ހެވާއި ނުބައި އޮންނަ ފަދައިން، ސިއްހީ ޚިދުމަތްތެރިންގެ ތެރޭގައިވެސް އިންސާނިއްޔަތުގެކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް މީހުން އުޅޭތީ ފެނެއެވެ. ދައްކަން މިއުޅެނީ ނަރުހެއްގެ ވާހަކައެވެ. އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި، ތުއްތު ކުދިންތަކެއް މަރާލި ސިލްސިލާ ގާތިލެއްގެ ވާހަކައެވެ.

ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ތުއްތު 7 ކުދިން މަރާލި މައްސަލާގައި އުމުރުން 33 އަހަރުގެ ލޫސީ ލެޓްބީގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރީ އޯގަސްޓް 18 ވަނަ ދުވަހުއެވެ. ލޫސީއާއެކު އެއް ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން ދިޔަ ނަރުހުންވެސް ވަނީ، އެމީހުންގެ ތެރޭގައި ގާތިލަކު ހުރިކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް ބުނެފައެވެ.

ލޫސީގެ މައްޗަށް ދައުވާ އުފުލީ ކައުންޓަސް އޮފް ޗެސްޓަރ ހޮސްޕިޓަލުގައި ތިބި ތުއްތު 5 ފިރިހެން ކުދިންނާއި ތުއްތު 2 އަންހެން ކުދިން މަރައި، އިތުރު 6 ކުއްޖަކު މަރާލަން މަސައްކަތްކުރި މައްސަލާގައެވެ. އޭނާ އެ ޖަރީމާތައް ހިންގާފައިވަނީ 2015 ވަނަ އަހަރާ 2016 ވަނަ އަހަރާ ދެމެދު، ރޭގަނޑުގެ ޝިފްޓްތަކުގައި މަސައްކަތްކުރިއިރުއެވެ.

ސީނިއަރ ކްރައުން ޕްރޮސެކިއުޓަރ ޕެސްކޯލް ޖޯންސް ވިދާޅުވީ، އޭނާގެ ޖަރީމާތައް ފޮރުވުމަށްޓަކައި ކުރެވެން އޮތްހާ މަސައްކަތެއް ލޫސީ ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބެލުމުގެ ދަށުގައި ތިބި ތުއްތު ކުދިންނަށް އަނިޔާދެމުން ދިޔަ ގޮތްތައް އެކި ފަހަރު މަތިން ބަދަލުކޮށްފައި ވާކަމަށް ސީނިއަރ ކްރައުން ޕްރޮސެކިއުޓަރ ޕެސްކޯލް ޖޯންސް ވަނީ ފާހަގަކުރައްވާފައެވެ.

ލޫސީގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފައިވަނީ މެންޗެސްޓަރ ކްރައުން ކޯޓުގައި 10 މަހަށް ދެމިގެންދިޔަ ވަރުގަދަ ޝަރީއަތަކަށްފަހުއެވެ. މިއާއެކު ލޫސީ ވެފައިވަނީ، ފަހުގެ ތާރީޚުގައިވެސް ތުއްތުކުދިން މެރުމުގައި އެންމެ 'އަރާ ހުރި' ސިލްސިލާ ގާތިލަށް ކަމަށް އިނގިރޭސި މީޑިއާއިން ސިފަކުރެއެވެ.

މަރާލި 7 ކުދިންގެ އިތުރުން، އިތުރު ކުދިންތަކެއް މަރަން އުޅުނުކަމުގެ ތުހުމަތުގައި ލޫސީއާ ދެކޮޅަށް ކުރި ދައުވާގައި ޖޫރީން ވަނީ 110 ގަޑިއިރު ވަންދެން މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކުން، 2 ކުއްޖަކު މަރަން އުޅުނުކަމުގެ ކުށް ލޫސީގެ މައްޗަށް ސާބިތުނުވާ ކަމަށް ޖޫރީން ނިންމިއިރު، ތުހުމަތު ކުރެވުނު އަނެއް 6 ކޭހުގައި ގޮތެއް ނިންމިފައެއް ނުވެއެވެ.

ފުލުހުން ވަނީ ލޫސީގެ ގެއިން ލިޔުންތަކެއްވެސް ހޯދާފައެވެ. ލޫސީގެ އަތުލިޔުމުން ލިޔެފައިވާ އެ ލިޔުންތަކުގައި ބުނެފައިވަނީ އޭނާއަކީ 'ނުބައި ނުލަފާ މީހެއް' ކަމަށެވެ. އެ ކުދިން މަރާލީ ގަސްތުގައި ކަމަށާއި އެކަން އެގޮތަށް ކުރީ، އޭނާއަކީ އެ ކުދިން ބަލަން ކުފޫހަމަވާ މީހަކަށް ނުވާތީ ކަމަށްވެސް އެ ލިޔުންތަކުގައިވެއެވެ.

ޕްރޮސެކިއުޓަރުން ޖޫރީންނަށް ދީފައިވާ މައުލޫމާތަށް ބަލާއިރު، އަލަށް އުފަންވި ތުއްތުކުދިން މަރާލުމަށްޓަކައި ލޫސީ ވަނީ ބައެއް ކުދިންނަށް އިންސިއުލިން ޖަހައި ވިހަކޮށްލާފައެވެ. އަނެއްބައި ކުދިންގެ ހަށިގަނޑަށް ވައި އިންޖެކްޓްކޮށް ނުވަތަ ގަދަކަމުން ކިރު ދީ، ފޯސްފީޑް ހަދާފައި ވާކަމަށް ވެއެވެ. ކުދިން މަރުވުމުގެ ކުރިން އެތައް ފަހަރަކު އަނިޔާތައް ދީފައިވާކަމަށްވެސް ޕްރޮސެކިއުޓަރުން ވަނީ ބުނެފައެވެ.

ލޫސީގެ ހަމަލާތަކުގެ ޝިކާރައަކަށްވި ތުއްތުކުދިންގެ ތެރޭގައި އެއްމާބަނޑު ކުދިންވެސް ހިމެނެއެވެ. އެއްމާބަނޑު ދެބެން މަރާލާފައިވާއިރު، ނިބޫ ޖޯޑެއްގެ ތެރެއިން އެއް ކުއްޖަކު މަރާލިއެވެ. ދެން އޮތް ކުއްޖާ މަރާލަން ކުރި މަސައްކަތް ވީ ފެއިލެވެ.

ލޫސީގެ އަނިޔާވެރިކަމުގައި މަރުވި އެންމެ ހަގު ކުއްޖާގެ އުމުރަކީ އެންމެ ދުވަހެކެވެ.

ކައުންޓަސް އޮފް ޗެސްޓަރ ހޮސްޕިޓަލް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ މެޑިކަލް ޑައިރެކްޓަރ ނައިޖެލް ސްކޯން ވިދާޅުވިގޮތުގައި، ލޫސީގެ އަމަލުތަކުގެ ސަބަބުން ހޮސްޕިޓަލުގެ މުވައްޒަފުން މިއަދު ތިބީ ފުން ހިތާމައެއްގެ ތެރޭގައެވެ. އަދި ލޫސީގެ ކޭހުން އިބުރަތް ހާސިލުކޮށް، ފިލާވަޅު ލިބިގަންނަމުން ދާނެ ކަމަށްވެސް ސްކޯން ވަނީ ފާހަގަކުރައްވާފައެވެ.

މައުސޫމު ތުއްތު ކުދިންތަކެއްގެ މަރާލި މައްސަލާގައި ކުށް ސާބިތުވި ކަމަށް ކޯޓުން ހުކުމްކޮށްފައިވާ ލޫސީގެ މައްޗަށް ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ އޯގަސްޓް 21ވާ ހޯމަ ދުވަހަށެވެ. ބެލެވެނީ ގޮތުގައި ލޫސީގެ މައްޗަށް އިއްވާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

22 މާރިޗު 2020
ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

20 ފެބުރުއަރީ 2020
އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުންގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެންނަން ޖެހޭ!

އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުންގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެންނަން ޖެހޭ!

17 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

11 އޯގަސްޓު 2019

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު