Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އީރާނާ މަޝްވަރާ ކުރުމަށް އީޔޫގެ ބޮޑެތި ޤައުމުތަކުން ތައްޔާރު

މިވަގުތު މެދު އިރުމައްޗަށް ދަތުރުފުޅެއް ކުރައްވަމުން އަންނަ ވަޑެފުލް ވިދާޅުވީ، އީރާނާއި އިސްރާއީލާ ދެމެދު އޮތް ހަމަ ނުޖެހުންތައް މަޑު ޖައްސާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2025 | އާދީއްތަ 08:25
ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޮހާން ވަޑެފުލް

ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޮހާން ވަޑެފުލް

އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ވާހަކަ ދައްކަން އީޔޫގެ ބޮޑެތި ޤައުމުތަކުން ތައްޔާރު ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޮހާން ވަޑެފުލް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ޖަރުމަނު، ފްރާންސް އަދި އިނގިރޭސިވިލާތް އޮތީ އީރާނާ އެކު ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް ކަމަށެވެ. 

މީގެ އިތުރުން މެދު އިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަ ނުޖެހުންތަކާއި، ހަމަލާތައް ބަދަލު ކުރުން ހުއްޓާލައި، ސުލްޙަވެރިކަމެއް ޤާއިމު ކުރުމަށްޓަކައި އެ މަޝްވަރާތައް ވަރަށް މުހިންމު ކަމަށް ވެސް ޖަރުމަނުގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

މިވަގުތު މެދު އިރުމައްޗަށް ދަތުރުފުޅެއް ކުރައްވަމުން އަންނަ ވަޑެފުލް ވިދާޅުވީ، އީރާނާއި އިސްރާއީލާ ދެމެދު އޮތް ހަމަ ނުޖެހުންތައް މަޑު ޖައްސާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް، މީގެ ކުރިން ވެސް އީރާނުން މަޝްވަރާކޮށް، ވާހަކަ ދެއްކުމުގެ ފުރުސަތު ބޭނުން ނުކުރާ ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ޖަރުމަނުގެ ޕަބްލިކް ބްރޮޑްކާސްޓާ އޭއާރުޑީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ވަޑެފުލް ވިދާޅުވީ، އަދިވެސް މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމުގެ އުންމީދު އޭނާ އަށް އޮތް ކަމަށެވެ. އަދި ޖަރުމަނުގެ އިތުރުން ފްރާންސް އާއި އިނގިރޭސިވިލާތް ވެސް އޮތީ އެކަމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ސަރަހައްދާއި، އިސްރާއީލް އަދި ޔޫރަޕަށް ވެސް އީރާންގެ ފަރާތުން އެއްވެސް ނުރައްކާތެރި ކަމެއް ނެތްކަން ޔަޤީން ކުރުމަކީ، މިހާރު އުފެދިގެން އުޅޭ ހަމަ ނުޖެހުންތައް ޙަައްލު ކުރުމަށް ވަަރަށް މުހިންމު ކަމެއް ކަމަށެވެ. 

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު