Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިސްރާއީލް-އީރާން ހަމަނުޖެހުން

ގަލްފް ސަރަހައްދުން ދަތުރުކުރާ އާގު ބޯޓު ފަހަރު ސަމާލުވާން އަންގައިފި

13 ޖޫން 2025 | ހުކުރު 15:13

އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވަނީ އިނގިރޭސިވިލާތުގެ ދިދައިގެ ދަށުން ދަތުރުކުރާ އުޅަނދުފަހަރު ދެކުނު ރަތް ކަނޑުންނާއި އަދަން ކަނޑުގެ ސަރަޙައްދުން ދަތުރު ނުކުރުމަށެވެ.

ރާއްޖެ އެމްވީ | 13 ޖޫން 2025 | ހުކުރު 15:13
ގަލްފް އޮފް އޮމާން ގައި ނޮވެމްބަރު 23، 1987 ގައި، އީރާނުގެ ހަނގުރާމަމަތީ މަނަވަަރަކުން ދިން ހަމަލާއެއް 8،750 ޓަނުގެ ރޫމޭނިޔާ ދިދައިގެ ދަށުން ދަތުރުކުރި ބޯޓަކަށް އެރުމުގެ ސަބަބުން ބޯޓުގައި ރޯވުމުން ޓަގު ބޯޓަކުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ

ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ދިން ބޮޑެތި ހަމަލާތަކަށްފަހު، ގްރީސް އަދި އިނގިރޭސިވިލާތުން އެ ޤައުމުތަކުގެ އާގު ބޯޓު ފަހަރަށް އަދަން ކަނޑުގެ ސަރަޙައްދުން ދަތުރު ނުކުރުމަށާއި ހޯމޫޒް ކަނޑުން ކުރާ ހުރިހާ ދަތުރުތަކެއްގެ ރެކޯޑް ރަނގަޅަށް ބެލެހެއްޓުމަށް އިރުޝާދު ދީފައިވާ ކަމަށް ރޮއިޓާރސް އިން ބުނެފިއެވެ.

މީގެ ކުރިން އީރާނުން ބުނެފައިވަނީ ހުޅަނގުގެ ޤައުމުތަކުން އެ ޤައުމަށް ފިއްތުންތަކެއް ކުރިމަތި ކުރަން އުޅެފި ނަމަ، މުހިންމު ހޯމޫޒް ކަނޑު ބަންދުކުރާނެ ކަމަށެވެ. ދިރާސާވެރިން ބުނެފައިވަނީ ހޯމޫޒް ކަނޑު ބަންދު ކޮށްފި ނަމަ ވިޔަފާރި އަށް ހުރަސްއެޅި، ދުނިޔޭގެ ތެލުގެ އަގު އުފުލޭނެ ކަމަށެވެ.

ހުކުރު ދުވަހު ގްރީސްގެ ޝިޕިންގ އެސޯސިއޭޝަނުން ނެރުނު ލިޔުމެއްގައިވާ ގޮތުން، ގްރީސްގެ އުޅަނދުފަހަރުގެ ވެރިންގެ ކިބައިން އެދިފައިވަނީ ހޯމޫޒް ކަނޑުން ދަތުރުކުރާ އެ ޤައުމުގެ އުޅަނދުފަހަރުގެ ތަފްސީލު ގްރީސްގެ މެރިޓައިމް މިނިސްޓްރީ އަށް ފޮނުވުމަށެވެ.

"މެދުއިރުމަތީގައި ހިނގަމުންދާ ކަންތައްތަކާއި އެ ސަރަޙައްދުގައި އަސްކަރީ ޙަރަކާތްތައް އިތުރުވަމުން ދިއުމާ ގުޅިގެން، (ގްރީސްގެ) ޝިޕިންގ މިނިސްޓްރީ އިން ... ޝިޕިންގ ކުންފުނިތަކަށް އިލްތިމާސް ކުރަނީ ހޯމޫޒް ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ ގްރީސްގެ އުޅަނދުފަހަރުގެ ތަފްސީލު ... ފޮނުވުމަށް،" މި ލިޔުމުގައި ބުނެފައިވެއެވެ.

ރޮއިޓަރސް އަށް ފެނިފައިވާ އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ވަކި ލިޔުމެއްގައިވާ ގޮތުން، އިނގިރޭސިވިލާތުގެ ދިދައިގެ ދަށުން ދަތުރުކުރާ އުޅަނދުފަހަރަށް އިރުޝާދު ދީފައިވަނީ ދެކުނު ރަތް ކަނޑުންނާއި އަދަން ކަނޑުގެ ސަރަޙައްދުން ދަތުރު ނުކުރުމަށެވެ.

މި ސަރަޙައްދުތަކުން ދަތުރު ކުރާނަމަ، އުޅަނދުފަހަރުން އެންމެ މަތީ ދަރަޖައިގެ ސަލާމަތީ ފިޔަވަޅުތައް އަޅަންވާނެ ކަމަށާއި ދަތުރު ކުރާއިރު ފަޅުވެރިންގެ އަދަދު ވީހާވެސް މަދުކުރަން ވާނެ ކަމަށް މި އިރުޝާދުގައި ބުނެފައިވެއެވެ.

ހަމަލާތަކުގައި އެމެރިކާ ބައިވެރިވާ ހިސާބަށް ހިނގައްޖެ ނަމަ، ކަންތައްތައް އިތުރަށް ގޯސްވުމުގެ ރިސްކު ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

29 ޖޫން 2020

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް

29 ޖޫން 2020
ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް
13 ޖޫން 2020

ޕެންޑަމިކަށްފަހު ގަލްފްގެ ގިނަ ފަތުރުވެރިން އަންނަން ބޭނުންވަނީ ރާއްޖެއަށް

13 ޖޫން 2020
ޕެންޑަމިކަށްފަހު ގަލްފްގެ ގިނަ ފަތުރުވެރިން އަންނަން ބޭނުންވަނީ ރާއްޖެއަށް
29 ޑިސެމްބަރު 2019

ޓީއެމްއޭގެ ފްލީޓަށް އިތުރު ދެ ބޯޓު

29 ޑިސެމްބަރު 2019
ޓީއެމްއޭގެ ފްލީޓަށް އިތުރު ދެ ބޯޓު
11 ޑިސެމްބަރު 2019

އދ.ފެންފުށީ ތުނޑީ ސަރަހައްދުން 4 ބިމެއް އަނެއްކާވެސް ބީލަމަށް ހުށަހަޅަނީ

11 ޑިސެމްބަރު 2019
އދ.ފެންފުށީ ތުނޑީ ސަރަހައްދުން 4 ބިމެއް އަނެއްކާވެސް ބީލަމަށް ހުށަހަޅަނީ
27 އޮކްޓޯބަރު 2019

ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް، ކޮންމެ ހަފްތާއަކު 5 ފްލައިޓް ބާއްވާނެ

27 އޮކްޓޯބަރު 2019
ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް، ކޮންމެ ހަފްތާއަކު 5 ފްލައިޓް ބާއްވާނެ
31 ޖުލައި 2019

މޯލްޑިވިއަން އަށް އެއާބަސް އޭ 330 ގެ ދެ ބޯޓު ގެންނަނީ

31 ޖުލައި 2019
މޯލްޑިވިއަން އަށް އެއާބަސް އޭ 330 ގެ ދެ ބޯޓު ގެންނަނީ
18 ޖުލައި 2019

އެލިޔާ އާއި އެމް.އައި.ޓީ ގުޅިގެން ކުރިއަށް ގެންދިޔަ ބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމް ނިންމާލައިފި

18 ޖުލައި 2019
އެލިޔާ އާއި އެމް.އައި.ޓީ ގުޅިގެން ކުރިއަށް ގެންދިޔަ ބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމް ނިންމާލައިފި
10 ޖުލައި 2019

މޯލްޑިވިއަން އިން އިތުރު ދެ މަތިންދާ ބޯޓު ގެންނަނީ

10 ޖުލައި 2019
މޯލްޑިވިއަން އިން އިތުރު ދެ މަތިންދާ ބޯޓު ގެންނަނީ
19 ޑިސެމްބަރު 2018

ބްރިޖް ހުޅުވުމާއެކު ފެރީން ދަތުރުކުރާ މީހުންގެ އަދަދު ފަސް ހާހަށް: ބޮޑު ގެއްލުމެއް!

19 ޑިސެމްބަރު 2018
ބްރިޖް ހުޅުވުމާއެކު ފެރީން ދަތުރުކުރާ މީހުންގެ އަދަދު ފަސް ހާހަށް: ބޮޑު ގެއްލުމެއް!
07 އެޕްރީލު 2018

12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި

07 އެޕްރީލު 2018
12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް