Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭދަފުށި ތަރައްގީކުރުން

ރައީސް ސާލިހު، އޭދަފުށީގައި އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވާނެކަމުގެ ވައުދުފުޅާއެކު މުހިންމު ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންފި

21 އޯގަސްޓު 2023 | ހޯމަ 12:20

ކުރިއަށް އޮތް ދައުރުގައި ހައުސިންގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޯގަސްޓު 2023 | ހޯމަ 12:20
ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބ. އޭދަފުށީގައި އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވާނެ ކަމުގެ ވައުދުފުޅާއެކު, މުހިންމު ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންފިއެވެ.

ބ. އޭދަފުއްޓަށް ވަޑައިގަންނަވައި ބޭއްވެވި ބަނދަރު ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދައުރަށް އިންތިޚާބު ވެވަޑައިގެންފިނަމަ އޭދަފުށީގެ ހުރިހާ މަގެއް ޒާމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. މިހާރު ވެސް ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަދިވެސް އިތުރަށް ހޮސްޕިޓަލް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ބަނދަރަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިހާރު އޮތް ބަނދަރު ކުޑަކަމަށާއި، މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ހުޅަނގުދެކުނު ފަރާތުގައި އައު ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި ވިދާޅުވީ އެސަރަހައްދު ތަރައްގީކުރެވިގެންދާނީ ރައްޔިތުން މޫދަށް އެރޭނެ ރީތި ބީޗަކާއެކު ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަވެސް ހައްލު ކޮށްދެއްވާނެ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި ހައުސިންގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އޭދަފުށި އެއްކޮށް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއެކު ރައީސް ވިދާޅުވީ އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވާނެ ކަމަށާއި, އަދި ޒުވާނުން ބޭނުންވާ ސްޕޯޓްސް ކޮންޕްލެކްސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުންނެވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަކި ރަށެއް ތަފާތު ނުކޮށް އުފާވެރި އަމާން ރާއްޖެއެއް ހޯއްދަވައިދެއްވުމަށް ކަމަށެވެ. އެގޮތުން އޭދަފުށީގެ ރައްޔިތުން ވެސް އެރަށަށް ފައިދާވާނެ ގޮތަށް އަމަލުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އޭދަފުށީގެ ރައްޔިތުން އަބަދުވެސް ރަށުގެ ތަރައްގީއާ ދޭތެރޭގައި ވިސްނާނެ ކަމަށާއި، އެއީ އެކުވެރިކަމާއި އެއްބައިވަންތަކަން ބޮޑު ރަށެއް ކަމަށެވެ. އެއީ، އަބަދުވެސް ރަށުގެ ތަރައްގީއަށްޓަކައި ކޮންމެ ސަރުކާރަކުން ކަމެއް ކުރިއަސް އެއްބާރުލުންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް