Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންއައިސީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންއައިސީއަށް ހުށަހެޅި މައްސަލަތަކަށް އަހަރެއް، އަދިވެސް ނުނިމޭ!

ބައެއް މައްސަލަތައް ހުށަހަޅާފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ، އޮތީ ކޮންހިސާބެއްގަ ކަމެއްވެސް ނޭނގޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ޖުލައި 2017 | ހޯމަ 14:13
މެމްބަރު މަހުލޫފް، މެމްބަރު އިމްތިޔާޒު އަދި އާދަމް އާޒިމް: އެންއައިސީއަށް އެބޭފުޅުން ހުށަހެޅުއްވި މައްސަލަތައް ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމަށް މިއަދު އެންއައިސީއަށް ވަޑައިގެން ނޫސްވެރިންނަށް މައ

މެމްބަރު މަހުލޫފް، މެމްބަރު އިމްތިޔާޒު އަދި އާދަމް އާޒިމް: އެންއައިސީއަށް އެބޭފުޅުން ހުށަހެޅުއްވި މައްސަލަތައް ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމަށް މިއަދު އެންއައިސީއަށް ވަޑައިގެން ނޫސްވެރިންނަށް މައ

އިދިކޮޅު އިއްތިހާދު (މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން)ގެ ބައެއް ޖަލްސާތަކާއި އިވެންޓްތަކަށް ފުލުހުން ހުރަސް އަޅާ، ހިންގާފައިވާ ގާނޫނާ ހިލާފު ބައެއް އަމަލުތަކާއި ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާފައިވާ މައްސަލަތަކަށް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު އެމައްސަލަތައް އަދިވެސް ބަލާ ނުނިމޭ ކަމަށް ބުނެފި އެވެ.

އެމައްސަލަތައް އިންޓެގްރިޓީ ކޮމިޝަން ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވަނީ އެ ބޭފުޅުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުއްވި މައްސަލަތައް ގޮސްފައިވާ ހިސާބެއް ބެލުމަށް ހޯމަ ދުވަހު އެކޮމިޝަނަށް ވަޑައިގަންނަވާފަ އެވެ.

އެކޮމިޝަނުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ތިން ބޭފުޅުންވެސް ވިދާޅުޅުވީ އެކޮމިޝަންގެ މެމްބަރުންނާއި ބައްދަލު ކުރެވޭ ގޮތް ނުވި ކަމަށެވެ. ނަމަވެސް އެކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރުންތަކަކާއި ބައްދަލުވި ކަމަށާއި އެބޭފުޅުން އެމައްސަތައް ނުނިމޭ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ ތިން ބޭފުޅުން ވެސް ވިދާޅުވީ ފުލުހުންނާއި ޑިޕާޓްމަންޓް އޮފް ކަރެކްޝަނަލް ސާރވިސް އިން ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާއިރު، އެބޭފުޅުން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވަނީ އޭގެތެރެއިން ވަރަށް މަދު މައްސަލަތަކެއް ކަމަށެވެ. ނަމަވެސް ހުށަހެޅި މައްސަލަތަކުގެ ވީޑިއޯ ފޫޓޭޖާއި ފޮޓޯއާއެކު، އެކޮމިޝަނަށް ހުށަހެޅުމުންވެސް އެމައްސަލަތައް ބަލާލުމުގެ ކުޅަދާނަކަމެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުންގެ ނެތް ކަމަށެވެ. އަދި އެމައްސަލަތައް ބަލަމުންދާކަމެއް، ނުވަތަ ކުރިއަށް ގޮސްފައިވާ ހިސާބެއް ވެސް އެކޮމިޝަން ހާމަކޮށްފައެއް ނުވެއެވެ.

"އަޅުގަނޑުމެން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހުކުރު ނަމާދަށްފަހު، އަނިޔާވެރިކަމާ ދެކޮޅަށް ދުއާ ކުރަމުން ދާއިރު އެކަމަށް ފުލުހުން ހުރަސް އެޅުމާއި، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ޖަގަހައިގެ ތެރެއަށް ޕެޕަރ ސްޕްރޭކޮށް، އާއްމު ރައްޔިތުންނަށް އަނިޔާ ކުރަމުންދިޔަ މައްސަލަތައް. މީގެ އިތުރުން އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާމެދު ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާނެ. މިހާރު ހުރިހާ މައްސަލަތަކަށްވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. އަދި ބައެއް މައްސަލަތައް ތިން އަހަރު ވެއްޖެ. އަދިވެސް އެމައްސަލަތައް ނުނިމޭ،" މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އެމައްސަލަތައް ބަލަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިހާ ގިނަ ދުވަސް ނަގާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ޖޮބް ލެސް ބަޔަކަށް ޖޮބެއް ލިބުނީމާ އުސޫލަކުންނޫން މިފަދަ މިނިވަން މުއައްސަސާތަކުގެ މެމްބަރުން އުޅުއްވަންޖެހޭނީ. މިމައްސަލަތައް ވަރަށް އަވަހަށް އެބޭފުޅުން ނިންމެންޖެހޭނެ، މައްސަލަތަކުގެ ވީޑިއޯ ފޫޓޭޖްތައް ވެސް ހުށަހަޅާފައި ހުންނާނެ،" އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ މައްސަލަތައް ހުށަހަޅުއްވާފައިވަނީ ވަކިވަކި ފުލުހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ނޫން ކަމަށާއި މައިގަނޑު ބޭނުމަކީ ފުލުހުންގެ ފަރާތުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރަމުންދާ އަމަލުތައް ހުއްޓުވުން ކަމަށާއި ފުލުހުންގެ މުއައްސަސާއަކީ ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުން ކަމަށެވެ.

"ކާނަލް ނާޒިމްގެ މައްސަލަތައް މިތަނަށް ހުށަހަޅާފައިވާތާވެސް ތިން އަހަރު ވެއްޖެ. އެކަމަކު އަދިވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭ. މައްސަލަތަކެއް ނުހިނގާ. ދިވެހި ހުރިހާ ރައްޔިތުންގެ އިތުރުން ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް ވެސް އެނގޭ ކާނަލް ނާޒިމް ޖަލަށްލާފައި އެ ހުންނެވީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއްގެ ދަށުންކަން. އެކަމަކު އަދިވެސް ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނާޒިމް މިނިވަން ކުރާކަން ނޫޅެ. ޒިންމާ ނަގާނެ ފަރާތެއްވެސް ނެތް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގައި ހިންގާފައިވާ ބޮދެތި ޖަރީމާތައް ނިއުޅެމުން ފެންމަތި ވަމުންދާއިރު، މިފަދަ މިނިވަން މުއައްސަސާތައް ވެސް ވިސްނަންޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު