Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއާ

އަންހެނުންގެ ކުޅިވަރަށް ޚާއްސަކޮށްގެން އޮސްޓްރޭލިއާ އިން މިލިއަން ޑޮލަރު ޚަރަދު ކުރަނީ

އޭގެ ތެރޭގައި ހިމެނޭނީ ކުދިންގެ ކިބައިގައި ހުރި ހުނަރުތައް ދެނެގަތުމާއެކު، އެ ހުނަރުތައް ފުޅާކޮށް، މަތީ ފަންތީގައި ފައިތިލަ ސާބިތުކުރުމަށް އެހީވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2023 | އާދީއްތަ 07:12
ތިންވަނަ ހޮވަން ކުޅުނު މެޗަށްފަހު އޮސްްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް ކުޅުންތެރިންނާ ސަލާމް ކުރައްވަނީ

ތިންވަނަ ހޮވަން ކުޅުނު މެޗަށްފަހު އޮސްްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް ކުޅުންތެރިންނާ ސަލާމް ކުރައްވަނީ

އަންހެނުންގެ ކުޅިވަރުތަކަށް ޚާއްސަކޮށްގެން އޮސްޓްރޭލިއާ އިން މިލިއަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، އޮސްޓްރޭލިއާގައި އޮތް ކުޅިވަރު އިވެންޓެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، އަންހެނުންގެ ވޯލްޑް ކަޕްގެ ސަބަބުން އޮސްޓްރޭލިއާގެ މުޅި ކުޅިވަރު ބަދަލުވެއްޖެ ކަމަށެވެ. ޚާއްސަކޮށް އަންހެނުންގެ ކުޅިވަރުތަކާ މެދު ދެކޭ ގޮތް ބަދަލު ކުރަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޮސްޓްރޭލިއާގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު ވޯލްޑް ކަޕްގައި ވާދަކުރަމުން ދިޔައިރު، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން މުޅި ޤައުމުން ފެނުނީ ކުޅިވަރުގެ އައު ޖޯޝެއް ކަމަށެވެ.

އަންހެނުންގެ ކުޅިވަރަށް ސަރުކާރުގެ ސިޔާސަތުތައް ވެސް ޚާއްސަކުރަން ޖެހޭ ކަމަށް އަލްބަނީޒް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަލްބަނީޒް ވަނީ އަންހެނުންގެ ކުޅިވަރު ކުރިއެރުވުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ހާމަކޮށްފަ އެވެ. އެގޮތުން 200 މިލިއަން ޑޮލަރު ޚަރަދު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކުދިންގެ ކިބައިގައި ހުރި ހުނަރުތައް ދެނެގަތުމާއެކު، އެ ހުނަރުތައް ފުޅާކޮށް، މަތީ ފަންތީގައި ފައިތިލަ ސާބިތުކުރުމަށް އެހީވުން ކަމަށް އަލްބަނީޒް ވިދާޅުވި އެވެ. އިތުރަށް އޭނާ ވިދާޅުވީ އުންމީދަކީ ވީހާ ވެސް ގިނަ ޒުވާނުން ކުޅިވަރުގެ ތެރެއަށް ނިކުތުން ކަމަށާއި، މުސްތަޤުބަލު އުޖާލާ ވާނީ އެމަގުން ކަމަށެވެ.

މިއަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ހޯސްޓު ކުރަނީ އޮސްޓްރޭލިއާ އަދި ނިއުޒިލެންޑު ގުޅިގެންނެވެ. އަމިއްލަ ޤައުމުގައި އޮތް މުބާރާތުގައި އޮސްޓްރޭލިއާ ވަނީ ތިން ވަނަ ހޮވާ މެޗުގައި ވާދަކޮށްފަ އެވެ. ތިން ވަނަ ހޮވާ މެޗުން ބަލިވެ، އޮސްޓްރޭލިއާ އަށް ލިބުނީ ހަތަރު ވަނަ އެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު