Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ސާލިހުގެ ވެރިކަން

ރައީސް ޞާލިހު ވެރިކަން ކުރައްވަނީ އެންމެހައި ރައްޔިތުންނަށްޓަކައި، ކޮށްދީފައިވާ ކަންތައްތަކުގެ ލިސްޓު އިންތިހާއަށް ދިގު: އަސްލަމް

ސަރުކާރުގެ ފަރާތުން ފަހިކޮށްދޭ ފުރުސަތުތަކާއެކު އޭގެ ލާބައާއި މަންފާ ލިބެނީ ރައްޔިތުންނަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 އޯގަސްޓު 2023 | ހޮނިހިރު 17:30
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމް

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަން ކުރައްވަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށްޓަކައި ކަމަށާއި، ކޮށްދީފައިވާ ކަންކަމުގެ ލިސްޓު އިންތިހާއަށް ދިގު ކަމަށް އެމަނިކުފާގެ ރަނިންގމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރައީސް ސާލިހު ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި، ސަރުކާރުގެ ފަރާތުން ފަހިކޮށްދޭ ފުރުސަތުތަކާއެކު އޭގެ ލާބައާއި މަންފާ ލިބެނީ ރައްޔިތުންނަށް ކަމަށެވެ. އެއީ ވަކި ޕާޓީއަކަށް ނުވަތަ މެންބަރަކަށް ލިބޭ ފައިދާއެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކުގެ ލިސްޓު އިންތިހާއަށް ދިގު ކަމަށެވެ.

Advertisement - newsAdvertisement

ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ ވަކި ދާއިރާއަކަށް ބެލުމެއް ނެތި ހުރިހާ ދާއިރާއަކުން މިސަރުކާރު ގެންދަނީ ތަރައްގީއާއި ކުރިއެރުން ހޯދަމުން ކަމަށެވެ. މިވެރިކަމުގައި އަސާސީ ގޮތުން ބޭނުންވާ އެންމެހައި ކަންކަން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިންޕްލިމެންޓް ކުރަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަނާގެ މަޝްރޫއުތައް އަސްލަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ އާރްޓީއެލްގެ ފެރީ ނިޒާމާއެކު މުޅި ރާއްޖެ ގުޅުވާލުމާއި، ހިލޭ ޑިގްރީ ޕްރޮގްރާމް ފާހަގަކޮށްލެވޭ ކަމަށެވެ. އަސްލަމް ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 18،000 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު، 7000ށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެ ނިމިފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަމުން ވެސް މީހުން ބިނާ ކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސެޓްފިކެޓް ލެވަލް ވެސް ހިލޭ ކޮށްދޭނެ ކަމަށާއި، ބޭނުމަކީ ޒުވާން ޖީލެއްގެ ތައުލީމީ ގާބިލް ގައުމަށް ފައިދާކުރާނެ މަސައްކަތް ކުރާނެ ހުނަރުވެރި ޖީލެއް އުފެއްދުން ކަމަށެވެ.

އަސްލަމް ވިދާޅުވީ މިސަރުކާރަކީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލި ސަރުކާރެއް ކަމަށާއި، ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރާ މީހުންނަށް މަގު ދައްކައިދިން ސަރުކާރެއް ކަމަށެވެ. އެގޮތުން ސެންޓަރުތައް ގާއިމްކޮށް 60،000ށްވުރެ ގިނަ މީހުންނަށް ބޭސްކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ އެންމެ އަސާސީ ޚިދުމަތްތައް ގާއިމްކޮށްދިނުމުގެ އިތުރުން އުފާވެރިކަމާއެކު ދިރިއުޅެވޭ މަގު ތަނަވަސްކުރަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ. އަދި ސަރުކާރުން މަގު އޮމާންކޮށްދޭއިރު، އެމަގުން ކުރިއަށް ދިއުމަކީ ރައްޔިތުންގެ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު